Donate

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ވިސްނަން ވަޤުތު ދިނުމާއި ވިސްނަން ވަޤުތު ހޯދުން

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ވިސްނަން ވަޤުތު ދިނުމާއި ވިސްނަން ވަޤުތު ހޯދުން

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ވިސްނަން ވަޤުތު ދިނުމަކީ، މުދައްރިސުންގެ ޒިންމާއެކެވެ. އަދި ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ވިސްނަން ވަޤުތު ހޯދުމަކީ ދަރިވަރުންގެ ޒިންމާއެކެވެ. ނުވަތަ އުނގެނޭ މީހާގެ ޒިންމާއެކެވެ. ވިސްނަން ވަޤުތު ނުދެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގަންނައި ދިނުމާއި، ވިސްނަން ވަޤުތު ނުލިބޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނުމަކީ، އުނގެނޭ މީހާގެ ކިބައިން، ކީރިތި ޤުރްއާނުގެ ޚާއްޞަކަން ނެތިގެންދާނެ ސަބަބެކެވެ. އެކަމުގެ ސަބަބުން، ދަސްކުރާ މިންވަރު ވަރަށް އަވަހަށް، ހަނދާން ނެތޭނެއެވެ.

 

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔަވަން ދަސްކުރާ މީހާގެ ވިސްނުން، ވަކިގޮތަކަށް އަދި ވަކި ތަރުތީބަކުން ބިނާކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ. އެ ތަރުތީބަކީ:-

1- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުން.
2- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަންޖެހޭ ވަޤުތު ދެނެގަތުން.
3- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަން ވަޤުތު ދޭންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުން.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުން

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ވިސްނަން ޖެހޭ ގޮތާއި ތަރުތީބަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ގޮތާއި ތަރުތީބެވެ.  އެއީ ކަނާތުން ވާތަށް، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ވިސްނުން ބިނާކުރުމެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަންޖެހޭ ވަޤުތު ދެނެގަތުން

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަންޖެހޭ ވަޤުތު ދެނެގަތުމޭ ބުނެވެނީ، ޢާންމުކޮށް ވިސްނަންޖެހޭ ވަރަށް ވުރެ ބޮޑަށް ވިސްނަންޖެހޭ ވަޤުތުތައް ދެނެގަތުމެވެ. އެއީ މައިގަނޑު ގޮތެއްގައި ތިން ވަޤުތެކެވެ.
– އެއީ
1- އުނދަގޫ ޙާލަތްތައް އަންނަ ވަޤުތު.
2- ކިޔުމަށް ބަދަލު އަންނަ ޙާލަތްތަކާއި ބަދަލު ގެންނަ ޙާލަތްތައް އަންނަ ވަޤުތު.
3- ތަޖުވީދުގެ ޤަޥާޢިދުގެ ނިސްބަތުން ޚާއްޞަ ޙާލަތްތައް އަންނަ ވަޤުތު.

މި ޙާލަތްތައް ރަނގަޅަށް ދަސްކޮށް ފަރިތަކޮށް އާދަކުރެވޭނީ، މި ޙާލަތްތަކަށް ދަރިވަރުންގެ ވިސްނުން ފޯރައިގެންނެވެ. އާޔަތް ނުވަތަ ސޫރަތް ކިޔަން އިސްކަން ދެވޭނަމަ، މި ޙާލަތްތަކަށް ދަރިވަރުންގެ ވިސްނުން ފޯރުމަށް ހުރަސް އެޅިގެންދާނެއެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަން ވަޤުތު ދޭންޖެހޭ ގޮތާއި ތަރުތީބު ދެނެގަތުން

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަން ވަޤުތު ދޭންޖެހޭ ގޮތާއި ތަރުތީބު ދެނެގަންނާނީ ކިހިނެއް؟

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާއިރު، ވިސްނަން ވަޤުތު ދޭންޖެހޭ ގޮތާއި ތަރުތީބު ދެނެގަނެވޭނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ގޮތާއި ތަރުތީބުން ބިނާކުރެވޭ ގޮތަށް، ކީރިތި ޤުރްއާން ކިޔަވައިގެންނެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަން ދީގެން، ވިސްނަންޖެހޭ ވަޤުތާއި ޙާލަތްތައް ދެނެ ނުގަނެވޭނެއެވެ. ސަބަބަކީ އެކަމުގައި އެކި މީހުންގެ ޙާލަތު ތަފާތު ވާނެތީއެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އުނގެނޭ ކޮންމެ މީހަކާވެސް އެކަށީގެންވާ ގޮތަށް، އެކަށީގެންވާ މިންވަރަށް، ވިސްނަން ޖެހޭ ވަޤުތު ދެނެގަނެވޭނީ، ތިރީގައިވާ ތަމްރީނުތަކާ އެއްގޮތަށް ކިޔައިގެންނެވެ.

1- توضيح – ކިޔުމުގައި ތަފްޞީލު ކުރުން.
2- حرف بعد حرف – ކަނާތުން ވާތަށް އަކުރަކަށްފަހު އަކުރެއް ގުޅުވުން ނުވަތަ އިތުރުކުރުން.
3- كلمة بعد كلمة – ކަނާތުން ވާތަށް ކަލިމައަކަށް ފަހު ކަލިމައެއް ގުޅުވުން ނުވަތަ އިތުރުކުރުން.
4- آية بعد آية – ކަނާތުން ވާތަށް އާޔަތަކަށް ފަހު އާޔަތެއް ގުޅުވުން ނުވަތަ އިތުރުކުރުން.
5- سورة بعد سورة – ކަނާތުން ވާތަށް ސޫރަތަކަށް ފަހު ސޫރަތެއް ކިޔުން.
6- معلّم – ތަކުރާރުކުރަމުން ކިޔުން.
7- كيفية البيان – ބަޔާންކޮށްދޭ ގޮތަށް ކިޔުން.
10- كيفية التّحقيق – ފިލާވަޅު ތަޙްޤީޤު ކުރަމުން ކިޔުން.

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، މިފަދަ ތަމްރީނުތަކާ އެއްގޮތަށް ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަނުކޮށް، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދޭ ދަރިވަރުންގެ ކިބާގައި، ޤުރްއާން ކިޔެވުމުގައި ރޭވުންތެރިކަމެއް ނުހުންނާނެއެވެ. އަދި އެފަދަ ދަރިވަރުންނަށް، ޤުރްއާން ކިޔެވުމުގައި، ވަކި ތަރުތީބަކުން ވިސްނަން އުނދަގޫވުމާއި، ވިސްނަންޖެހޭ ވަޤުތު ދެނެގަތުމަށް ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ، އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަން ދޭނަމަ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ވިސްނަން ވަޤުތު ނުލިބޭނެތީއެވެ. އާޔަތްތަކާއި ސޫރަތްތައް ކިޔުން އެންމެ ގާތްކުރަނީ، އުނގެނި ދަސްކޮށްފައިވާ މީހަކު، އަޅުކަމެއްގެ ގޮތުގައި، ކީރިތި ޤުރްއާން ކިޔަވާ ގޮތާއެވެ. އެގޮތަށް ކިޔުމުގައި، އުނގެނި ދަސްކުރުމުގެ ޞިފައެއް ނުހުންނާނެއެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ