Donate

ކީރިތި ޤުރްއާން ކިޔަން ދަސްކުރުމާއި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ތަފާތު

ކީރިތި ޤުރްއާން ކިޔަން ދަސްކުރުމާއި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ތަފާތު

 

ކީރިތި ޤުރްއާން ކިޔަން ދަސްކުރުމާއި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ވަރަށް ތަފާތު ދެކަމެކެވެ.

 

ކީރިތި ޤުރްއާން ކިޔުމަކީ، ބަސްތަކެއް އަނގައިން އެކުލަވާލާ ގޮތަށް، ހަމައެކަނި ކިޔާލުމެވެ. ކީރިތި ޤުރްއާން ކިޔަން ދަސްކުރުމަކީ، ނަމޫނާ ކިޔެވުމެއްގެ އަޑު އަހައިގެން، ހަމައެކަނި ބަސްތަކެއް އަނގައިން އެކުލަވާލާ ގޮތަށް، ޤުރްއާން ކިޔަން ދަސްކުރުމެވެ. މިއީ ޢާންމުކޮށް ކީރިތި ޤުރްއާން ބާވާއިލެއްވުނު ދުވަސްވަރު، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އިޚްތިޔާރުކުރި ގޮތެވެ. މިގޮތަށް ކީރިތި ޤުރްއާން ކިޔަން ދަސްކުރުމުގައި، އޭރު ޢާންމުކޮށް އިސްކަން ދެވުނީ، އަޑު އަހައިގެން ހަމައެކަނި، ހިތު ދަސްކުރުމަށެވެ. ނަމަވެސް، އެއީ މިހާރުގެ ޙާލަތާ އެކަށީގެންވާ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ޢަރަބި ބަހުން ވާހަކަ ދައްކާ، ޢަރަބިންނަށް ޚާއްޞަ ގޮތެކެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، އަދި އިޚްތިޔާރުކުރެވޭ ޞައްޙަ ރިވާޔަތާ އެއްގޮތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ރީތިކޮށް ރާގަށް، ބަލައިގެން އަދި ނުބަލައި ކިޔަވަން ދަސްކުރުމެވެ. މިއީ މިހާރު، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ޖެހޭ ގޮތެވެ.  މިއީ ޢަރަބި ނޫން މީހުންނަށް ޚާއްޞަ ގޮތެކެވެ.

 

ޚުލާޞާ:-

ކީރިތި ޤުރްއާނަކީ ޢަރަބި ބަހުން އޮތް ފޮތެކެވެ. އަދި ކީރިތި ޤުރްއާން ބާވައިލެއްވުނު ދުވަސްވަރު، ކީރިތި ޤުރްއާން އެންމެ ބޮޑަށް ޢާންމުވީ ޢަރަބިންގެ ތެރޭގައެވެ. އެކަމުގެ ސަބަބުން، ޤުރްއާން ކިޔަން ދަސްކުރުމުގައި، އެ ޒަމާނުގައި، ބޮޑަށް އިސްކަން ދެވުނީ، ކީރިތި ޤުރްއާން ކިޔަވަން ޖެހޭ ގޮތަށް ( ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް )  ހަމައެކަނި ކިޔުމަށެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަންޖެހޭ ގޮތާއި ތަރުތީބާ ގުޅޭ ގޮތުން، އެ ދުވަސްވަރު އެހާ ބޮޑަށް މަޝްވަރާ ނުކުރެވި އޮތް އެންމެ ބޮޑު ސަބަބަކީ، އޭރު ޢަރަބީން ގިނަވުމާއި ހިތު ދަސްކުރުމަށް، އިސްކަން ދިނުމެވެ. އެކަމުގެ ސަބަބުން، އޭރު ބޮޑަށް އިސްކަންދެވުނީ، ހަމައެކަނި ޤުރްއާން ކިޔަން ދަސްކުރުމަށެވެ. ކިޔަވަން ދަސްކުރުމަކަށް ނޫނެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ، ކީރިތި ޤުރްއާން އެއްފޮތަކަށް ޖަމާކުރުމާއެކު، ކީރިތި ޤުރްއާނުގެ ރަސްމަށް، އެކި ދުވަސްވަރު ގެނެވުނު އެކި ބަދަލުތަކެވެ.

 

މިހުރިހާ މަރުޙަލާތަކެއް ފުރިހަމަވެ ނިމުނު އިރުވެސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަންޖެހޭ ގޮތާއި ތަރުތީބާ ގުޅޭ ގޮތުން، އެއްވެސް މިންވަރަކަށް، ދިރާސާ ކުރުމަށް، ފުރުޞަތު ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ، ޢަރަބި ނޫން މީހުން، ޢަރަބީންގެ ތެރޭގައި، އެންމެ ކުރީގައި، ޤުރްއާން ކިޔަވަން ދަސްކުރުމަށް، އިސްކަންދިން ގޮތަށް، މިހާރުވެސް އިސްކަން ދިނުމެވެ. އަދި ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ޢަރަބީން، ކީރިތި ޤުރްއާން އުނގެނި ދަސްކުރި ގޮތާއި ދަސްކުރާ ގޮތް ނަމޫނާއަކަށް ބެލުމެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ