Donate

وَاوْ އަދާކުރުމުގައި، ހުރިހާ ޙާލަތެއްގައި ދެ ތުންފަތް ވަށް ކުރަން ޖެހޭނެތަ؟

وَاوْ އަދާކުރުމުގައި، ހުރިހާ ޙާލަތެއްގައި ދެ ތުންފަތް ވަށް ކުރަން ޖެހޭނެތަ؟

 

– وَاوْ އަދާކުރުމުގައި، އެކި ޙާލަތްތަކުގައި، ދެ ތުންފަތް ވަށްކުރެވޭ ވަޤުތު ތަފާތުވާނެއެވެ.

– وَاوْ އަދާކުރުމުގައި ދެ ތުންފަތް ވަށްކުރެވޭ ވަޤުތު ބެހެނީ ދެ ބަޔަކަށެވެ.

1- وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރުން.

2- وَاوْ ކިޔާ ވަޤުތު ދެ ތުންފަތް ވަށްކުރުން.

 

وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރުން

 

– وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރަން ޖެހޭނީ، އަބަފިލި އަދި އިބިފިލީގެ ޙާލަތުގައެވެ.

– وَاوْ ކިޔުމުގައި، އަބަފިލި އަދި އިބިފިލީގެ ޙާލަތުގައި، وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރުމުން ފުދޭނެއެވެ.

– މާނައަކީ، وَاوْ ގައި އަބަފިލި އަދި އިބިފިލި ޖެހުމުން،  وَاوْ ކިޔާ ވަޤުތު ދެތުންފަތް ވަށްކުރާކަށް ނުޖެހޭނެއެވެ.

– ސަބަބަކީ، މި ދެ ޙާލަތުގައި، ފިލީގެ އަޑުގެ މިސްރާބުގެ ސަބަބުން، وَاوْ ކިޔާ ވަޤުތު، ދެތުންފަތް ވަށްކުރުމަށް ފުރުޞަތު ނުލިބޭނެތީއެވެ.

– އެހެންވީމަ އަބަފިލި އަދި އިބިފިލީގެ ޙާލަތުގައި، وَاوْ ކިޔާ ވަޤުތު، ދެތުންފަތް ވަށްކުރުމަށް، މަސައްކަތް ކުރުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.

– އެކަމުގެ ސަބަބުން، ޤުރްއާން ކިޔަވަން ވަރަށް އުނދަގޫވާނެއެވެ.

 

وَاوْ ކިޔާ ވަޤުތު ދެ ތުންފަތް ވަށްކުރުން

 

– وَاوْ ކިޔާ ވަޤުތު، ދެ ތުންފަތް ވަށްކުރަން ޖެހޭނީ، އުބުފިލި އަދި ސުކުންގެ ޙާލަތުގައެވެ.

– وَاوْ ކިޔުމުގައި، އުބުފިލީގެ ޙާލަތުގައި، وَاوْ ކިޔާ ވަޤުތު ދެތުންފަތް ވަށްކުރުން ފެށޭނީ، ދެތުންފަތް ވަށްކުރުމާއި ދެތުންފަތް އޫކުރުން ޖަމާވެގެންނެވެ.

– އަބަފިލި އަދި އުބުފިލި ޖެހޭ ޙާލަތްތަކުގައި، އަދާކުރެވޭ ގޮތާ ޚިލާފަށް، މި ޙާލަތުގައި، وَاوْ ކިޔާ ވަޤުތު ދެތުންފަތް ވަށްކުރުން ދެމިގެންދާނެއެވެ.

– މިގޮތަށް ދިމާވާ ސަބަބަކީ، އުބުފިލި އަދާކުރުމުގައި، ދެތުންފަތް އޫކުރެވޭތީއެވެ.

– وَاوْ ގައި އުބުފިލި ޖެހޭ ޙާލަތުގައި، ދެތުންފަތް ވަށްކުރުމަށްވުރެ ބޮޑަށް އިސްކަން ދޭންޖެހޭނީ، ދެތުންފަތް އޫކުރުމެވެ.

– އެހެންވީމަ وَاوْ ގައި، އުބުފިލި ޖެހޭ ޙާލަތުގައި އަދާކުރެވޭނީ، ދެތުންފަތް ވަށްކުރުމާއި ދެތުންފަތް އޫކުރުން ޖަމާވެގެންނެވެ.

–  މި ޙާލަތުގައި ދެތުންފަތް ވަށްކުރުމާއި އޫކުރުން ވަކި ކުރުމަކީ، ކުރެވޭނެ ކަމެއް ނޫނެވެ.

– ސުކުންގެ ޙާލަތުގައި، وَاوْ ކިޔުމުގައި، ދެތުންފަތް ވަށްކުރުން ފެށޭނީ، وَاوْ ކިޔާ ވަޤުތުގައެވެ.

– ނަމަވެސް وَاوْ ގައި، ސުކުން ކުރެވޭ ޙާލަތުގައި އަދާކުރެވޭނީ، ހަމައެކަނި ދެތުންފަތް ވަށްކޮށްގެންނެވެ.

– މިޙާލަތުގައި ދެތުންފަތް އޫކޮށްގެން ނުވާނެއެވެ.

– وَاوْ ގައި، ސުކުން ކުރެވޭ ޙާލަތޭ ބުނާ ބަހުގެ މާނައަކީ، މައްދު وَاوْ ގެ ޙާލަތް ފިޔަވައި، ސުކުން ކުރެވޭ އެހެން ޙާލަތްތަކެވެ.

– މައްދު وَاوْ ގެ ޙާލަތަކީ، އަޞްލު ސުކުން އަކުރުގެ ޙާލަތެއް ނޫނެވެ.

 

ޚުލާޞާ

– وَاوْ އަދާކުރުމުގައި، ދެ ތުންފަތް ވަށްކުރަން ޖެހޭނެއެވެ.

– ނަމަވެސް އެކި ޙާލަތްތަކުގައި، ދެތުންފަތް ވަށް ކުރެވޭ ވަޤުތާއި މިންވަރު ތަފާތުވާނެއެވެ.

– وَاوْ އަދާކުރުމުގައި، ދެތުންފަތް ވަށް ކުރެވޭ ވަޤުތާއި މިންވަރު ތަފާތުކުރެވޭ ޙާލަތްތައް ބެހެނީ، ހަތަރު ބަޔަކަށެވެ. އެއީ

1- وَاوْ ގައި އަބަފިލި ޖެހޭ ޙާލަތް

2- وَاوْ  ގައި އިބިފިލި ޖެހޭ ޙާލަތް

3- وَاوْ ގައި އުބުފިލި ޖެހޭ ޙާލަތް

4- وَاوْ ގައި ސުކުން ކުރެވޭ ޙާލަތް

 

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ