ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ފެށުމާއި، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުން
2026-07-28
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ފެށުމާއި، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުން
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ފެށުމަކީ، ޢަރަބި ބަސް ދަސްކުރުމުގެ ފެށުމެވެ. ނުވަތަ ޢަރަބި ބަހަށް ޚާއްޞަ ތަޖުވީދުގެ ޢިލްމުގެ ފެށުމެވެ. އެއީ ޢަރަބި އަކުރުތައް ދަސްކުރުމެވެ. އެއީ ޢަރަބި ބަހާއި ކީރިތި ޤުރްއާން ބިނާކުރަން ދަސްކުރުމުގެ ފެށުމެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމަކީ، ނުވަތަ ޚުލާޞާ އަކީ، ޢަރަބި ބަހުން ވާހަކަ ދެއްކުމާއި ކީރިތި ޤުރްއާން ކިޔެވުމާ ތަފާތުކުރެވޭ ކަންކަމެވެ. ނުވަތަ އެފަދަ ޤަޥާޢިދުތަކެވެ. އޭގެ ތެރޭގައި، ހިމެނޭ މައިގަނޑު ޤަޥާޢިދުތަކަކީ، ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަކުރުން ފަދަ ޤަޥާޢިދުތަކެވެ.
ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމު، އުނގެނި ދަސްކުރަން ފެށުމާއި، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުން ނުވަތަ ޚުލާޞާ
ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމު، އުނގެނި ދަސްކުރަން ފަށާ ހިސާބަކީ، ނުވަތަ ފެށޭ ހިސާބަކީ، ޢަރަބި އަކުރުތަކުގެ ނަންތައް ދަސްކުރަން ފަށާ މަރުޙަލާއެވެ. މާނައަކީ އަކުރު ދަސްކުރާ މަރުޙަލާއެވެ. ކީރިތި ޤުރްއާނުގައި، އަލިފްބާގެ އަކުރުތަކުގެ ނަންތަކުން ފެށިފައިވާ 29 ސޫރަތެއް އާދެއެވެ. އެ ސޫރަތްތައް ފެށުމުގައި، އަލިފްބާގެ އަކުރުތަކަށް ޚާއްޞަ ކުރެވިފައިވާ ނަންތަކުގައިވެސް، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުމަކީ ލާޒިމުކަމެކެވެ. އަކުރު ދަސްކުރާ މަރުޙަލާ ފުރިހަމަކުރަންޖެހޭނީ، އެކަންކަމަށް މަގުފަހިވާ ގޮތަށެވެ. އެކަންކަން ފުރިހަމަ ކުރެވޭނީ، އަލިފްބާގެ އަކުރުތަކުގެ ނަންތައް ރަނގަޅަށް ދަސްކޮށްގެންނެވެ. އެހެންވީމަ، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމު، އުނގެނި ދަސްކުރަން ފަށާ ހިސާބަކީ، ނުވަތަ ފެށޭ ހިސާބަކީ، ޢަރަބި އަކުރުތަކުގެ ނަންތައް ދަސްކުރަން ފަށާ މަރުޙަލާއެވެ.
ނަމަވެސް ކުރިން ބުނިގޮތަށް، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމަކީ، ނުވަތަ ޚުލާޞާ އަކީ، ޢަރަބި ބަހުން ވާހަކަ ދެއްކުމާއި ކީރިތި ޤުރްއާން ކިޔެވުމާ ތަފާތުކުރެވޭ ކަންކަމެވެ. އޭގެ ތެރޭގައި، ހިމެނޭ މައިގަނޑު ޤަޥާޢިދުތަކަކީ، ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަކުރުން ފަދަ ޤަޥާޢިދުތަކެވެ. ޢިލްމުތަކުގެ ޠަބީޢީ ފެށުމަކީ، އެއް ޢިލްމު އަނެއް ޢިލްމާ ތަފާތުކުރެވޭ ހިސާބެވެ. ނަމަވެސް، ދެ ޢިލްމެއް އުނގެނި ދަސްކުރަން ފަށާ ހިސާބު އެއްގޮތް ވެދާނެއެވެ. އެހެން ނަމަވެސް އުނގެނި ދަސްކުރުމުގައި އިސްކަންދޭން ޖެހޭނީ، ދެ ޢިލްމު ތަފާތުވާ ހިސާބަށެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އަކުރުގެ އަޑު ޞައްޙަ ކުރުމަކީ، އެއް ފަހަރުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ވަޤުތު ބޭނުންވާނެއެވެ. ނަމަވެސް އަކުރުގެ އަޑު ޞައްޙަ ނުކުރެވުނުކަމުގައި ވިޔަސް، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތު ކުރަންޖެހޭ ކަންކަން ތަފާތުކުރަން ޖެހޭނެއެވެ. އެފަދަ ޤަޥާޢިދުތަކަށް އިސްކަން ދޭން ޖެހޭނެއެވެ. އެހެން ނޫނީ، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުން އެއްގޮތްވެ، ކީރިތި ޤުރްއާން ކިޔެވުމުގައި އެކުލެވޭ ޚާއްޞަކަން ގެއްލިދާނެއެވެ.
ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ބައެއް މީހުންނަށް، ރީތިކޮށް ރާގަށް ކިޔަވަން އުނދަގޫވާ އެންމެ ބޮޑު އެއް ސަބަބަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ފެށުމަކީ، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުން ކަމަށް މާނަކޮށް، އަކުރުގެ އަޑު ޞައްޙަކުރަން އިސްކަންދީ، އެކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތުވާ ކަންކަމުގެ ތެރޭގައި ހިމެނޭ، ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަކުރުންފަދަ ކަންކަމަށް، އިސްކަންދެވެނީ މާފަހުންނެވެ. އެކަމުގެ ސަބަބުން، އެގޮތަށް ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މީހުންނަށް، ރީތިކޮށް ރާގަށް ކިޔަވަން ދަތިވެއެވެ. އެކަން އެގޮތަށް ދިމާވަނީ، އަކުރުގެ އަޑު ޞައްޙަކުރުމުގައި، އަކުރުގެ އަޑު އެއްފަހަރާ ރަނގަޅުކޮށް، އަކުރުގެ އަޑު އެންމެ ފުރިހަމައަށް ނެރެން އުޅުމުގެ ސަބަބުން، ކިޔެވުމުގައި ދަތިކަމެއް ނުވަތަ އުނދަގޫކަމެއް އުފެދޭތީއެވެ. އެކަމުގެ ސަބަބުން، އެ އުނދަގޫކަން ދާއިމީކަމަކަށް ވެގެންދެއެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި އުނދަގޫ ކަމެއްގެ ތެރެއިން، ނުވަތަ ނުފަރިތަކަމެއްގެ ތެރެއިން، ރީތިރާގެއް ނުވަތަ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަން އުފަން ނުކުރެވޭނެއެވެ.
ރީތިކޮށް ރާގަށް ކިޔެވުމުގައި، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތުވާ ކަންކަމަކީ، ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. ނުވަތަ ޤަޥާޢިދުތަކެކެވެ. ރީތިކޮށް ރާގަށް ކިޔެވުމުގައި، ދެމޭ ޙާލަތްތަކާއި އިތުރަށް ދެމޭ ޙާލަތްތައް އަދި އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތަކަކީ، ކީރިތި ޤުރްއާނަށް ޚާއްޞަ ރާގުތައް އުފެދުމުގައި އަދި ރާގު ފުރިހަމަކުރުމުގައި، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަވާގޮތަށް، ރާގު ބައްޓަންކުރެވޭ، އެންމެ މުހިންމު ސަބަބުތަކެވެ. އެހެންވީމަ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކަލިމަ ދަސްކުރަން ފަށާ ހިސާބުން، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތުވާ ކަންކަމަށް އިސްކަން ދޭންޖެހޭނެއެވެ. އަދި އެ މަރުޙަލާގައި، ދިވެހި ލަފްޒުތައް ޢަރަބި އަކުރުތަކުން ކިޔައިދިނުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ
