Donate

ކަލިމައިގެ ބައްޓަމުން ނުވަތަ އާޔަތުގެ ބައްޓަމުން، ނަގައިގަނެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރުމަކީ ވަޤުތީ ދަސްކުރުމެއް. އެއީ ކީރިތި ޤުރްއާން ކިޔަވަން ޖެހޭ ގޮތާ ޚިލާފަށް، ކީރިތި ޤުރްއާން ދަސްކުރުން.

ކަލިމައިގެ ބައްޓަމުން ނުވަތަ އާޔަތުގެ ބައްޓަމުން، ނަގައިގަނެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރުމަކީ ވަޤުތީ ދަސްކުރުމެއް. އެއީ ކީރިތި ޤުރްއާން ކިޔަވަން ޖެހޭ ގޮތާ ޚިލާފަށް، ކީރިތި ޤުރްއާން ދަސްކުރުން.

 

އަކުރާއި ކަލިމައިގެ ބައްޓަމުން، ކީރިތި ޤުރްއާނުގެ ކަލިމަތަކާއި އާޔަތްތައް ނަގައިގަތުން ގުޅިފައިވަނީ، ބަލައިގެން ކިޔަވަން ދަސްކުރުމާއެވެ. ހަމައެކަނި، ކީރިތި ޤުރްއާން ނުބަލައި ކިޔެވުމަށް އިސްކަންދޭ މީހުންނަށް، މި ފިލާވަޅުގައި ބުނާއެއްޗެއް، ވިސްނައިގަތުމަށް އުނދަގޫވެދާނެއެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނު ޒަމާނަކީ، ލިޔަންކިޔަން ނޭނގޭ މީހުން ގިނަ ދުވަސްވަރެކެވެ. އެކަމުގެ ސަބަބުން، އެ ދުވަސްވަރު، އެންމެ ބޮޑަށް އިސްކަން ދެވުނީ، ކީރިތި ޤުރްއާން ނުބަލައި ކިޔެވުމަށެވެ.

 

 

ނަމަވެސް މި ޒަމާނުގައި، ކީރިތި ޤުރްއާން އެވަނީ، ވަކި ގޮތަކަށް ލިޔެވި ރައްކާ ކުރެވިފައެވެ. އެހެންވީމަ މި ޒަމާނުގައި، ކީރިތި ޤުރްއާން އުނގެނި ދަސްކުރާނަމަ ދަސްކުރަންޖެހޭނީ، ލިޔުމުންނާއި ކިޔުމުން، ކީރިތި ޤުރްއާން ރައްކާތެރި ކުރެވިފައިވާ ގޮތާއި ތަރުތީބުވެސް، ރަނގަޅަށް ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ ގޮތަށެވެ. ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ބަލައިގެން ކިޔަވަން ދަސްކުރާނަމަ، މިހުރިހާ ކަމެއް ޙާޞިލް ކުރެވޭނެއެވެ.

 

ބަލައިގެން ކިޔަވަން ދަސްކުރުމުގައި، ކަލިމަތަކާއި އާޔަތްތައް ނަގައިގަނެވޭ ގޮތްތައް

 

ބަލައިގެން ކިޔަވަން ދަސްކުރުމުގައި، ކީރިތި ޤުރްއާނުގެ ކަލިމަތަކާއި އާޔަތްތައް ނަގައިގަތުމުގައި ދެ ގޮތަކަށް ޢަމަލުކުރެވެއެވެ. އެއީ….

 

1- އަކުރުގެ ބައްޓަމުން، ކީރިތި ޤުރްއާނުގެ ކަލިމަތަކާއި އާޔަތްތައް ނަގައިގަތުން.

 

– މިއީ ކަލިމައިގެ އެކި މަޤާމުތަކުގައި، އަކުރުގެ ބައްޓަމަށް އަންނަ އެކި ބަދަލުތަކާއި، މުޞްޙަފްގެ ލިޔުމުގައި، އަކުރުގެ ބައްޓަމަށް ގެނެވޭ ޚާއްޞަ ބަދަލުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ ގޮތަށް، އަކުރުން އަކުރަށް، ކީރިތި ޤުރްއާނުގެ ކަލިމަތަކާއި އާޔަތްތައް ނަގައިގަންނަން ދަސްކުރުމެވެ.

– ކީރިތި ޤުރްއާނުގެ ލިޔުމުގައި، އެއް ކަލިމައެއް، ލިޔުމުން ތަފާތުކޮށްގެން، ލިޔެވިފައި ވާނެއެވެ.

– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އެންމެ ރަނގަޅު ގޮތަކީ، އެފަދަ ތަފާތުތަކާމެދު، ވިސްނަން މަޖުބޫރުވާނެ ކަހަލަ ގޮތަކަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ.

 

2- ކަލިމައިގެ ބައްޓަމުން، ކީރިތި ޤުރްއާނުގެ ކަލިމަތަކާއި އާޔަތްތައް ނަގައިގަތުން.

 

– މިއީ މުޅި ކަލިމައިގެ ބައްޓަން ނުވަތަ މުޅި ކަލިމައިގެ ޞޫރަ ޚާއްޞަކޮށްގެން، ކީރިތި ޤުރްއާނުގެ ކަލިމަ ނަގައިގަތުމެވެ.

– ކުރުކޮށް ބުނާނަމަ އެއީ ލޮލުގެ ޙަރަކާތުން، ކަލިމައިގެ ޞޫރަ ނަގައިގަތުމެވެ.

– އެގޮތަށް ކަލިމަތައް ދަސްކުރުމުގެ ސަބަބުން، އަކުރުން އަކުރަށް، ކަލިމަ ބިނާކުރާކަށް ނޭނގޭނެއެވެ.

– އަވަހަށް ކީރިތި ޤުރްއާން ހަނދާން ނެތޭ އެންމެ ބޮޑު ސަބަބަކީ، މި ގޮތަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމެވެ.

 

3- އާޔަތުގެ ބައްޓަމުން، ކީރިތި ޤުރްއާނުގެ ކަލިމަތަކާއި އާޔަތްތައް ނަގައިގަތުން.

 

– މިއީ މުޅި އާޔަތުގެ ބައްޓަން ނުވަތަ މުޅި އާޔަތުގެ ޞޫރަ ޚާއްޞަކޮށްގެން، ކީރިތި ޤުރްއާނުގެ އާޔަތްތައް ނަގައިގަތުމެވެ.

– ކުރުކޮށް ބުނާނަމަ އެއީ ލޮލުގެ ޙަރަކާތުން، އާޔަތްތަކުގެ ޞޫރަ ނަގައިގަތުމެވެ.

– އެގޮތަށް އާޔަތްތައް ދަސްކުރުމުގެ ސަބަބުން، އަކުރުން އަކުރަށް، އަދި ކަލިމައިން ކަލިމައަށް، އާޔަތްތައް ބިނާކުރާކަށް ނޭނގޭނެއެވެ.

– އަވަހަށް ކީރިތި ޤުރްއާން ހަނދާން ނެތޭ އެންމެ ބޮޑު ސަބަބަކީ، މި ގޮތަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމެވެ.

 

ޚުލާޞާ

 

ކަލިމައިގެ ބައްޓަމާއި އާޔަތުގެ ބައްޓަން ޚާއްޞަކޮށްގެން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަކީ، އެގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.  ކަލިމައިގެ ބައްޓަމާއި އާޔަތުގެ ބައްޓަން ޚާއްޞަކޮށްގެން، ޤުރްއާން ފިލާވަޅު ދަސްކުރާ މީހާއަށް، ޤުރްއާން ފިލާވަޅު ކިޔަވަން އެނގުނަސް، އެފަދަ މީހުންނަށް ޤުރްއާން ފިލާވަޅު ދަސްވެފައި އެވަނީ، ރަނގަޅަކަށް ނޫނެވެ. މީހެއްގެ އަޑު ދަށުން ނުވަތަ މީހަކާ އެއްކޮށް، ކަލިމަތަކާއި އާޔަތްތައް އަދި ސޫރަތްތައް ކިޔަވާނަމަ، އުނގެނޭ މީހާއަށް ކީރިތި ޤުރްއާން ދަސްވެގެންދާނީ، ކަލިމައިގެ ބައްޓަމާއި އާޔަތުގެ ބައްޓަން ޚާއްޞަކުރެވޭ ގޮތަށެވެ. އެކަމުން ސަލާމަތްވުމަށް، ތިރީގައިވާ ތަމްރީނުތަކާ އެއްގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރާށެވެ. އެގޮތަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ސަބަބުން، ދާއިމީ ގޮތަކަށް ކީރިތި ޤުރްއާން ދަސްނުކުރެވޭނެއެވެ.

 

 

ކަލިމައިގެ ބައްޓަމުން ނުވަތަ އާޔަތުގެ ބައްޓަމުން، ކީރިތި ޤުރްއާން  ދަސްވުމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކީރިތި ޤުރްއާނުގައި އެކުލެވޭ ނަގައިގަންނަން އުނދަގޫ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމަށް، އެއްވެސް މިންވަރަކަށް ޚާއްޞަ ކަމެއް ނުދެވޭނެއެވެ. އެކަމުގެ ސަބަބުން، ދަރިވަރަށް ކީރިތި ޤުރްއާން ކިޔަވަން ދަސްވެގެންދާނީ، ވަޤުތީ ދަސްކުރުމެއް ގޮތަށެވެ.

 

ކަލިމައިގެ ބައްޓަމުން ނުވަތަ އާޔަތުގެ ބައްޓަމުން، ކީރިތި ޤުރްއާން ކިޔަވަން ދަސްވާ ގޮތަށް، މީހެއްގެ އަޑު ދަށުން ނުވަތަ މީހަކާ އެއްކޮށް ކިޔަވައިގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ ކުދިންނަށް، ކީރިތި ޤުރްއާނުން ނަގައިގަންނަ އުނދަގޫ ކަލިމަތައް އަކުރުން އަކުރަށް ކިޔަން ނޭނގޭނެއެވެ. އަދި އާޔަތްތައް ވެސް އަކުރުން އަކުރަށް ކިޔާކަށް ނޭނގޭނެއެވެ. އަޅުގަނޑުގެ ވާހަކަތައް ޤަބޫލުނުކުރެވޭނަމަ މިކަން ވަޒަންކޮށްބަލާށެވެ.

 

 

މިކަން ވަޒަންކޮށް ފެންވަރު ދެނެގަތުމަށް، މި ތަމްރީނުތަކާ އެއްގޮތަށް ކިޔުއްވާށެވެ. އޭރުން ވަރަށް ގިނަ ކަންކަން ތިލަވާނެއެވެ.

 

1- تَوْضِيح

2- حَرْفٌ بَعْدَ حَرْفٍ

3- كَلِمَةٌ بَعْدَ كَلِمَةٍ

4- آيَةٌ بَعْدَ آيَةٍ

 

މި ފަދަ ތަމްރީނުތަކާ އެއްގޮތަށް ކިޔަން، ދަރިވަރުންނާއި މުދައްރިސުންވެސް ބޭނުން ނުވާ އެންމެ ބޮޑު އެއް ސަބަބަކީ، އަޞްލު ފެންވަރު ތިލަވެދާނެތީއެވެ. ނަމަވެސް ބަޔަކު ނުރުހުނަސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މީހުން، ޒިންމާދާރު ކުރުމަށް، މިއީ ކުރަން ޖެހޭ ކަމެކެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ