Donate

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ފެށުން ފަސޭހަކުރުން

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ފެށުން ފަސޭހަކުރުން

 

– ކޮންމެ ކަމެއް ވެސް ފަސޭހަވާނީ، އެކަމެއްގެ ފެށުން ފަސޭހަކޮށްގެންނެވެ.

– ފެށުން ފަސޭހަ ވެއްޖެނަމަ، އެކަމެއްގެ ނިމުން ފަސޭހަވެގެންދާނެއެވެ.

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އެންމެ ރަނގަޅު ގޮތަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ފެށުން ފަސޭހަކުރެވޭ ގޮތަށް، ކިޔަވަން ދަސްކުރުމެވެ.

– އޭރުން އުނދަގޫ ވިޔަސް އުނދަގޫވާނީ، ބައެއް ނިމުންތަކެވެ.

– އެކަމުގެ ސަބަބުން، ދަރިވަރުންނަށް ކިޔޭ ކުށްތައް މަދުވެ، ދަރިވަރުންގެ ކިބާގައި، ޔަޤީންކަން އުފެދޭނެއެވެ.

– އަދި އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ހިތު ދަސްކުރަން، ފަސޭހަވެގެންދާނެއެވެ.

– އޭގެ ބަދަލުގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދެވޭ ނަމަ، ފެށުން ފަސޭހަކުރުން ޚާއްޞައެއް ނުކުރެވޭނެއެވެ.

– އަދި އަވަސް ތަކުރާރުވުމެއް އަންނަ ގޮތަށް، ފެށުން ތަކުރާރު ނުކުރެވޭނެއެވެ.

 

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފެށުން ފަސޭހަކުރުން ބިނާވެފައިވަނީ، ހަތަރު ބައެއްގެ މައްޗަށެވެ. އެއީ…

1- އަކުރުގެ ފެށުން ފަސޭހަކުރުން.

2- ކަލިމައިގެ ފެށުން ފަސޭހަކުރުން.

3- އާޔަތުގެ ފެށުން ފަސޭހަކުރުން.

4- ސޫރަތުގެ ފެށުން ފަސޭހަކުރުން.

 

އަކުރުގެ ފެށުން ފަސޭހަކުރުން

 

– އަކުރުގެ ފެށުމަކީ، އަކުރުގެ އަޑާއި އަކުރު އޮންނަ ޙާލަތެވެ.

– އޭގެ ތެރޭގައި ޢަރަބި އަޑުތަކާއި ޢަރަބި ވަޒަންތައް ގުޅުވުން ވެސް ހިމެނޭނެއެވެ.

– އަކުރުގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، ކަލިމަ އަދި އާޔަތުގެ ފުރަތަމަކޮޅުގެ އަކުރުތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް، ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތައް މުރާޖާ ކުރެވޭ ގޮތަށް، ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތައް ގުޅުވަމުން ކިޔުމެވެ.

– އަކުރުގެ ފެށުން ފަސޭހަކުރުމަށް، ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-

1- تَوْضِيحْ + مُعَلِّمْ

2- حَرْفٌ بَعْدَ حَرْفٍ + مُعَلِّمْ

 

ކަލިމައިގެ ފެށުން ފަސޭހަކުރުން

 

– ކަލިމައިގެ ފެށުމަކީ، ކަލިމައިގެ ފުރަތަމަކޮޅުގެ އަކުރުތަކެވެ.

– ކަލިމައިގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، ކަލިމައިގެ ފުރަތަމަކޮޅުގެ އަކުރުތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް ކިޔުމެވެ.

– ކަލިމައިގެ ފެށުން ފަސޭހަކުރުމަށް، ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-

1- تَوْضِيحْ + مُعَلِّمْ

2- حَرْفٌ بَعْدَ حَرْفٍ + مُعَلِّمْ

 

އާޔަތުގެ ފެށުން ފަސޭހަކުރުން

 

– އާޔަތުގެ ފެށުމަކީ، އާޔަތުގެ ފުރަތަމަކޮޅުގެ ކަލިމަތަކެވެ.

– އާޔަތުގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، އާޔަތުގެ ފުރަތަމަކޮޅުގެ ކަލިމަތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް ކިޔުމެވެ.

– އާޔަތުގެ ފެށުން ފަސޭހަކުރުމަށް، ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-

1- كَلِمَةٌ بَعْدَ كَلِمَةٍ + مُعَلِّمْ

 

ސޫރަތުގެ ފެށުން ފަސޭހަކުރުން

 

– ސޫރަތުގެ ފެށުމަކީ، ސޫރަތުގެ ފުރަތަމަކޮޅުގެ އާޔަތްތަކެވެ.

– ސޫރަތުގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، ސޫރަތުގެ ފުރަތަމަކޮޅުގެ އާޔަތްތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް ކިޔުމެވެ.

– ސޫރަތުގެ ފެށުން ފަސޭހަކުރުމަށް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-

1- آيـَـةٌ بَعْدَ آيَــةٍ + مُعَلِّمْ

 

ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ