Donate

ކީރިތި ޤުރްއާން ކިޔެވުމުގައި ކުށް ކިޔުމުން ރައްކާތެރިވުން

ކީރިތި ޤުރްއާން ކިޔެވުމުގައި ކުށް ކިޔުމުން ރައްކާތެރިވުން

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކުށް ކިޔުމުން ރައްކާތެރިވުމުގެ ޙަޤީޤީ މާނައަކީ، ބަލައިގެން ކީރިތި ޤުރްއާން ކިޔެވުމުގައި، ކުށް ކިޔޭ ސަބަބުތައް ނައްތާލުމެވެ.

– އޭރުން ނުބަލައި ކިޔެވުމުގައި، ކިޔޭ ކުށްތަކުން ސަލާމަތް ވެވޭނެއެވެ.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި ކުށް ކިޔޭ މައިގަނޑު ސަބަބުތައް

1- އަކުރު ގުޅުވަން ނުފަރިތަވުން.

2- ކަލިމަ ގުޅުވަން ނުފަރިތަވުން.

3- ލޮލުގެ ޙަރަކާތަށް ވުރެ، ދުލުގެ ޙަރަކާތް އަވަސްކުރުން.

4- ދުލުގެ ޙަރަކާތް އަވަސްކުރުން.

5- އާޔަތް ނުވަތަ ސޫރަތް ކިޔުމަށް އިސްކަން ދިނުން.

6- ކަލިމައިގެ ޢިލްމު ނޭނގުން.

7- އުނދަގޫ ކަލިމަތަކާއި އުނދަގޫވެދާނެ ކަލިމަތައް ފާހަގަކުރަން ނޭނގުން.

8- އުނދަގޫ ޙާލަތްތައް ފާހަގަކުރަން ނޭނގުން.

9- ޙާލަތްތައް ޚާއްޞަކުރަން ނޭނގުން.

10- ދަސްކުރާ ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް ތަކުރާރު ނުކުރުން.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި ކުށް ކިޔޭ ސަބަބުތައް ނައްތާލުން

– ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި ކުށް ކިޔޭ ސަބަބުތައް ނައްތާލެވޭނީ، ބަލައިގެން ކިޔެވުމަށް އިސްކަން ދިނުމާއެކު، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ޚާއްޞަ މަރުޙަލާއެއް ފުރިހަމަކޮށްގެންނެވެ.

– އެގޮތުން، ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި، ކުށް ކިޔޭ ސަބަބުތައް ނައްތާލުމަށް،  ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާގައި، ތިރީގައިވާ ކަންކަން ފުރިހަމަ ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.

1- އާޔަތް ނުވަތަ ސޫރަތް ކިޔުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލާވާލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔުން.

ކިޔުމުގެ ތަމްރީނުތައް

1

تَوْضِيح 2 حَرْفٌ بَعْدَ حَرْفٍ 3 كَلِمَةٌ بَعْدَ كَلِمَةٍ

4

آيـَـةٌ بَعْدَ آيَــةٍ

5

سُورَةٌ بَعْدَ سُورَةٍ

6

مُعَلِّمٌ

7 كَيْفِيَّةُ ﭐلْبَيَان 8 مُقَابَلَة 9

إِقْتِدَاء

 

2- ދުލުގެ ޙަރަކާތާއި ލޮލުގެ ޙަރަކާތް ލަސްކޮށް، އެއްވަރުކުރުން.

3- ކަލިމައިގެ ޢިލްމު ދަސްކުރުން.

4- އުނދަގޫ ކަލިމަތަކާއި އުނދަގޫވެދާނެ ކަލިމަތައް ފާހަގަކޮށް ދަސްކޮށް ފަރިތަކޮށް އާދަކުރުން.

5- އުނދަގޫ ޙާލަތްތައް ފާހަގަކޮށް ދަސްކޮށް ފަރިތަކޮށް އާދަކުރުން.

6- ޙާލަތްތައް ޚާއްޞަކޮށް، ދަސްކޮށް ފަރިތަކޮށް އާދަކުރުން.

7- ދަސްކުރާ ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް ތަކުރާރުކުރުން.

– ކުށް ކިޔޭ ސަބަބުތައް ނައްތާލުމަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ޚާއްޞަ މަރުޙަލާއެއް ފުރިހަމަނުކޮށް، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދޭ މީހާއަށް، ކިޔޭ ކުށްތަކަކީ، ގަސްތުގައި ކިޔާ ކުށްތަކެއްގެ ގޮތުގައި ބެލެވިދާނެއެވެ.

– ސަބަބަކީ ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، އާޔަތްތަކާއި ސޫރަތްތައް ކިޔަން އިސްކަންދޭތީއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ