Donate

ޤާރީ ކޯސްތަކުގައި ބައިވެރި ވުމުގެ ކުރިން ކީރިތި ޤުރްއާން ރަނގަޅަށް އުނގެނި ދަސްކުރަން ޖެހެއެވެ. ޤާރީ ކޯސްތަކުގައި ކުރިއަށް ދާން ފަސޭހަވާނީ އޭރުންނެވެ.

ޤާރީ ކޯސްތަކުގައި ބައިވެރި ވުމުގެ ކުރިން ކީރިތި ޤުރްއާން ރަނގަޅަށް އުނގެނި ދަސްކުރަން ޖެހެއެވެ. ޤާރީ ކޯސްތަކުގައި ކުރިއަށް ދާން ފަސޭހަވާނީ އޭރުންނެވެ.

 

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ، ޤާރީ ކޯސްތަކަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ޚާއްޞަ ކޯސްތަކެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ، ޤާރީ ކޯސްތަކަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކޮށްފައިވާ މީހުން، އިތުރު ހަރުފަތަކަށް ގެންދިއުމަށް، އަޅާލެވޭ ޚާއްޞަ ފާލަމެކެވެ. ޤާރީ ކޯސްތަކުގެ މުޤައްރަރުތަކަށް ބަލާލުމުންވެސް މިކަންކަން އެނގި ހާމަވާނެއެވެ. ޤާރީ ކޯސްތަކުގައި ބައިވެރިވުމުގެ ކުރިން، ކީރިތި ޤުރްއާން ރަނގަޅަށް ވަކި ތަރުތީބަކުން އުނގެނި ދަސްކުރަން ޖެހެއެވެ. އެއީ ޤާރީ ކޯސްތަކުގައި ކުރިއަށް ދިއުމަށް ފަސޭހަވާނެ ސަބަބެކެވެ.

 

މީގެ އަހަރުތަކެއް ކުރިން ޢަމަލުކުރަމުން އައި ގޮތަށް ބަލާއިރު، ޤާރީ ކޯސްތަކުގައި ބައިވެރިވެވެނީ، ފެންވަރު ބެލުމުގެ ޚާއްޞަ ޓެސްޓެއް ނެގުމަށްފަހު، ޤާރީ ކޯހެއްގައި ކުރިއަށް ދެވޭ މިންވަރަށް، ލިޔަން ކިޔަން އެނގޭ ނަމައެވެ. އަދި ވަކި މިންވަރަކަށް، ކީރިތި ޤުރްއާން އުނގެނި ދަސްކޮށްފައިވާނަމައެވެ. ނަމަވެސް ކޯސްތަކަށް ދަރިވަރުންމަދުވެ، ފީ މަދުވެދާނެތީ، ފަހުން އެކަންކަމަށް ނުބަލައި، ޤާރީ ކޯސްތަކަށް ދަރިވަރުން ނަގަން ފެށުނެވެ. ފެންވަރު ދަށް ޤުރްއާން މުދައްރިސުން އުފެދެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

 

ކީރިތި ޤުރްއާން ރަނގަޅަށް އުނގެނި ދަސްކޮށްފައި ނުވާ ބަޔަކަށް، ކޯސްތަކުން ފުރުޞަތު ދިނުމަށްފަހު، ކިޔަވާ ފިލާވަޅުތައް ހިތު ދަސްކޮށްގެން ފާސްވުމަކީ، ކީރިތި ޤުރްއާނުގެ ދާއިރާއަށް ލިބުނު ޙަޤީޤީ ކުރިއެރުމެއް ނޫނެވެ. ޙަޤީޤަތުގައި އެކަމުގެ ސަބަބުން، ލިބުނު ގެއްލުން ބޮޑެވެ. ޤާރީ ކޯސްތަކަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ޚާއްޞަ ކޯސްތަކެއް ނަމަ، ފިލާވަޅުތައް ތަރުތީބު ކުރެވިފައިވާ ގޮތާއި ތަރުތީބު ތަފާތުވާނެއެވެ. ޤާރީ ކޯހެއްގައި ބައިވެރިވުމަށް ޝަރުޠު ފުރިހަމަވާނަމަ، އެމީހެއްގެ ކިބާގައި ތިރީގައިވާ ކަންކަން ފުރިހަމަވާނެއެވެ.

 

1- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ވަކި ގޮތަކަށް ވަކި ތަރުތީބަކުން ވިސްނުން ބިނާކުރަން އެނގުން.

2- ބަލައިގެން، ކީރިތި ޤުރްއާން، ކިޔަވަން ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު އެނގުން.

3- ނުބަލައި، ކީރިތި ޤުރްއާން، ކިޔަވަން ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު އެނގުން.

4- ތަޖުވީދުގެ ޤަޥާޢިދުތައް އުނގެނި ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު އެނގުން.

5- ތަޖުވީދުގެ ޤަޥާޢިދުތައް އުނގަންނައި ދޭންޖެހޭ ގޮތާއި ތަރުތީބު އެނގުން.

6- އަޑާއި ރާގު ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު އެނގުން.

7- އަކުރުން އަކުރަށް، ކަނާތުން ވާތަށް، ބިނާކުރަން އެނގުން.

8- އަކުރުން އަކުރަށް، ކަނާތުން ވާތަށް، ވިސްނަން އެނގުން.

9- އަކުރުން އަކުރަށް، ކަނާތުން ވާތަށް، ނަގައިގަތުމަށް އެނގުން.

10- ކަލިމައިން ކަލިމައަށް، ކަނާތުން ވާތަށް، ބިނާކުރަން އެނގުން.

11- ކަލިމައިން ކަލިމައަށް، ކަނާތުން ވާތަށް، ވިސްނަން އެނގުން.

12- ކަލިމައިން ކަލިމައަށް، ކަނާތުން ވާތަށް، ނަގައިގަތުމަށް އެނގުން.

13- އާޔަތުން އާޔަތަށް، ކަނާތުން ވާތަށް، ބިނާކުރަން އެނގުން.

14- އާޔަތުން އާޔަތަށް، ކަނާތުން ވާތަށް، ވިސްނަން އެނގުން.

15- އާޔަތުން އާޔަތަށް، ކަނާތުން ވާތަށް، ނަގައިގަތުމަށް އެނގުން.

16- ދެ އަކުރު ދެމެދުގައި ޢަމަލުކުރެވޭ ތަޖުވީދުގެ ޤަޥާޢިދުތައް ނަގައިގަންނަން އެނގުން.

17- ދެ ކަލިމަ ދެމެދުގައި ޢަމަލުކުރެވޭ ތަޖުވީދުގެ ޤަޥާޢިދުތައް ނަގައިގަންނަން އެނގުން.

18- ވަޤްފު ކުރުމުގައްޔާއި ވަޤްފު ނުކޮށް ކިޔުމުގައި އަންނަ ތަފާތުތަކާއި ގެންނަ ތަފާތުތައް ނަގައިގަންނަން އެނގުން.

19- ކަލިމަ ވަކިން ކިޔުމުގައްޔާއި ކަލިމަ ގުޅުވައިގެން ކިޔުމުގައި، އަންނަ ތަފާތުތަކާއި ގެންނަ ތަފާތުތައް ނަގައިގަންނަން އެނގުން.

20- އާޔަތް ކިޔުމުގައި ތަޖުވީދުގެ ތަފާތު ގިނަ ޤަޥާޢިދުތަކަކަށް ޢަމަލުކުރަން އެނގުން.

21- ފިލާވަޅު ތަކުރާރު ކުރަންޖެހޭ ގޮތާއި މިންވަރު އަދި މުރާޖާ ކުރާނެ ގޮތާއި ތަރުތީބު އެނގުން.

22- ކަލިމަ ނުވަތަ އާޔަތެއް އުނދަގޫ ވިޔަސް، އެކަލިމައެއް ނުވަތަ އާޔަތެއް، ދަސްކުރުމަށް ކިޔަން ޖެހޭ ގޮތާއި ތަރުތީބު އަދި ތަކުރާރުކުރަންޖެހޭ މިންވަރު އެނގުން.

23- ދަސްކުރާ މިންވަރު އަވަހަށް ހަނދާން ނުނެތޭ ގޮތަށް ދަސްކުރަން އެނގުން.

24- ދަސްކުރި މިންވަރު ހަނދާން ނެތިއްޖެ ނަމަ ދެން ކުރިއަށް ދާންވީ ގޮތް އެނގުން.

25- އަމިއްލައަށް ކިޔަން ނޭނގިއްޖެނަމަ ކިޔައިގަންނަންވީ ގޮތާއި ތަރުތީބު އެނގުން.

26- އުނގެނި ދަސްކުރާ ގޮތާއި ތަރުތީބުގެ ސަބަބުން، ޖެހިގެން އޮތް ފިލާވަޅަށް، އަދި ނަގައިނުދޭ ފިލާވަޅުތަކަށް ތައްޔާރުވުމަށް، ފަސޭހަވާނެ ގޮތްތައް އެނގުން.

27- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ފަސޭހަވާނެ ގޮތްތައް އެނގުން.

28- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ތަޖުވީދުގެ ޤަޥާޢިދުތައް އުނގެނި ދަސްކުރަން ފަސޭހަވާނެ ގޮތްތައް އެނގުން.

29- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ނުބަލައި ކިޔަން އެނގޭ މިންވަރަށް، ދަސްކުރަން ފަސޭހަވާނެ ގޮތްތައް އެނގުން.

30- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ރީތިކޮށް ރާގަށް ކިޔަވަން އެނގޭ މިންވަރަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ފަސޭހަވާނެ ގޮތްތައް އެނގުން.

31- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ އަދި ކީރިތި ޤުރްއާން ކިޔެވުމާ ގުޅޭ މަޢުލޫމާތުތައް ވިސްނައިގަތުމަށް އެނގުން.

32- ކުރު ސުވާލާއި ކުރު ޖަވާބުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ބިނާކުރަން އެނގުން.

33- ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން ބިނާކުރަމުން، ޤުރްއާން ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރަން އެނގުން.

34- ވަކި ތަރުތީބަކުން، ތަޖުވީދުގެ އެކި ޤަޥާޢިދުތަކާ ގުޅޭ ޙާލަތްތައް، ޚާއްޞަކުރަން އެނގުން.

35- ވަކި ތަރުތީބަކުން، ތަޖުވީދުގެ އެކި ޤަޥާޢިދުތަކާ ގުޅޭ ޙާލަތްތައް، ދަސްކޮށް ފަރިތަކޮށް އާދަކުރަން އެނގުން.

36- ވަކި ތަރުތީބަކުން، އުނދަގޫ ޙާލަތްތަކާއި އުނދަގޫވެދާނެ ޙާލަތްތައް ޚާއްޞަކުރަން އެނގުން.

37- ވަކި ތަރުތީބަކުން، އުނދަގޫ ޙާލަތްތަކާއި، އުނދަގޫވެދާނެ ޙާލަތްތައް އަދި އުނދަގޫ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރަން އެނގުން.

38- ކީރިތި ޤުރްއާން އުނގަންނައި ދޭންޖެހޭ ގޮތާއި ތަރުތީބު އެނގުން.

39- ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، ބޭނުންކުރެވޭ ތަފާތު ގިނަ މަޢުލޫމާތުތައް އެނގުން.

40- ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތައް ތަކުރާރުކޮށް މުރާޖާކުރާނެ ގޮތާއި ތަރުތީބު އެނގުން.

 

 

ޤާރީ ކޯސްތަކުގައި ޢާންމުކޮށް އިސްކަން ދެނީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، އާޔަތްތަކާއި ސޫރަތްތައް ކިޔުމަށެވެ. އަދި ތަޖުވީދު ފިލާވަޅުތައް ވެސް ތަރުތީބު ކުރެވިފައި ހުންނަނީ، މަޢުލޫމާތެއް ފޯރުކޮށްދޭ ގޮތަށެވެ. މަޢުލޫމާތެއް ފޯރުކޮށްދޭ ތަރުތީބުންނެވެ. ނަމަވެސް ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާއެއް ނަމަ، ކަންކަން ތަރުތީބު ކުރެވިފައިވާނީ، މަތީގައި ފާހަގަކޮށްފައިވާ ކަންކަން ޙާޞިލްކުރެވޭ ގޮތަށެވެ. ދިވެހި ރާޢްޖޭގައި ހިންގާ ޤާރީ ކޯސްތަކުގައި، ކިޔަވައިދޭ ގޮތާއި، ބައިވެރިވާ ދަރިވަރުންގެ ފެންވަރަށް ބަލާއިރު، އެއިން އެއްވެސް ކަމެއް، އެންމެ ފުރިހަމައަށް ޙާޞިލެއް ކުރެވިފައެއް ނުހުރެއެވެ.  ކޯސް ނިމޭ އިރުވެސް، ބައެއް ކަންކަން ރަނގަޅަށް ސާފުނުވެއެވެ. އެކަމަކު ސެޓްފިކެޓް ލިބެއެވެ. މިކަމުގެ ޙައްލަކީ، ޤާރީ ކޯސްތަކުގައި، ބައިވެރިވުމުގެ ކުރިން، ކީރިތި ޤުރްއާން ރަނގަޅަށް އުނގެނި ދަސްކުރަން މަޖުބޫރު ކުރުމެވެ. އަދި 18 އަހަރުން މަތީގެ މީހުންނަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާ ފުރިހަމަނުކޮށް، ޤާރީ ކޯސްތަކުގައި ބައިވެރިވުމަށް، މަޖުބޫރުވާ ގޮތަށް، ހަދާފައިވާ އުޞޫލުތައް ބަދަލުކުރަންޖެހެއެވެ. އެއީ އެއްވެސް ގޮތަކުން ހަމަޖެހޭ އުޞޫލެއް ނޫނެވެ. ވާނުވާ ރަނގަޅަށް ނޭނގޭ ބަޔަކަށް، ޤާރީ ކޯސްތަކުން ފުރުޞަތު ދީގެން، ފޮތުގައި އޮންނަ އެއްޗެއް އަކުރުން އަކުރަށް، ހިތު ދަސްކޮށްގެން، ޓެސްޓުން ފާސްވާ ގޮތަށް އޮތުމަކީ، ނޭނގިނަމަވެސް، ފަހަތަށް އަޅާ ފިޔަވަޅެކެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ