Donate

ފަސޭހަ ކަންކަން ވެސް، ބައެއް ފަހަރު ފަސޭހަކުރެވޭނީ، ވަކި ތަރުތީބަކުން އުނގެނި ދަސްކޮށްގެންނެވެ.

ފަސޭހަ ކަންކަން ވެސް، ބައެއް ފަހަރު ފަސޭހަކުރެވޭނީ، ވަކި ތަރުތީބަކުން އުނގެނި ދަސްކޮށްގެންނެވެ.

 

ކީރިތި ޤުރްއާނަކީ، ކިޔަވަން ފަސޭހަ އަދި ވިސްނައިގަންނަން ފަސޭހަ ފޮތެކޭ ބުނުމުން، ބައެއް މީހުން އެކަމާ އިންކާރު ކުރެއެވެ. އެގޮތަށް އެ ދިމާވަނީ، ބައެއް މީހުން، ކަންކަން ފަސޭހަވުން، މާނަކުރާ ގޮތުގެ ސަބަބުންނެވެ. ކަންކަން ފަސޭހަވުން ބެހެނީ، ދެ ބަޔަކަށެވެ.

 

1- އެކަމެއް ފެށުމުގެ ކުރިން ވެސް ފަސޭހަ ކަންކަން.

2- އެކަމެއް ފެށުމަށްފަހު މަޑުމަޑުން ފަސޭހަކުރެވޭ ކަންކަން.

 

ގިނަ މީހުން، ކަންކަން ފަސޭހަވުން މާނަކުރަނީ، ފެށުމުގެ ކުރިން، ކަންކަން ފަސޭހަ ވުމަށެވެ. ފަސޭހަވުން މާނަކުރުމުގައި، ހުރިހާ ޙާލަތެއްގައި، މިގޮތަށް މާނަކުރުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ. ޚާއްޞަ ނުވަތަ މުހިންމު އަދި އެކަމަކުން ބޮޑެތި ފައިދާތަކެއް ލިބޭ، ކޮންމެ ކަމެއް ވެސް، ފަސޭހަވަމުންދާނީ، މަޑުމަޑުންނެވެ. ހުރިހާ ޙާލަތެއްގައި، ހުރިހާ އެންމެންނަށް، އެފަދަ ކަންކަން، ފެށުމުގެ ކުރިން ފަސޭހަ ނުވެދާނެއެވެ.

 

ކީރިތި ޤުރްއާން ކިޔެވުމަކީ، ވަރަށް ފަސޭހަ ކަމެކެވެ. މާނައަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަންޖެހޭ ގޮތަށް، އަދި ކިޔަވަން ދަސްކުރަންޖެހޭ ތަރުތީބުން ދަސްކޮށްފިނަމަ، ފަސޭހަވާނެ ވާހަކައެވެ.  ކީރިތި ޤުރްއާން ކިޔެވުމަކީ، ވަރަށް ފަސޭހަ ކަމެކޭ ބުނާބަހުގެ މާނައަކީ، އުނގެނި ދަސްނުކުރާ މީހާއަށް، ނުވަތަ ފަރުވާ ކުޑަކުރާ މީހާއަށް، ކީރިތި ޤުރްއާން ކިޔަވަން ފަސޭހަވާނެ ވާހަކައެއް ނޫނެވެ.

 

އެހެންވީމަ، ކީރިތި ޤުރްއާނުގެ ދާއިރާއަށް ބޭނުންވަނީ، ހަމައެކަނި ޤުރްއާން ކިޔަވާނެ ގޮތް ބުނެދޭ ފޮތްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ކިޔަވަން ދަސްކުރާނެ ގޮތާއި ތަރުތީބު، ބުނެދޭ ފޮތްތައް ވަރަށް މުހިންމެވެ. ޚާއްޞަކޮށް ޢަރަބި ނޫން މީހުންނަށެވެ. ސަބަބަކީ ކިޔަވަން ދަސްކުރާނެ ގޮތާއި ތަރުތީބު ބުނެ ނުދެވޭނަމަ، މީސްތަކުންގެ ތެރެއިން ގިނަ ބަޔަކަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ވަރަށް އުނދަގޫ ކަމަކަށްވެ، ކުރިއަށް ދާންވީ މަގު އެފަދަ މީހުންނަށް ބަންދުވެދާނެތީއެވެ.

 

މިއީ ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ، އެންމެ ބޮޑު އެއް މައްސަލައެވެ. ޤުރްއާނުގެ ދާއިރާއިން، އަޅުގަނޑުގެ މަސައްކަތްތައް ބިނާކުރީ، ޤުރްއާން ކިޔަވަންޖެހޭ ގޮތް ބުނެދިނުމާއެކު، ޤުރްއާން ކިޔަވަން ދަސްކުރަން ޖެހޭ ގޮތާއި ތަރުތީބު ދިވެހިންނަށް ޚާއްޞަވާ ގޮތަށް، ނުވަތަ ޢަރަބި ނޫން މީހުންނަށް ޚާއްޞަވާ ގޮތަށް ބުނެދިނުމަށެވެ. އެކަން ވަރަށް ފުރިހަމައަށް ކާމިޔާބު ވެއްޖެއެވެ. الحمد لله

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ