Donate

ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުން

ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުން

– ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުމަކީ، ފަރިތަކަމާއި ހުނަރުވެރިކަމާއެކު، ކީރިތި ޤުރްއާން ކިޔަވަން އެނގުމެވެ.

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ، ޢަރަބި ނޫން ކޮންމެ މީހެއްގެވެސް ޠަބީޢަތަކީ، ކީރިތި ޤުރްއާން ކިޔެވުމަށް ނުކުޅެދުންތެރިވުމެވެ.

– ކީރިތި ޤުރްއާން ކިޔެވުމުގައި، ކުޅަދާނަ މީހަކަށް ވެވޭނީ، ވަކި ތަރުތީބަކުން ޚާއްޞަ މަރުޙަލާތަކެއް ފުރިހަމަކޮށްގެންނެވެ.

 

– ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުން ބެހެނީ ތިން ބަޔަކަށެވެ.

1- ދުލާއި އަނގައިގެ ޙަރަކާތުން ކުޅަދާނަވުން.

– ކީރިތި ޤުރްއާން ކިޔެވުމުގައި، ދުލާއި އަނގައިގެ ޙަރަކާތުން ކުޅަދާނަވުމަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނެތި، ފަރިތަކަމާއެކު ދުލާއި އަނގައިގެ ޙަރަކާތުން ވާޞިލްވުމަށް ފަރިތަވުމެވެ.

2- ލޮލުގެ ޙަރަކާތުން ކުޅަދާނަވުން.

– ކީރިތި ޤުރްއާން ކިޔެވުމުގައި، ލޮލުގެ ޙަރަކާތުން ކުޅަދާނަވުމަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނެތި، ފަރިތަކަމާއެކު ލޮލުގެ ޙަރަކާތުން ވާޞިލްވުމަށް ފަރިތަވުމެވެ.

3- ހިތާއި ސިކުނޑީން ކުޅަދާނަވުން.

– ކީރިތި ޤުރްއާން ކިޔެވުމުގައި، ހިތާއި ސިކުނޑީން ކުޅަދާނަވުމަކީ، ކިޔަވަމުންދާ ވަޤުތު، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނެތި، ވިސްނައި ފިކުރުކުރަން ފަރިތަވުމެވެ.

 

 

– ކީރިތި ޤުރްއާން ކިޔެވުމުގައި، ހިތާއި ސިކުނޑީން ކުޅަދާނަވުން ބެހެނީ ދެ ބަޔަކަށެވެ.

1- ކީރިތި ޤުރްއާން ކިޔެވުމުގައި، ޢަމަލުކުރަންޖެހޭ ތަޖުވީދުގެ ޤަޥާޢިދުތަކާ މެދު، ވިސްނައި ފިކުރުކުރުމުގައި ކުޅަދާނަވުން.

2- ކީރިތި ޤުރްއާނުގެ މާނައާމެދު ވިސްނައި ފިކުރުކުރުމުގައި ކުޅަދާނަވުން.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ނުވަތަ ކިޔެވުމުގައި، އެމީހަކަށް ކުޅަދާނަ މިންވަރު ދެނެގަތުން

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ނުވަތަ ކިޔެވުމުގައި، އެމީހަކަށް ކުޅަދާނަ މިންވަރު ދެނެގަތުމަކީ، ވަރަށް މުހިންމު ކަމެކެވެ.

– ސަބަބަކީ މިކަމުގައި އެކި މީހުން ތަފާތުވާނެތީއެވެ.

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ނުވަތަ ކިޔެވުމުގައި، އެމީހަކަށް ކުޅަދާނަ މިންވަރު، ދެނެގަތުން ގުޅިފައިވަނީ، ކިޔަވާ ސްޕީޑާއެވެ.

– ތަކުރާރުކޮށް ބަލައިގެން ކީރިތި ޤުރްއާން ކިޔަވާއިރުވެސް، ބަލައިގެން ނުވަތަ ނުބަލައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް، އުނދަގޫވާ އެންމެ ބޮޑު ސަބަބަކީ، ޤުރްއާން ކިޔެވުމުގައި، އެމީހަކާ އެކަށީގެންވާ ރަނގަޅު ސްޕީޑް އިޚްތިޔާރު ނުކުރާތީއެވެ.

– ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމަކީ، ސްކޭން ކުރުމެކެވެ. ނުވަތަ ނަކަލު ކުރުމެކެވެ.

– ކިޔެވުން އަވަސްކުރާ މިންވަރަކަށް، ސްކޭން ކުރުމުގެ ފެންވަރު ދަށްވާނެއެވެ. ނުވަތަ ނަކަލުކުރުމުގެ ފެންވަރު ދަށްވާނެއެވެ.

– ޤުރްއާން ކިޔެވުމުގައި، ކިޔެވުން އަވަސްކުރަން ޖެހޭނީ، ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، ފަރުވާތެރިކަމާ އެކު ކިޔެވުމަށް، އެމީހަކަށް ކުޅަދާނަ މިންވަރަކަށެވެ.

– އެގޮތުން ޤުރްއާން ކިޔެވުން އަވަސްކުރުމުގައި، މައިގަނޑު ތިން ކަމަކަމަށް ވިސްނަން ޖެހޭނެއެވެ.

1- ދުލާއި އަނގައިގެ ޙަރަކާތުން، އެމީހަކަށް ކުޅަދާނަވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުން.

– މިއީ އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް ވާޞިލްވުމުގައި، ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، ކިޔަވަން މަގުފަހިވާ މިންވަރުގެ، ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

2- ލޮލުގެ ޙަރަކާތުން، އެމީހަކަށް ކުޅަދާނަވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުން.

– މިއީ އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، ފަރުވާތެރިކަމާ އެކު، ބަލައިގެން ކިޔަވަން މަގުފަހިވާ މިންވަރުގެ، ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

3- ހިތާއި ސިކުނޑީން، އެމީހަކަށް ކުޅަދާނަވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުން.

– މިއީ އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، ފަރުވާތެރިކަމާ އެކު، ވިސްނައި ފިކުރުކުރަމުން، ކިޔަވަން މަގުފަހިވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

ޚުލާޞާ

– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ބަލައިގެން ވިޔަސް އަދި ނުބަލައި ވިޔަސް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ރާގަށް ކިޔަވަން އުނދަގޫވާ އެންމެ ބޮޑު ސަބަބަކީ، ޤުރްއާން ކިޔެވުމުގައި، އެމީހަކާ އެކަށީގެން ނުވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

– އަދި ޤުރްއާން ކިޔެވުމުގައި، ކިޔަވާ މީހާއާ އެކަށީގެން ނުވާ މިންވަރަށް، ނުވަތަ ކުޅަދާނަ ނުވާ މިންވަރަށް، ކިޔެވުން އަވަސްކުރުމުގެ ސަބަބުން ވެސް ކުށްކިޔެއެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ