ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކުށްތައް ފާހަގަކުރުމާއި ކުށްތައް އިޞްލާޙުކުރުން ބިނާވެފައިވާ ބައިތައް
ކުށްތައް ފާހަގަކުރުން ބިނާވެފައިވާ ބައިތައް
– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ކުށް ފާހަގަކުރުން ބިނާވެފައިވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށެވެ.
1- އިވޭ މީހާއަށް ފާހަގަކުރެވޭ ދަރަޖައިގެ ކުށްތައް ފާހަގަކުރުން.
2- އަހާ މީހާއަށް ފާހަގަކުރެވޭ ދަރަޖައިގެ ކުށްތައް ފާހަގަކުރުން.
3- ކަނުލައި އަޑު އަހާ މީހާއަށް ފާހަގަކުރެވޭ ދަރަޖައިގެ ކުށްތައް ފާހަގަކުރުން.
– އެހެންވީމަ ކީރިތި ޤުރްއާން ކިޔެވުމުގައި ކުށްތައް ފާހަގަކުރުމަކީ، އިވޭ މީހާއަށާއި އަހާ މީހާއަށް އަދި ކަނުލައި އަޑު އަހާ މީހާއަށް ފާހަގަކުރެވޭ ކުށްތައް ފާހަގަކުރުމެވެ.
– އިވޭ މީހާއަށް ފާހަގަކުރެވޭ ޢާންމު ކުށްތަކަކީ، لَـحْـنُ جَلِىގެ ކުށްތަކެވެ.
– لَـحْـنُ جَلِىގެ ކުށްތަކަކީ، ޢާންމުކޮށް، ކީރިތި ޤުރްއާން އުނގެނި ދަސްކޮށްފައިވާ ކޮންމެ މީހަކަށްވެސް، ސާފުކޮށް އެނގޭ ކުށްތަކެވެ.
– އަހާ މީހާއަށާއި ކަނުލައި އަޑު އަހާމީހާއަށް ފާހަގަކުރެވޭ ކުށްތަކަކީ، لَـحْـنُ خَفِىގެ ކުށްތަކެވެ.
– لَـحْـنُ خَفِىގެ ކުށްތަކަކީ، ޚާއްޞުންނަށް ފާހަގަކުރެވޭ ކުށްތަކެވެ.
ކުށްތައް ފާހަގަ ކުރުމަށްފަހު ކުށްތައް އިޞްލާޙުކުރުން ބިނާވެފައިވާ ބައިތައް
– ކީރިތި ޤުރްއާން ކިޔެވުމުގައި ކިޔޭ ކުށްތައް އިޞްލާޙުކުރުން ބިނާވެފައިވަނީ، މައިގަނޑު ތިން ބައެއްގެ މައްޗަށެވެ.
1- ކުށްތައް އިޞްލާޙުކުރުމުގައި، ގެންނަންޖެހޭ ބަދަލުތައް.
– މިއީ ކީރިތި ޤުރްއާން ކިޔެވުމުގައި ކިޔޭ ބައެއް ކުށްތައް އިޞްލާޙުކުރުމަށް، ކީރިތި ޤުރްއާނުގައި ކަލިމަ ބިނާވެފައިވާ ގޮތް ނުވަތަ ކަލިމަ ކިޔާގޮތް ބަދަލުކޮށްގެން، ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.
– ސަބަބަކީ ކީރިތި ޤުރްއާން ކިޔެވުމުގައި ކިޔޭ ބައެއް ކުށްތައް އިޞްލާޙުކުރުމުގައި، ކަލިމަ ނުވަތަ އާޔަތް ތަކުރާރުކޮށް ކިޔައިގެން، ބައެއް ކުށްތައް އިޞްލާޙުކޮށް، ރަނގަޅަށް ދަސްކޮށް ފަރިތަކޮށް އާދަނުކުރެވޭނެތީއެވެ.
2- ކުށްތައް އިޞްލާޙުކުރުމަށް ކިޔަންޖެހޭ ގޮތާއި މިންވަރު.
– ކީރިތި ޤުރްއާން ކިޔެވުމުގައި، ކިޔޭ ކުށްތައް އިޞްލާޙުކުރުމަށް، ކިޔަން ޖެހޭނީ، ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށެވެ.
– ކީރިތި ޤުރްއާން ކިޔެވުމުގައި، ކިޔޭ ކުށްތައް އިޞްލާޙުކުރުމަށް، ކިޔަން ޖެހޭނީ، ކުށްތައް އިޞްލާޙުކުރެވޭ މިންވަރަށެވެ.
3- ކުށްތައް އިޞްލާޙުކުރުމަށްފަހު ކިޔަންޖެހޭ ގޮތާއި މިންވަރު.
– ކީރިތި ޤުރްއާން ކިޔެވުމުގައި، ކިޔޭ ކުށްތައް އިޞްލާޙުކުރުމަށްފަހު، ކިޔަން ޖެހޭނީ، ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށެވެ.
– ކީރިތި ޤުރްއާން ކިޔެވުމުގައި، ކިޔޭ ކުށްތައް އިޞްލާޙުކުރުމަށްފަހު، ކިޔަން ޖެހޭނީ، ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށެވެ.
ކީރިތި ޤުރްއާން ކިޔެވުމުގައި، ކުށް ކިޔުމުން ރައްކާތެރިވުމާއި ކުށް ފާހަގަކުރުން މަދުކުރުން
– ކީރިތި ޤުރްއާން ކިޔެވުމުގައި، ކުށް ކިޔުމުން ރައްކާތެރިވެވޭނީ، ކިޔެވުމުގެ ސްޕީޑް ލަސްކުރުމާއެކު، ކިޔޭ ކޮންމެ ކުށެއް އިޞްލާޙުކުރުމަށްފަހު، ދަސްކޮށް ފަރިތަކޮށް އާދަކުރަމުން، ކީރިތި ޤުރްއާން އުނގެނި ދަސްކޮށްގެންނެވެ.
– އަދި ކީރިތި ޤުރްއާން ކިޔެވުމުގައި، ކިޔޭ ކުށްތައް ފާހަގަކުރުން މަދުކުރެވޭނީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލަވާލެވިފައިވާ، ކިޔުމުގެ ޚާއްޞަ ތަމްރީނުތަކާ އެއްގޮތަށް ކިޔަވަން އިސްކަން ދީގެންނެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކުށް ފާހަގަކުރުމާއި ކުށް އިޞްލާޙުކުރުމުގައި ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތައް
|
1 |
تَوْضِيح | 2 | حَرْفٌ بَعْدَ حَرْفٍ | 3 | كَلِمَةٌ بَعْدَ كَلِمَةٍ |
|
4 |
آيـَـةٌ بَعْدَ آيَــةٍ |
5 |
سُورَةٌ بَعْدَ سُورَةٍ |
6 |
مُعَلِّمٌ |
| 7 | كَيْفِيَّةُ ﭐلْبَيَان | 8 | مُقَابَلَة | 9 |
إِقْتِدَاء |
ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2