Donate

ކީރިތި ޤުރްއާން ކިޔަވައިދިނުމަކީ ކޮބާ؟

ކީރިތި ޤުރްއާން ކިޔަވައިދިނުމަކީ ކޮބާ؟

 

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، ކީރިތި ޤުރްއާން ކިޔަވައިދިނުމަކީ، ހަމައެކަނި ޤުރްއާން ފިލާވަޅު ތަކުރާރުކޮށް ކިޔައިދިނުމެވެ. ނުވަތަ ޤުރްއާން ކިޔެވުމެވެ. މިއީ އެއްގޮތަކަށް ވެސް ރަނގަޅު ޤަބޫލުކުރުމެއް ނޫނެވެ. މިއީ ކީރިތި ޤުރްއާން ކިޔެވުމުގައި، އޭގެ އަޞްލުން ބޭރުވެދާނެފަދަ ނުރައްކާތެރި ވިސްނުމެކެވެ.

 

ކީރިތި ޤުރްއާން ކިޔަވައިދިނުމުގެ އަޞްލު މާނައަކީ، ކީރިތި ޤުރްއާން އުނގަންނައިދިނުމެވެ. ނުވަތަ ކިޔަވަން ދަސްކޮށްދިނުމެވެ. ކީރިތި ޤުރްއާން އުނގަންނައިދިނުމެއް ނަމަ، ނުވަތަ ކިޔަވަން ދަސްކޮށްދިނުމެއް ނަމަ، ޤުރްއާން ފިލާވަޅު ކިޔައިދިނުމުގެ އިތުރުން، ވަކި ގޮތަކަށް ވަކި ތަރުތީބަކުން، ދަރިވަރުންގެ ވިސްނުން ބިނާކުރުމަށް މަސައްކަތް ކުރާނެއެވެ. އެކަމަށް ބޭނުންވާނެ މަޢުލޫމާތާއި ތަރުތީބު ވެސް ޚާއްޞަ ކުރާނެއެވެ. ހަމައެކަނި ޤުރްއާން ފިލާވަޅު ކިޔައިދިނުމަކީ، ކީރިތި ޤުރްއާން އުނގަންނައިދިނުމެއް ނޫނެވެ. ނުވަތަ ކިޔަވަން ދަސްކޮށް ދިނުމެއް ނޫނެވެ.

 

ކީރިތި ޤުރްއާން ކިޔަވައިދިނުމަކީ ނުވަތަ އުނގަންނައިދިނުމަކީ، ހަމައެކަނި ޤުރްއާން ފިލާވަޅު ތަކުރާރުކޮށް ކިޔައިދިނުންކަމަށް ނުވަތަ ޤުރްއާން ކިޔެވުންކަމަށް ޤަބޫލުކުރުމަކީ، ވަރަށް ހަނި އަދި ޢިލްމީ ގޮތުން، އެއްވެސް ހަރުދަނާކަމެއް ނެތް ވިސްނުމެކެވެ. އެ ވިސްނުމުގެ މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ ސަބަބުން، ހުރިހާ ގެއްލުމެއް ލިބެނީ، ކީރިތި ޤުރްއާނުގެ ދާއިރާއަށެވެ.

 

އެކަމުގެ ސަބަބުން، ކީރިތި ޤުރްއާނުގެ ދާއިރާއަށް ލިބޭ ގެއްލުން މީސްތަކުންނަށް ވަންހަނާވެފައިވަނީ، ޤުރްއާން މުބާރާތްތަކާއި އަވަހަށް ޚަތިމުކުރުން އަދި ހިތު ދަސްކުރުން ފަދަ، ބޭރުފުށަށް ރީތިކުރެވޭ ކަންކަމުގެ ސަބަބުންނެވެ. ސަބަބަކީ، ކީރިތި ޤުރްއާނުން ދަރިވަރުންނަށް ކާމިޔާބު ލިބުމާއި، ކީރިތި ޤުރްއާނުގެ ދާއިރާ ކުރިއެރުން ލިބޭ ކަމަށް، ގިނަ މީހުން ޤަބޫލުކުރަނީ، އެފަދަ ކަންކަން ކުރާނަމައެވެ. ސަބަބަކީ އެއިން ކޮންމެ ކަމެއްގެ ސަބަބުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަތީޖާއަށް، ކުރުކޮށް ނުވަތަ ކުރުމަގަކުން ވާޞިލުވެވޭތީއެވެ. ނަމަވެސް އެއީ ޙަޤީޤީ މޮޅުވުމެއް ނޫނެވެ. އެކަންކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމުގައި، އެންމެ މުހިންމު ކަންކަން މަތިން މީސްތަކުން ހަނދާން ނައްތާލައެވެ. ދަސްކުރާ ފިލާވަޅުތައް ވަރަށް އަވަހަށް ހަނދާން ނެތެއެވެ.

 

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި، ކީރިތި ޤުރްއާން ކިޔެވުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމަކީ، ކީރިތި ޤުރްއާން އުނގެނުމުގެ ތެރެއިން އަންނަ މަރުޙަލާއެކެވެ. ނުވަތަ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި އަންނަ މަރުޙަލާއެކެވެ. އެހެންވީމަ ހަމައެކަނި ކިޔައިދިނުމާއި ކިޔެވުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުންކަމަށް، ނުވަތަ ކިޔަވަން ދަސްކުރުންކަމަށް ނިންމާނީ، ކިހިނަކުން ހެއްޔެވެ؟

 

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ