Donate

އުނދަގޫ ކަންކަން ފަސޭހަކުރުމަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާއެއް ޚާއްޞަކުރުން

އުނދަގޫ ކަންކަން ފަސޭހަކުރުމަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާއެއް ޚާއްޞަކުރުން

 

– ކޮންމެ ކަމެއްވެސް، ކާމިޔާބުކުރެވި، ޤާބިލް ބަޔަކު އުފެއްދޭނީ، އެކަމެއް އުނގެނި ދަސްކުރުމަށް ޚާއްޞަ މަރުޙަލާއެއް ޚާއްޞަކޮށްގެންނެވެ.

– އެގޮތުން ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އުނގެނި ދަސްކުރުމުގައި، ޚާއްޞަ މަރުޙަލާއެއް ޚާއްޞަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

– ސަބަބަކީ ކީރިތި ޤުރްއާނަކީ ދާއިމީ ގޮތަކަށް އުނގެނި ދަސްކުރަންޖެހޭ ފޮތަކަށް ވާތީއެވެ.

– ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތައް މުރާޖާ ނުކުރެވޭ ގޮތަށް، އަވަހަށް ޚަތިމުކުރުމާއި، ހަމައެކަނި އާޔަތްތަކާއި، ސޫރަތްތައް ކިޔުމަށް އިސްކަންދެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރުމާއި، ނުބަލައި ކިޔަވަން ދަސްކުރުމަކީ، ޙަޤީޤީ މާނާގައި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއް ނޫނެވެ.

– ކީރިތި ޤުރްއާން ކިޔެވުމުގައި، އުނދަގޫ ކަންކަން ފަސޭހަކުރުމަށް، އެންމެ ރަނގަޅު ގޮތަކީ، އުނގެނި ދަސްކުރުމަށް ޚާއްޞަ މަރުޙަލާއެއް ޚާއްޞަކުރުމެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާއެއް ޚާއްޞަކުރުމުން ލިބޭނެ މައިގަނޑު ފައިދާތައް

 

1- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ވަކި ގޮތަކަށް ވަކި ތަރުތީބަކުން ވިސްނުން ބިނާކުރަން ފަސޭހަވުން.

2- ބަލައިގެން، ކީރިތި ޤުރްއާން، ކިޔަވަން ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުމަށް ފަސޭހަވުން.

3- ނުބަލައި، ކީރިތި ޤުރްއާން، ކިޔަވަން ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުމަށް ފަސޭހަވުން.

4- ތަޖުވީދުގެ ޤަޥާޢިދުތައް އުނގެނި ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުމަށް ފަސޭހަވުން.

5- ތަޖުވީދުގެ ޤަޥާޢިދުތައް އުނގަންނައި ދޭންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުމަށް ފަސޭހަވުން.

6- އަޑާއި ރާގު ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުމަށް ފަސޭހަވުން.

7- އަކުރުން އަކުރަށް، ކަނާތުން ވާތަށް، ބިނާކުރަން ފަސޭހަވުން.

8- އަކުރުން އަކުރަށް، ކަނާތުން ވާތަށް، ވިސްނަން ފަސޭހަވުން.

9- އަކުރުން އަކުރަށް، ކަނާތުން ވާތަށް، ނަގައިގަތުމަށް ފަސޭހަވުން.

10- ކަލިމައިން ކަލިމައަށް، ކަނާތުން ވާތަށް، ބިނާކުރަން ފަސޭހަވުން.

11- ކަލިމައިން ކަލިމައަށް، ކަނާތުން ވާތަށް، ވިސްނަން ފަސޭހަވުން.

12- ކަލިމައިން ކަލިމައަށް، ކަނާތުން ވާތަށް، ނަގައިގަތުމަށް ފަސޭހަވުން.

13- އާޔަތުން އާޔަތަށް، ކަނާތުން ވާތަށް، ބިނާކުރަން ފަސޭހަވުން.

14- އާޔަތުން އާޔަތަށް، ކަނާތުން ވާތަށް، ވިސްނަން ފަސޭހަވުން.

15- އާޔަތުން އާޔަތަށް، ކަނާތުން ވާތަށް، ނަގައިގަތުމަށް ފަސޭހަވުން.

16- ދެ އަކުރު ދެމެދުގައި ޢަމަލުކުރެވޭ ތަޖުވީދުގެ ޤަޥާޢިދުތައް ނަގައިގަތުމަށާއި ދެނެގަތުމަށް ފަސޭހަވުން.

17- ދެ ކަލިމަ ދެމެދުގައި ޢަމަލުކުރެވޭ ތަޖުވީދުގެ ޤަޥާޢިދުތައް ނަގައިގަތުމަށާއި ދެނެގަތުމަށް ފަސޭހަވުން.

18- ވަޤްފު ކުރުމުގައްޔާއި ވަޤްފު ނުކޮށް ކިޔުމުގައި އަންނަ ތަފާތުތަކާއި ގެންނަ ތަފާތުތައް ދެނެގަތުމަށް ފަސޭހަވުން.

19- ކަލިމަ ވަކިން ކިޔުމުގައްޔާއި ކަލިމަ ގުޅުވައިގެން ކިޔުމުގައި، އަންނަ ތަފާތުތަކާއި ގެންނަ ތަފާތުތައް ދެނެގަތުމަށް ފަސޭހަވުން.

20- އާޔަތް ކިޔުމުގައި ތަޖުވީދުގެ ތަފާތު ގިނަ ޤަޥާޢިދުތަކަކަށް ޢަމަލުކުރަން ފަސޭހަވުން.

21- ފިލާވަޅު ތަކުރާރު ކުރަންޖެހޭ ގޮތާއި މިންވަރު އަދި މުރާޖާ ކުރާނެ ގޮތާއި ތަރުތީބު ދެނެގަތުމަށް ފަސޭހަވުން.

22- ކަލިމަ ނުވަތަ އާޔަތެއް އުނދަގޫ ވިޔަސް، އެކަލިމައެއް ނުވަތަ އާޔަތެއް، ދަސްކުރުމަށް ކިޔަން ޖެހޭ ގޮތާއި ތަރުތީބު އަދި ތަކުރާރުކުރަންޖެހޭ މިންވަރު ދެނެގަތުމަށް ފަސޭހަވުން.

23- ދަސްކުރާ މިންވަރު އަވަހަށް ހަނދާން ނުނެތުން.

24- ދަސްކުރި މިންވަރު ހަނދާން ނެތިއްޖެ ނަމަ ދެން ކުރިއަށް ދާންވީ ގޮތް އެނގުން.

25- އަމިއްލައަށް ކިޔަން ނޭނގިއްޖެނަމަ ކިޔައިގަންނަންވީ ގޮތާއި ތަރުތީބު އެނގުން.

26- އުނގެނި ދަސްކުރާ ގޮތާއި ތަރުތީބުގެ ސަބަބުން، ޖެހިގެން އޮތް ފިލާވަޅަށް، އަދި ނަގައިނުދޭ ފިލާވަޅުތަކަށް، ތައްޔާރުވުމަށް ފަސޭހަވުން.

27- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ފަސޭހަވުން.

28- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ތަޖުވީދުގެ ޤަޥާޢިދުތައް އުނގެނި ދަސްކުރަން ފަސޭހަވުން.

29- ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ނުބަލައި ކިޔަން އެނގޭ މިންވަރަށް، ދަސްކުރަން ފަސޭހަވުން.

30-  ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ރީތިކޮށް ރާގަށް ކިޔަވަން އެނގޭ މިންވަރަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ފަސޭހަވުން.

31-  ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ކޮންމެ މީހަކަށް ވެސް، ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ އަދި ކީރިތި ޤުރްއާން ކިޔެވުމާ ގުޅޭ މަޢުލޫމާތުތައް ވިސްނައިގަތުމަށް ފަސޭހަވުން.

32- ކުރު ސުވާލާއި ކުރު ޖަވާބުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ބިނާކުރަން ފަސޭހަވުން.

33- ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން ބިނާކުރަމުން، ޤުރްއާން ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރަން ފަސޭހަވުން.

34- ވަކި ތަރުތީބަކުން، ތަޖުވީދުގެ އެކި ޤަޥާޢިދުތަކާ ގުޅޭ ޙާލަތްތައް، ޚާއްޞަކުރަން ފަސޭހަވުން.

35- ވަކި ތަރުތީބަކުން، ތަޖުވީދުގެ އެކި ޤަޥާޢިދުތަކާ ގުޅޭ ޙާލަތްތައް، ދަސްކޮށް ފަރިތަކޮށް އާދަކުރަން ފަސޭހަވުން.

36- ވަކި ތަރުތީބަކުން، އުނދަގޫ ޙާލަތްތަކާއި އުނދަގޫވެދާނެ ޙާލަތްތައް ޚާއްޞަކުރަން ފަސޭހަވުން.

37- ވަކި ތަރުތީބަކުން، އުނދަގޫ ޙާލަތްތަކާއި، އުނދަގޫވެދާނެ ޙާލަތްތައް އަދި އުނދަގޫ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރަން ފަސޭހަވުން.

38- ކީރިތި ޤުރްއާން އުނގަންނައި ދޭންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުމަށް ފަސޭހަވުން.

39- ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، ބޭނުންކުރެވޭ ތަފާތު ގިނަ މަޢުލޫމާތުތައް ޙާޞިލްވުން.

40- ޤާބިލް ދަރިވަރުންނާއި މުދައްރިސުން ތަމްރީނުކުރަން ފަސޭހަވުން.

41- ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތައް ތަކުރާރުކޮށް މުރާޖާކުރަން ފުރުޞަތު ލިބުން.

ޚުލާޞާ

– އަވަހަށް ޚަތިމުކުރުމާއި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރުމާއި، ނުބަލައި ކިޔަވަން ދަސްކުރުމަށް، އިސްކަން ދެވޭނަމަ، މަތީގައިވާ ކަންކަން، ހާޞިލެއް ނުވާނެއެވެ.

– އެކަމުގެ ސަބަބުން، ތަޖުވީދުގެ ޤަޥާޢިދުތައް އުނގެނި ދަސްކުރުމަށް، އަދި ތަޖުވީދުގެ ޤަޥާއިދުތަކަށް ޢަމަލުކުރުމަށް ދަތިވެގެންދާނެއެވެ.

– އަދި ދަސްކުރާ މިންވަރު ވަރަށް އަވަހަށް ހަނދާން ނެތިގެންދާނެއެވެ.

– އަވަހަށް ޚަތިމުކުރުމާއި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރުމާއި، ނުބަލައި ކިޔަވަން ދަސްކުރުމަށް، އިސްކަން ދިނުމުން، މަތީގައިވާ ކަންކަން، ހާޞިލްނުވާ އެންމެ ބޮޑު ސަބަބަކީ، އުނގެނި ދަސްކުރުމެއް ނެތި، ކުރުމަގަކުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަތީޖާއަށް ވާޞިލްވުމަށް މަސައްކަތް ކުރެވޭތީއެވެ.

– އަވަހަށް ޚަތިމްކުރާ ދަރިވަރުންނާއި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް، އިސްކަންދޭ ދަރިވަރުންނަށް، ކީރިތި ޤުރްއާން ރަނގަޅަށް ދަސްކޮށް ފަރިތަކޮށް އާދަނުކުރެވޭ ސަބަބަކީވެސް އެއީއެވެ.

– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަތީޖާއަކީ، އާޔަތްތަކާއި ސޫރަތްތައް ކިޔުމާއި ޚަތިމްކުރުންފަދަ ކަންކަމެވެ.

– އާޔަތްތަކާއި ސޫރަތްތައް ކިޔުމާއި، އަވަހަށް ޚަތިމްކުރުންފަދަ ކަންކަމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށްފަހު އިސްކަންދޭންޖެހޭ ކަންކަމެވެ.

– ކީރިތި ޤުރްއާން، އުނގެނި ދަސްކުރުމެއް ނެތި، ކުރުމަގަކުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަތީޖާއަށް ވާޞިލްވިޔަސް، ދަރިވަރުންގެ ކިބާގައި، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފެންވަރެއް ނުހުންނާނެއެވެ.

– އަދި އެކަމުގެ ސަބަބުން، ޤާބިލް ދަރިވަރުންނާއި މުދައްރިސުން އުފެއްދުމަށް ހުރަސްއެޅިގެންދާނެއެވެ.

– ޤާބިލް ދަރިވަރުންނާއި މުދައްރިސުން ނުއުފެދޭނަމަ، ދަރިވަރުންނާއި މުދައްރިސުންވެސް އިސްކަންދޭނީ، އާޔަތްތަކާއި ސޫރަތްތައް ކިޔުމަށެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ