ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ފެށުން ފަސޭހަކުރުން
2026-07-13
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ފެށުން ފަސޭހަކުރުން
- ކޮންމެ ކަމެއް ވެސް ފަސޭހަވާނީ، އެކަމެއްގެ ފެށުން ފަސޭހަކޮށްގެންނެވެ.
- ފެށުން ފަސޭހަ ވެއްޖެނަމަ، އެކަމެއްގެ ނިމުން ފަސޭހަވެގެންދާނެއެވެ.
- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އެންމެ ރަނގަޅު ގޮތަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ފެށުން ފަސޭހަކުރެވޭ ގޮތަށް، ކިޔަވަން ދަސްކުރުމެވެ.
- އޭރުން އުނދަގޫ ވިޔަސް އުނދަގޫވާނީ، ބައެއް ނިމުންތަކެވެ.
- އެކަމުގެ ސަބަބުން، ދަރިވަރުންނަށް ކިޔޭ ކުށްތައް މަދުވެ، ދަރިވަރުންގެ ކިބާގައި، ޔަޤީންކަން އުފެދޭނެއެވެ.
- އަދި އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ހިތު ދަސްކުރަން، ފަސޭހަވެގެންދާނެއެވެ.
- އޭގެ ބަދަލުގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދެވޭ ނަމަ، ފެށުން ފަސޭހަކުރުން ޚާއްޞައެއް ނުކުރެވޭނެއެވެ.
- އަދި އަވަސް ތަކުރާރުވުމެއް އަންނަ ގޮތަށް، ފެށުން ތަކުރާރު ނުކުރެވޭނެއެވެ.
- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފެށުން ފަސޭހަކުރުން ބިނާވެފައިވަނީ، ހަތަރު ބައެއްގެ މައްޗަށެވެ. އެއީ...
1- އަކުރުގެ ފެށުން ފަސޭހަކުރުން.
2- ކަލިމައިގެ ފެށުން ފަސޭހަކުރުން.
3- އާޔަތުގެ ފެށުން ފަސޭހަކުރުން.
4- ސޫރަތުގެ ފެށުން ފަސޭހަކުރުން.
އަކުރުގެ ފެށުން ފަސޭހަކުރުން
- އަކުރުގެ ފެށުމަކީ، އަކުރުގެ އަޑާއި އަކުރު އޮންނަ ޙާލަތެވެ.
- އޭގެ ތެރޭގައި ޢަރަބި އަޑުތަކާއި ޢަރަބި ވަޒަންތައް ގުޅުވުން ވެސް ހިމެނޭނެއެވެ.
- އަކުރުގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، ކަލިމަ އަދި އާޔަތުގެ ފުރަތަމަކޮޅުގެ އަކުރުތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް، ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތައް މުރާޖާ ކުރެވޭ ގޮތަށް، ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތައް ގުޅުވަމުން ކިޔުމެވެ.
- އަކުރުގެ ފެށުން ފަސޭހަކުރުމަށް، ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-
1- تَوْضِيحْ + مُعَلِّمْ
2- حَرْفٌ بَعْدَ حَرْفٍ + مُعَلِّمْ
ކަލިމައިގެ ފެށުން ފަސޭހަކުރުން
- ކަލިމައިގެ ފެށުމަކީ، ކަލިމައިގެ ފުރަތަމަކޮޅުގެ އަކުރުތަކެވެ.
- ކަލިމައިގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، ކަލިމައިގެ ފުރަތަމަކޮޅުގެ އަކުރުތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް ކިޔުމެވެ.
- ކަލިމައިގެ ފެށުން ފަސޭހަކުރުމަށް، ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-
1- تَوْضِيحْ + مُعَلِّمْ
2- حَرْفٌ بَعْدَ حَرْفٍ + مُعَلِّمْ
އާޔަތުގެ ފެށުން ފަސޭހަކުރުން
- އާޔަތުގެ ފެށުމަކީ، އާޔަތުގެ ފުރަތަމަކޮޅުގެ ކަލިމަތަކެވެ.
- އާޔަތުގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، އާޔަތުގެ ފުރަތަމަކޮޅުގެ ކަލިމަތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް ކިޔުމެވެ.
- އާޔަތުގެ ފެށުން ފަސޭހަކުރުމަށް، ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-
1- كَلِمَةٌ بَعْدَ كَلِمَةٍ + مُعَلِّمْ
ސޫރަތުގެ ފެށުން ފަސޭހަކުރުން
- ސޫރަތުގެ ފެށުމަކީ، ސޫރަތުގެ ފުރަތަމަކޮޅުގެ އާޔަތްތަކެވެ.
- ސޫރަތުގެ ފެށުން ފަސޭހަކުރުމުގެ މާނައަކީ، ސޫރަތުގެ ފުރަތަމަކޮޅުގެ އާޔަތްތައް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭ ގޮތަށް ކިޔުމެވެ.
- ސޫރަތުގެ ފެށުން ފަސޭހަކުރުމަށް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-
1- آيـَـةٌ بَعْدَ آيَــةٍ + مُعَلِّمْ
ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2
