Donate

މުސްލިމެއްގެ ޙައިސިއްޔަތުން ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމުން އެނގެންޖެހޭ އެންމެ ދަށް މިންގަނޑަށް ވެސް، ގިނަ ދިވެހިންނަށް ކީރިތި ޤުރްއާން ނޭނގެއެވެ. އެކަމަކު ފަޚުރުވެރި މުސްލިމެކެވެ.

މުސްލިމެއްގެ ޙައިސިއްޔަތުން ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމުން އެނގެންޖެހޭ އެންމެ ދަށް މިންގަނޑަށް ވެސް، ގިނަ ދިވެހިންނަށް ކީރިތި ޤުރްއާން ނޭނގެއެވެ.

 

އެހެން ހުރިހާކަމަކަށް ވަޤުތު ލިބެއެވެ. އެހެން ހުރިހާ ކަމެއް ހޯދައި ބަލައެވެ. އެހެން ހުރިހާ ކަމެއްގައި ޤާބިލު މީހަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރެއެވެ. ބޭނުންވާ ކަންކަން ނޭނގުނީމަ ދެރަވެއެވެ. އެކަމެއް އުނގެނި ދަސްކުރުމަށް މަސައްކަތް ކުރެއެވެ. ޚަރަދުވެސް ކުރެއެވެ. ނަމަވެސް އިސްލާމް ދީނުގެ ފުރަތަމަ މަސްދަރަށް ކޮށިވުމުން، އެކަމާ ދެރައެއް ނުވެއެވެ. ކަންބޮޑެއް ނުވެއެވެ. އުނގެނި ދަސްކުރާކަށް މަސައްކަތެއް ވެސް ނުކުރެވެއެވެ. އެކަމަށް ޚަރަދުކުރުންވެސް ވަނީ، ވަރަށް ބޮޑު ދަތިކަމަކަށެވެ. އެކަމަށް ޚަރަދުކުރަން ވެއްޖެ ނަމަ ދަތި މީހެކެވެ. ދުނިޔަވީ އެހެން ކަންކަން ކުރުމަށް ވަރަށް ފަހި މީހެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭ އެންމެ ދަށް މިންގަނޑަކީ، ކޮންމެ މުސްލިމަކަށް ވެސް، ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމުން، އެންމެ ދަށްވެގެން އެނގުން ލާޒިމު މިންގަޑެވެ. އެއީ، لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަނެވޭ މިންވަރެވެ. لَحنُ جَلِى ގެ ކުށްތަކަކީ އެންމެންނަށް ސާފުކޮށް އެނގޭ ކުށްތަކެވެ.  لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަތުމޭ ބުނެވެނީ، އެފަދަ ކުށެއް ކިޔުމުން ނުވަތަ އަޑުއިވުމުން، އެފަދަ ކުށްތައް ފާހަގަކޮށް ދެނެގަންނަން އެނގުމެވެ. لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަނެވޭ މިންވަރަށް، ކީރިތި ޤުރްއާން ނޭނގޭ ނަމަ، އެކަމުން އަންގައިދެނީ، ކީރިތި ޤުރްއާން އެނގެންޖެހޭ އެންމެ ދަށް މިންގަނޑަށް ވެސް، ކީރިތި ޤުރްއާން އެމީހަކަށް ދަސްވެފައި ނެތް ކަމެވެ. لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަނެވޭ މިންވަރަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރެވޭނީ، އަވަހަށް ޚަތިމުކުރުމާއި، ހަމައެކަނި ޤުރްއާން މުބާރާތްތަކަށް ފަރިތަކުރުމާއި، ހަމައެކަނި ހިތު ދަސްކުރުމުގެ ބަދަލުގައި، އިޚްލާޞްތެރިކަމާއެކު ކީރިތި ޤުރްއާން އުނގެނި ދަސްކޮށްގެންނެވެ. އެކަން ނުކޮށް ކީރިތި ޤުރްއާން ކިޔަވަން އުނދަގޫވަނީ ކަމަށް ނުބުނާށެވެ. ނޭނގެނީކަމަށް ނުބުނާށެވެ. ތިޔައީ އުޒުރެއް ނޫނެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭ އެންމެ ދަށް މިންގަނޑަށް ވާޞިލުވުން

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އަވަހަށް ޚަތިމުކުރުމާއި، ހަމައެކަނި ޤުރްއާން މުބާރާތްތަކަށް ފަރިތަކުރުމާއި، ހަމައެކަނި ހިތުދަސްކުރުމުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭ އެންމެ ދަށް މިންގަނޑަށް ވާޞިލު ނުވެވޭނެއެވެ. ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭ އެންމެ ދަށް މިންގަނޑަށް ވާޞިލްވެވޭނީ، ކީރިތި ޤުރްއާނުގައި، ކަލިމަ ބިނާވެފައިވާ ގޮތާއި ކަލިމަ ކިޔަންޖެހޭ ގޮތް ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ ގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްގެންނެވެ. މާނައަކީ ކަލިމަ ޤުރްއާނުގައި އޮންނަ ގޮތް ނުވަތަ އޮންނާނެ ގޮތް ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ. ސަބަބަކީ ކީރިތި ޤުރްއާނުގައި ކަލިމަ ބިނާވެފައިވާ ގޮތާއި ކަލިމަ ކިޔަންޖެހޭ ގޮތް ނޭނގޭނަމަ، لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަނެވޭ މިންވަރަށް، އެންމެ ފުރިހަމައަށް، ކީރިތި ޤުރްއާނުގެ ޢިލްމު ޙާޞިލް ނުކުރެވޭނެތީއެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއްނެތި، ހަމައެކަނި އާޔަތް ކިޔެވުމާއި ސޫރަތް ކިޔެވުމަކީ، ބޭރުފުށުން ފުރިހަމަ ވިޔަސް، ފުރިހަމަ އުނގެނުމެއް ނޫނެވެ. ސަބަބަކީ އެގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ ގިނަ މީހުންނަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭ، އެންމެ ދަށް މިންގަނޑު ވެސް ޙާޞިލްނުވާތީއެވެ. މާނައަކީ، އެފަދަ ގިނަ މީހުންނަށް، لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަނެވޭ މިންވަރަށް ވެސް، ކީރިތި ޤުރްއާނުގެ ޢިލްމު ޙާޞިލެއް ނުވެއެވެ. އެހެންވީމަ ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ހަރުދަނާ ނުކޮށް ނުވަތަ އުނގެނި ދަސްކުރުން މަޖުބޫރުނުކޮށް، އަދި ކީރިތި ޤުރްއާން ބަލައިގެން ކިޔެވުން މަޖުބޫރު ނުކޮށް، ފުލުފުލުން ޤުރްއާން މުބާރާތްތައް ބޭއްވުމަކުން، ކީރިތި ޤުރްއާނުގެ ދާއިރާ ހަރުދަނާ ނުކުރެވޭނެއެވެ. އެކަމުގެ ސަބަބުން އުފެދޭނީ، ބޭރުފުށުން ރީތި އަޑުތަކާއި މަންޒަރުތަކެކެވެ. މިއީ އިސްލާމީ މުޖުތަމަޢެއްގައި މިކަން ހިނގަން ޖެހޭ ގޮތެއް ނޫނެވެ. މުސްލިމުން އެއަށްވުރެ އިޚްލާޞްތެރި ވާންޖެހެއެވެ.

 

ކީރިތި ޤުރްއާނުގެ ދާއިރާ ހަރުދަނާކުރަން ބޭނުންވާނަމަ، ކޮންމެ ދިވެއްސަކަށްވެސް، لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަނެވޭ މިންވަރަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން މަޖުބޫރު ކުރަންޖެހެއެވެ. ސްކޫލްތަކުގައިވެސް އެންމެ ދަށްވެގެން އެ މިންވަރު މަޖުބޫރު ކުރަންޖެހެއެވެ. ހަމައެކަނި ޤުރްއާން މުބާރާތްތައް ބޭއްވުމާއި، ހިތު ދަސްކުރުމާއި، ޚަތިމުކުރުމަކުން، އެކަންކަން ޙާޞިލެއް ނުވާނެއެވެ. ހިތު ދަސްކުރުމުން ދޭ އިނާމަށްވުރެ ބޮޑު އިނާމެއް، لَحنُ جَلِى ގެ ކުށްތައް ފާހަގަކޮށް ދެނެގަނެވޭ މިންވަރަށް، ބަލައިގެން ކީރިތި ޤުރްއާން ދަސްކުރާ ފަރާތްތަކަށް ދޭން ޖެހެއެވެ.  އެކަން އެގޮތަށް ނުކޮށް، ކީރިތި ޤުރްއާނުގެ ދާއިރާ ހަރުދަނާ ނުކުރެވޭނެއެވެ.

 

ކޮންމެ ދިވެއްސަކުވެސް ތިމާއަށް ކީރިތި ޤުރްއާން ދަސްވެފައިވާ މިންވަރާމެދު އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ. ކީރިތި ޤުރްއާން ކިޔަވަން ރަނގަޅަށް ދަސްވެއްޖެކަން ތިން ގޮތަކުން ވަޒަންކުރެވިދާނެއެވެ. އެއީ….

 

1- تَسْتَخِفُّونَهَا  މިއީ ކީރިތި ޤުރްއާނުގެ ކަލިމައެކެވެ. މިކަލިމަ ފެނުމުން ދުލުގެ ޙަރަކާތުން ކިޔުމުގެ ކުރިން، ހިތުން ކިޔައިދޭ ހެއްޔެވެ؟ ކީރިތި ޤުރްއާނުގެ ކޮންމެ ކަލިމައެއް ފެނުނަސް، އެގޮތަށް ދުލުގެ ޙަރަކާތުން ކިޔުމުގެ ކުރިން ހިތުން ކިޔައިދޭނަމަ، ތިބާއަށް ކީރިތި ޤުރްއާން ކިޔަވަން ރަނގަޅަށް ދަސްވެއްޖެ ކަމަށް ބެލެވިދާނެއެވެ.

 

2- ކީރިތި ޤުރްއާނުގައި ކަލިމަ އޮންނާނެ ގޮތް އެނގުމަކީވެސް، ކީރިތި ޤުރްއާން ރަނގަޅަށް ދަސްވެއްޖެކަމުގެ ޢަލާމާތެކެވެ. މިސާލަކަށް تَسْتَخِفُّونَهَا މިކަލިމަ ކީރިތި ޤުރްއާނުގައި އޮންނަ ގޮތާ ޚިލާފަށް، | يَسْتَخِفُّونَهَاتَشْتَخِفُّونَهَاتَسْتَجِفُّونَهَاتَسْتَخِقُّونَهَا މިގޮތް ގޮތަށް މިކަލިމަ ކިޔުމުން، މިކަލިމަ ކީރިތި ޤުރްއާނުގައި އޮންނާނީ، تَسْتَخِفُّونَهَا މިގޮތަށްކަން އެނގޭ ނަމަ، ތިބާއަށް ކީރިތި ޤުރްއާން ކިޔަވަން ރަނގަޅަށް ދަސްވެއްޖެ ކަމަށް ބެލެވިދާނެއެވެ. ނަމަވެސް އަވަހަށް ޚަތިމުކުރުމަކުން، ޤުރްއާން މުބާރާތަކުން ހޯދާ ވަނައަކުން، ނުވަތަ ހިތު ދަސްކުރުމަކުން، ކީރިތި ޤުރްއާން ކިޔަވަން ރަނގަޅަށް ދަސްވީކަމަށް ނުބެލެވޭނެއެވެ.

 

3- ކިޔާ ކަލިމައިގެ ޖެހިގެން އޮންނާނީ ކޮން ކަލިމައެއްކަން އެނގުން.

 

މި މިންވަރަށް ކީރިތި ޤުރްއާން ނޭނގޭނަމަ، ތިބާއަށް ކީރިތި ޤުރްއާން އެނގެންޖެހޭ އެންމެ ދަށް މިންގަނޑަށް ވެސް، ކީރިތި ޤުރްއާން ކިޔަވަން އެނގޭކަމަށް ނުބެލެވޭނެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ