Donate

ކީރިތި ޤުރްއާން އެނގޭ މިންވަރާއި ފެންވަރު ހާމަވާ ގޮތްތައް

ކީރިތި ޤުރްއާން އެނގޭ މިންވަރާއި ފެންވަރު ހާމަވާ ގޮތްތައް

 

ކީރިތި ޤުރްއާން އެނގޭ މިންވަރާއި ފެންވަރު، ހާމަވުން ބެހެނީ ދެ ބަޔަކަށެވެ.

1- ކީރިތި ޤުރްއާން ކިޔައިގެން ހާމަވާ މިންވަރާއި ފެންވަރު.

2- ކީރިތި ޤުރްއާން ކިޔަވައިގެން ހާމަވާ މިންވަރާއި ފެންވަރު.

 

ކީރިތި ޤުރްއާން ކިޔައިގެން ހާމަވާ މިންވަރާއި ފެންވަރު

 

މިއީ ހަމައެކަނި ބޭރުފުށަށް ހާމަވާ މިންވަރާއި ފެންވަރެވެ. އަދި މިއީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަތީޖާއެވެ. ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، ހަމައެކަނި ނަމޫނާ ކިޔުމަކާ އެއްކޮށް ކިޔައިގެން ވެސް، މި މިންވަރާއި ފެންވަރަށް، ވާޞިލް ވެވިދާނެއެވެ. ސަބަބަކީ، ހަމައެކަނި ކިޔުމުގެ ސަބަބުން، ބޭރުފުށަށް ހާމަވާނީ، ނުވަތަ ވަޒަން ކުރެވޭނީ، މި މިންވަރާއި ފެންވަރު ކަމުގައިވާތީއެވެ.

 

ގިނަ މީހުން ބޭނުންވަނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއް ނެތި، ކުރު މަގަކުން، ހަމައެކަނި ކީރިތި ޤުރްއާން ކިޔަން ދަސްކުރާށެވެ. އަވަހަށް ނަތީޖާއަށް ވާޞިލްވާށެވެ. އެކަން ޙާޞިލްކުރުމަށް، ނަމޫނާ ކިޔުމަކާ އެއްކޮށް، ތަކުރާރުކޮށް ޤުރްއާން ކިޔުމަށް އިސްކަން ދެއެވެ. އެއްވެސް ވަރަކަށް ވިސްނައި ފިކުރުކުރުމެއް ނޯވެއެވެ. ޙަޤީޤީ މާނާގައި، އިޚްތިޔާރުން، ކީރިތި ޤުރްއާން ކިޔެވުމަކަށް އިސްކަމެއް ނުދެވެއެވެ.

 

އޭރުން ބޭރުފުށަށް ހާމަވާނީ، ހަމައެކަނި ކީރިތި ޤުރްއާން ކިޔައިގެން ހާމަވާ މިންވަރާއި ފެންވަރެވެ. އެގޮތަށް، ހަމައެކަނި ކީރިތި ޤުރްއާން ކިޔައިގެން ދަރިވަރަށް، ކީރިތި ޤުރްއާން  އެނގި ފަހުމުވެފައިވާ މިންވަރާއި ފެންވަރު އަދި ކީރިތި ޤުރްއާނަށް އަހުލުވެރި ވެފައިވާ މިންވަރު، ވަޒަން ނުކުރެވޭނެއެވެ.

 

ހަމައެކަނި އާޔަތް ނުވަތަ ސޫރަތް، މީހަކާ އެއްކޮށް ތަކުރާރުކޮށް ކިޔުމުގެ ސަބަބުން، ދަރިވަރުންނަށް ޙާޞިލްވެގެންދާނީ މި މިންވަރާއި ފެންވަރެވެ. ވަޒަން ކުރެވިގެންދާނީ ވެސް، މި މިންވަރާއި ފެންވަރެވެ. ހަމައެކަނި އާޔަތް ނުވަތަ ސޫރަތް ކިޔެވުމަށް ޚާއްޞަ، ޤުރްއާން މުބާރާތްތަކުންނާއި، ހަމައެކަނި އާޔަތް ނުވަތަ ސޫރަތް ކިޔުއްވައިގެން ނަގާ ޓެސްޓު ތަކުން، ވަޒަންކުރެވިގެންދާނީ ވެސް، ހަމައެކަނި މި މިންވަރާއި ފެންވަރެވެ.

 

ނަމޫނާ ކިޔުމަކާއެކު، ހަމައެކަނި އާޔަތް ނުވަތަ ސޫރަތް ކިޔުމަށް އިސްކަން ދޭ ދަރިވަރުންނަށް، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމު، ރަނގަޅަށް ނޭނގޭ އެންމެ ބޮޑު ސަބަބަކީ، ނުވަތަ ފަހުމު ނުވާ އެންމެ ބޮޑު ސަބަބަކީ، ނުވަތަ ކީރިތި ޤުރްއާން އުނގެނި ދަސްކުރަން، އުނދަގޫވާ އެންމެ ބޮޑު ސަބަބަކީ، ހަމައެކަނި، ކީރިތި ޤުރްއާން ކިޔައިގެން ހާމަވާ މިންވަރާއި ފެންވަރަށް އިސްކަން ދޭތީއެވެ.

 

 

 

ކީރިތި ޤުރްއާން ކިޔަވައިގެން ހާމަވާ މިންވަރާއި ފެންވަރު

 

މިއީ ކިޔަވާ މީހާގެ ކިބާގައި، ފޮރުވިފައިވާ މިންވަރާއި ފެންވަރެވެ. މި މިންވަރާއި ފެންވަރު ހާމަވާނީ، ނުވަތަ ވަޒަން ކުރެވޭނީ،  ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކިޔަވައިގެންނެވެ. އަދި މި މިންވަރާއި ފެންވަރަށް ވާޞިލްވެވޭނީވެސް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ހަމައެކަނި ނަމޫނާ ކިޔުމާ އެއްކޮށް ކިޔުމުގެ ބަދަލުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، އިޚްތިޔާރުން ކިޔަވައިގެންނެވެ.

 

 

ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކިޔެވުމުގެ ސަބަބުން، އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް، ތަޖުވީދުގެ ޤަޥާޢިދުތައް ބިނާވެފައިވާ ގޮތާއި ތަރުތީބު ފަހުމުވެ ދަސްވެގެން ދާނެއެވެ. އަދި ގެންނަ ބަދަލާއި އަންނަ ބަދަލުތައް، ވަރަށް ރަނގަޅަށް ދަސްވެގެން ދާނެއެވެ.

 

ނަމަވެސް، ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، ހަމައެކަނި ނަމޫނާ ކިޔުމަކާ އެއްކޮށް ކިޔައިގެން، ކުރުމަގަކުން، ޤުރްއާން އުނގެނުމަށް، މަސައްކަތް ކުރެވޭނަމަ، މިކަންކަން ދަރިވަރުންނަށް، އެންމެ ފުރިހަމައަށް ފަހުމެއް ނުވާނެއެވެ. ދިވެހި ރާއްޖޭގެ އެކި ހިސާބުތަކުން، މިކަމުގެ ހެކިތައް ފެންނާނެއެވެ.

 

ޚުލާޞާ

 

ކީރިތި ޤުރްއާން ކިޔަވަން މަސައްކަތް ކުރާ ދަރިވަރުންގެ ކިބާގައި، ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމު، ޙަޤީޤި މާނާގައި ނުހުންނަ އެންމެ ބޮޑު ސަބަބަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، އިޚްތިޔާރުން ޤުރްއާން ކިޔެވުމުގެ ނަމުގައި، މާބޮޑު އިޚްތިޔާރަކާ ނުލައި، ކިޔޭ ގޮތަށް، ހަމައެކަނި ކިޔުމަށް އިސްކަން ދެވޭތީއެވެ.

 

ކީރިތި ޤުރްއާން ކިޔުމާއި ކިޔެވުމަކީ، މުޅިން ތަފާތު ދެކަމެކެވެ. ކީރިތި ޤުރްއާން ކިޔުމުގައި ދަރިވަރުންގެ އިޚްތިޔާރު ލާޒިމެއް ނުކުރެއެވެ. ހަމައެކަނި ކިޔުމަށް އިސްކަން ދޭނަމަ، ދަރިވަރުން ތިބޭނީ، ކީރިތި ޤުރްއާން ކިޔޭ ދަރަޖާގައެވެ. ނަމަވެސް ކިޔެވުމުގައި، ދަރިވަރުންގެ އިޚްތިޔާރު ލާޒިމުކުރެއެވެ. އެކަމުގެ ސަބަބުން، ދަރިވަރުން ތިބޭނީ، ކީރިތި ޤުރްއާން ކިޔަވާ ދަރަޖާގައެވެ.  އަދި އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔުމަށް އިސްކަންދޭ ކުދިންނަށް ވުރެ، ކީރިތި ޤުރްއާން ކިޔެވުމަށް އިސްކަންދޭ ކުދިންގެ ކިބާގައި، ޤާބިލްކަން އިތުރު ވެގެންދެއެވެ. ސަބަބަކީ، ކީރިތި ޤުރްއާން، އިޚްތިޔާރުން ކިޔަވާ ކުދިންނަށް، ކިޔަވާ ދަރަޖައަށް ވާޞިލް ވެވޭތީއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ