Donate

އުނގެނި ދަސްކުރުމުގައްޔާއި ކިޔެވުމުގައި، ކީރިތި ޤުރްއާން ދަރަޖަކުރެވިފައިވާ ގޮތް ދެނެގަތުން

އުނގެނި ދަސްކުރުމުގައްޔާއި ކިޔެވުމުގައި، ކީރިތި ޤުރްއާން ދަރަޖަކުރެވިފައިވާ ގޮތް ދެނެގަތުން

ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި އުނގެނުން، ދަރަޖަކުރަންވީ، ހަމައެކަނި ކިޔެވުމެއް ކިޔަން ދަސްކުރާ ގޮތަށް ހެއްޔެވެ؟ ނޫނީ ޚާއްޞަ ފަންނެއް ( ހުނަރެއް ) ދަސްކުރާ ގޮތަށް ހެއްޔެވެ؟

 

މި ސުވާލުގެ ޖަވާބު ވިސްނައިގަތުމުގައި، އެންމެ ފުރަތަމަ ކަމަކީ، ކިޔެވުމަކީ ކޮބައި ކަމާއި ޚާއްޞަ ފަންނަކީ ކޮބައިކަން ދެނެގަތުމެވެ.

 

ކިޔަވަން ދަސްކުރުން

 

ކިޔުމަކީ ނުވަތަ ކިޔެވުމަކީ، ޢާންމު ކަމެކެވެ. ވާހަކަ ދައްކަން އެނގޭ ކޮންމެ މީހަކަށް، ކިޔަވަން ނުވަތަ ކިޔަން ދަސްކުރުމަކީ ފަސޭހަ ކަމެކެވެ. އެކަމުގައި މާބޮޑު ތަރުތީބެއް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެއްޗެއް ކިޔަވާލަން ނުވަތަ ކިޔަން ދަސްކުރުމަކީ، ނުވަތަ އެނގުމަކީ، އާދައިގެ ޢާންމު ކަމަކަށް ވާތީއެވެ. އެކަމުގައި އެއްވެސް ޚާއްޞަކަމެއް ނެތެވެ.

 

ހަމައެކަނި ޤުރްއާން މުބާރާތަށް ތައްޔާރުވުމާއި، ޚަތިމްކުރުމުގެ ވިސްނުމުގައި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭ ކައިފިއްޔަތާ، އުނގެނޭ މީހާ ދުރުކޮށް، ޤުރްއާން ކިޔެވުމުގެ ޚާއްޞަކަން ކަނޑުވާލާ ސަބަބެކެވެ. މިއަދު ދަރިވަރުންގެ ފަރާތުން މި ފެންނަނީ، އެފަދަ ޞިފަތަކެވެ. ހަމައެކަނި  ޤުރްއާން ކިޔަވަން ދަސްކުރަން މަސައްކަތްކުރުމަކީ، ވަރަށް ގިނަ ދަރިވަރުންނަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، އުނދަގޫވާ އެންމެ ބޮޑު ސަބަބެވެ.

 

ޚާއްޞަ ފަންނެއް ( ހުނަރެއް )  ދަސްކުރުން

 

ވަކި ޚާއްޞަ ފަންނެއް ( ހުނަރެއް ) ދަސްކުރުމަކީ، އެކަމެއްގައި ޚާއްޞަ ޤަވާޢިދެއް ލާޒިމުވެފައިވާ، ޚާއްޞަ ކަންތަތަކަކާ ނުވަތަ ޚާއްޞަ ތަރުތީބާ ޚިލާފު ނުވެވޭ ގޮތަށް، ވަކި ތަރުތީބަކުން ދާއިމީކޮށް ޘާބިތުވެވޭ ގޮތަށް، ދަސްކުރާ ދަސްކުރުމެވެ. މިފަދަ އުނގެނުންތަކާއި ކިޔަވާ ކިޔެވުންތައް ޚާއްޞަ ވާނެއެވެ. ކީރިތި ޤުރްއާނަކީ އެފަދަ ކިޔެވުމެކެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ޚާއްޞަ ފަންނެއް ( ހުނަރެއް ) ދަސްކުރާ ގޮތަށް، އުނގެނެން ޖެހޭ މައިގަނޑު ސަބަބުތައް:-

 

1- ކީރިތި ޤުރްއާނަކީ ކިޔެވޭ ކިޔެވުމެއް ކަމުގައިވާތީއެވެ.

2- ވާހަކަ ދައްކާ ގޮތަށް ކީރިތި ޤުރްއާން ކިޔެވުން ހުއްދަ ނުވާނެތީއެވެ.

3- އުނގެނުމުގައި ކިޔޭ ގޮތާއި ލިޔެވިފައިވާ ގޮތް ދަސްކުރަން ޖެހޭތީއެވެ.

4- ކީރިތި ޤުރްއާން ކިޔެވުން، އިންސާނާގެ ދުލާއި އަޑާ ގުޅިފައިވާތީއެވެ.

5- ބޭނުން ކޮންމެ ރާގަކަށް، ނުވަތަ ފަސޭހަ ކޮންމެ ރާގަކަށް، ކީރިތި ޤުރްއާން ކިޔެވުން ހުއްދަ ނުވާތީއެވެ.

6- ކީރިތި ޤުރްއާނާ މުނާސަބު ރާގުތައް ދަސްކުރުމުގައި، ވަކި ޚާއްޞަ ތަރުތީބެއް އޮންނާތީއެވެ.

7- ތަޖުވީދުގެ ޤަވާއިދުތަކަށް ޢަމަލުކުރުމުގައި، ކިޔަވާ މީހާގެ ކިޔުމުގެ ހުނަރާއި ވިސްނުމުގެ ހުނަރު ލާޒިމުވާތީއެވެ.

8- ދާއިމީކޮށް ޘާބިތުވެވޭ މިންވަރަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ޖެހޭތީއެވެ.

9- ކިޔުމުގައި ދިމާވާ ތަފާތު އުނދަގޫތަކުން، ސަލާމަތްވާނެ ގޮތް ދަސްކުރަން ޖެހޭތީއެވެ.

10- ކިޔެވުމުގައި އަޑުގެ ދަރަޖަތަކަކުން ރާގު އުފެދޭތީއެވެ.

11- ކީރިތި ޤުރްއާން ކިޔެވުމުގައި ޢަރަބި ބަސް ޚާއްޞަކުރަންޖެހޭތީއެވެ.

 

މިހުރިހާ ސަބަބުތަކަށް ވިސްނާލުމުން އެނގިގެންދަނީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ހަމައެކަނި ކިޔާލަން ނުވަތަ ކިޔަވާލަން ދަސްކުރުމުގެ ވިސްނުމަށް ވުރެ، ޚާއްޞަ ފަންނެއް ނުވަތަ ހުނަރެއް ދަސްކުރުމުގެ ވިސްނުން އިސްކުރަން ޖެހޭނެކަމެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާގައި، ހަމައެކަނި ކިޔަވަން ނުވަތަ ކިޔާލަން ދަސްކުރުން ޚާއްޞަ ކުރުމަކީ، ޢިލްމީ ގޮތުންނާއި ޢަމަލީގޮތުން ބެލިޔަސް، އެއްވެސް ތާކުންތާކު ޖެހޭ ގޮތެއް ނޫނެވެ. އެއީ ކީރިތި ޤުރްއާނުގެ ޚާއްޞަކަން ގެއްލުވައިލުމެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ

ޝެއާ ކުރައްވާ

އެހީތެރިވެދެއްވާ

ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް ޝުކުރިއްޔާ

ބެންކް އެކައުންޓް މަޢުލޫމާތު

ބެންކް BML
އެކައުންޓް ނަން SHUAIB ALI
އެކައުންޓް ނަންބަރު 7770000199695

ސްލިޕް އަޕްލޯޑް ކުރައްވާ

ޝަރުޠުތަކާއި ޤަވާއިދުތައް

1. ޚިދުމަތް ބޭނުންކުރުން

  • މި ވެބްސައިޓް ބޭނުންކުރެވޭނީ ހެޔޮ ނިޔަތުގައެވެ.
  • ރެޖިސްޓަރ ކުރާ މަޢުލޫމާތު ސައްޙަ ވާންޖެހޭނެއެވެ.
  • އެހެން ފަރާތެއްގެ ނަމުގައި ރެޖިސްޓަރ ކުރުމަކީ މަނާ ކަމެކެވެ.

2. ކުއިޒް ބައިވެރިވުން

  • ކުއިޒް ގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
  • ކޮންމެ ކުއިޒެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރާންވާނެއެވެ.
  • މަކަރާއި ހީލަތް ހެދުމަކީ މަނާ ކަމެކެވެ. އެފަދަ ޢަމަލެއް ފެނިއްޖެނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

3. އިނާމު

  • އިނާމު ލިބޭ ފަރާތް ކަނޑައެޅޭނީ ކުއިޒް ގެ ޤަވާއިދާ އެއްގޮތަށެވެ.
  • އިނާމާ ގުޅޭ ފައިނަލް ނިންމުން ނިންމާނީ ބަޔާނުލްޤުރްއާން ޓީމުންނެވެ.

4. މަޢުލޫމާތު ރައްކާތެރިކުރުން

  • ތިބާގެ އީމެއިލް އާއި ފޯނު ނަންބަރު ބޭނުންކުރެވޭނީ ހަމައެކަނި ކުއިޒް ސިސްޓަމާ ގުޅޭ ކަންކަމަށެވެ.
  • އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާ ޙިއްޞާ ނުކުރެވޭނެއެވެ.

5. ޢާންމު

  • މި ޝަރުޠުތައް ބަދަލުކުރުމުގެ ޙައްޤު ބަޔާނުލްޤުރްއާން ޓީމަށް ލިބިގެންވެއެވެ.
  • ވެބްސައިޓް ބޭނުންކުރުމާއެކު މި ޝަރުޠުތައް ޤަބޫލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

ކުއިޒް ސިސްޓަމް

ބައިވެރިވުމަށް ރެޖިސްޓަރ ވާށެވެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

އެކައުންޓް ހެދިއްޖެ!

ކާމިޔާބުކަމާއެކު ރެޖިސްޓަރ ވެއްޖެ

އަށް OTP ކޯޑެއް ފޮނުވައިފި

ކޯޑް ގެ މުއްދަތު ހަމަވާނީ: 5:00
ކޯޑް ނުލިބުނީތޯ؟ އަލުން ފޮނުވާ

ލޮގިން ވެއްޖެ!

ކާމިޔާބުކަމާއެކު ލޮގިން ވެއްޖެ