Donate

ކަނުލައި އަޑުއެހުމެއްނެތި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ވަޤުތީ ދަސްކުރުމެއް

ކަނުލައި އަޑުއެހުމެއްނެތި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ވަޤުތީ ދަސްކުރުމެއް

 

އަޅުގަނޑުމެންގެ ތެރެއިން، ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ހަމައެކަނި ކިޔެވުން ކަމަށެވެ. އެހެންވެ ގިނަ ބެލެނިވެރިން ބޭނުންވަނީ ވެސް، ދަރިވަރުން ލައްވާ އަބަދުވެސް ކިޔުއްވުމަށެވެ. ކަނުލައި އަޑުއެހުމަށް އިސްކަމެއް ނުދެއެވެ.

 

ނަމަވެސް އެއީ ކުށް ހީއެކެވެ.

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކަނުލައި އަޑު އެހުން އުނިވެއްޖެނަމަ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްވުމަކީ ވަރަށް ދުރުކަމެކެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުން ނަމަ، އަދި ޤާބިލު އެދުރަކަށް ވާން ބޭނުންވާނަމަ، އަދި ގިނަދުވަހު ހަނދާނުގައި ހަރުލެއްވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ބޭނުންވާނަމަ، އަބަދުވެސް އިސްކުރަންޖެހޭނީ، ތަކުރާރުކޮށް ކަނުލައި އަޑުއެހުމެވެ. އެއަށްފަހު، ކަނުލައި އަޑު އެހި މިންވަރު، ތަކުރާރުކޮށް ކިޔުމެވެ. ތަކުރާރުކޮށް ކަނުލައި އަޑު އެހުމާއި، ތަކުރާރުކޮށް ކިޔުން ވަކި ނުކުރެވޭނެއެވެ.

 

ކީރިތި ޤުރްއާން ކިޔެވުން ބިނާވެފައިވަނީ، އަޑުގެ ވަރަށް ގިނަ ޞިފަކުރުންތަކެއްގެ މައްޗަށެވެ. ވީމާ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކަނުލައި އަޑު އެހުމަކީ، ލާޒިމުކަމެކެވެ. އެއީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގައި، އަޑު އަހައި ކިޔަމަންވާ ފަދައިންނެވެ. ކިޔާކިޔުން ޞިފަކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރެވޭނީ، ކަނުލައި އަޑު އަހައިގެންނެވެ. އެގޮތުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކަނުލައި އަޑުއެހުން ބިނާވެފައިވަނީ ތިން އެހުމެއްގެ މައްޗަށެވެ.

 

1- ނަމޫނާ ކިޔެވުން ( މުދައްރިސްގެ ކިޔެވުން ) ކަނުލައި އަޑުއެހުން.

2- އެހެން ދަރިވަރުންގެ ކިޔެވުން ކަނުލައި އަޑުއެހުން.

3- އަމިއްލަ ކިޔެވުން ކަނުލައި އަޑުއެހުން.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ނަމޫނާ ކިޔެވުންވެސް ކަނުލައި އަޑުއެހުމަށް، ގިނަ ދަރިވަރުން ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި، މުދައްރިސާއެއްކޮށް ތަކުރާރުކޮށް ކިޔަވާށެވެ. ޚާއްޞަކޮށް އެހެން ދަރިވަރުންގެ ކިޔެވުން އަޑު އެހުމަކީ، ގިނަ ދަރިވަރުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން، އަމިއްލަ ކިޔެވުން ކަނުލައި އަޑު އަހައިގެން، ރަނގަޅަށް ކިޔަވާއިރު ކިޔޭ ގޮތާއި ގޯސްކޮށް ކިޔާއިރު ކިޔޭގޮތުގެ ތަފާތު ނަގައިގަންނަން، ދަރިވަރުންނަށް އުނދަގޫވެއެވެ. އަދި ކީރިތި ޤުރްއާން ކިޔަވަން، ދަސްކޮށް ފަރިތަކޮށް އާދަކުރުމަށް ހުރަސްއެޅެއެވެ.

 

 

ލޮބުވެތި ބެލެނިވެރިންނޭވެ.

ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދެވޭނީ، ކިޔާ ދޫތަކަށެވެ. އަހާ ކަންފަތްތަކަށެވެ. ވިސްނައި ފިކުރުކުރާ ބަޔަކަށެވެ. އެކަންކަން ކުރެވޭނީ، ކިޔަވާ ހިތުން ކިޔަވަން އަންނަ ނަމައެވެ. ދަރިވަރުން އެ މިންވަރަށް ތައްޔާރުކޮށްދިނުމަކީ، ބެލެނިވެރިންގެ ޒިންމާއެކެވެ. އެއީ ކީރިތި ޤުރްއާނަށްޓަކައި ދެވޭ  އެންމެ ފުރަތަމަ ތަރުބިއްޔަތެވެ. ނިދި ހަމަނުކޮށް ނުވަތަ ވަކި ގޮތަކަށް ކިޔަވަން ދަސްކޮށްދިނުމަށްފަހު، ކިޔެވުން އިޞްލާޙުކުރަން މުދައްރިސުންނާ ޙަވާލުކުރިޔަސް، އެކަމެއް ނުވާނެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ