ކީރިތި ޤުރްއާން ކިޔެވުމުގައި ކުށް ކިޔުމުން ރައްކާތެރިވުން

2026-06-22

ކީރިތި ޤުރްއާން ކިޔެވުމުގައި ކުށް ކިޔުމުން ރައްކާތެރިވުން

- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކުށް ކިޔުމުން ރައްކާތެރިވުމުގެ ޙަޤީޤީ މާނައަކީ، ބަލައިގެން ކީރިތި ޤުރްއާން ކިޔެވުމުގައި، ކުށް ކިޔޭ ސަބަބުތައް ނައްތާލުމެވެ.

- އޭރުން ނުބަލައި ކިޔެވުމުގައި، ކިޔޭ ކުށްތަކުން ސަލާމަތް ވެވޭނެއެވެ.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި ކުށް ކިޔޭ މައިގަނޑު ސަބަބުތައް

1- އަކުރު ގުޅުވަން ނުފަރިތަވުން.

2- ކަލިމަ ގުޅުވަން ނުފަރިތަވުން.

3- ލޮލުގެ ޙަރަކާތަށް ވުރެ، ދުލުގެ ޙަރަކާތް އަވަސްކުރުން.

4- ދުލުގެ ޙަރަކާތް އަވަސްކުރުން.

5- އާޔަތް ނުވަތަ ސޫރަތް ކިޔުމަށް އިސްކަން ދިނުން.

6- ކަލިމައިގެ ޢިލްމު ނޭނގުން.

7- އުނދަގޫ ކަލިމަތަކާއި އުނދަގޫވެދާނެ ކަލިމަތައް ފާހަގަކުރަން ނޭނގުން.

8- އުނދަގޫ ޙާލަތްތައް ފާހަގަކުރަން ނޭނގުން.

9- ޙާލަތްތައް ޚާއްޞަކުރަން ނޭނގުން.

10- ދަސްކުރާ ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް ތަކުރާރު ނުކުރުން.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި ކުށް ކިޔޭ ސަބަބުތައް ނައްތާލުން

- ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި ކުށް ކިޔޭ ސަބަބުތައް ނައްތާލެވޭނީ، ބަލައިގެން ކިޔެވުމަށް އިސްކަން ދިނުމާއެކު، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ޚާއްޞަ މަރުޙަލާއެއް ފުރިހަމަކޮށްގެންނެވެ.

- އެގޮތުން، ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި، ކުށް ކިޔޭ ސަބަބުތައް ނައްތާލުމަށް،  ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާގައި، ތިރީގައިވާ ކަންކަން ފުރިހަމަ ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.

1- އާޔަތް ނުވަތަ ސޫރަތް ކިޔުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލާވާލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔުން.

ކިޔުމުގެ ތަމްރީނުތައް

1

تَوْضِيح 2 حَرْفٌ بَعْدَ حَرْفٍ 3 كَلِمَةٌ بَعْدَ كَلِمَةٍ

4

آيـَـةٌ بَعْدَ آيَــةٍ

5

سُورَةٌ بَعْدَ سُورَةٍ

6

مُعَلِّمٌ

7 كَيْفِيَّةُ ﭐلْبَيَان 8 مُقَابَلَة 9

إِقْتِدَاء

 

2- ދުލުގެ ޙަރަކާތާއި ލޮލުގެ ޙަރަކާތް ލަސްކޮށް، އެއްވަރުކުރުން.

3- ކަލިމައިގެ ޢިލްމު ދަސްކުރުން.

4- އުނދަގޫ ކަލިމަތަކާއި އުނދަގޫވެދާނެ ކަލިމަތައް ފާހަގަކޮށް ދަސްކޮށް ފަރިތަކޮށް އާދަކުރުން.

5- އުނދަގޫ ޙާލަތްތައް ފާހަގަކޮށް ދަސްކޮށް ފަރިތަކޮށް އާދަކުރުން.

6- ޙާލަތްތައް ޚާއްޞަކޮށް، ދަސްކޮށް ފަރިތަކޮށް އާދަކުރުން.

7- ދަސްކުރާ ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް ތަކުރާރުކުރުން.

- ކުށް ކިޔޭ ސަބަބުތައް ނައްތާލުމަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ޚާއްޞަ މަރުޙަލާއެއް ފުރިހަމަނުކޮށް، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދޭ މީހާއަށް، ކިޔޭ ކުށްތަކަކީ، ގަސްތުގައި ކިޔާ ކުށްތަކެއްގެ ގޮތުގައި ބެލެވިދާނެއެވެ.

- ސަބަބަކީ ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، އާޔަތްތަކާއި ސޫރަތްތައް ކިޔަން އިސްކަންދޭތީއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2

ކީރިތި ޤުރްއާން ކިޔެވުމުގައި ކުށް ކިޔުމުން ރައްކާތެރިވުން — bayaanalquran.com