ކީރިތި ޤުރްއާން އުނގަންނައި ދިނުމާއި ކީރިތި ޤުރްއާން ކިޔައިދިނުމުގެ ތަފާތުން މިންވަރެއް

2026-06-01

ކީރިތި ޤުރްއާން އުނގަންނައި ދިނުމާއި ކީރިތި ޤުރްއާން ކިޔައިދިނުމުގެ ތަފާތުން މިންވަރެއް

 

ކީރިތި ޤުރްއާން އުނގަންނައިދިނުން

 

މިއީ ޙަޤީޤީ  މާނާގައި، ކީރިތި ޤުރްއާން ކިޔަވައިދިނުމެވެ.

 

ކީރިތި ޤުރްއާން އުނގަންނައި ދިނުން ބިނާވެފައި ވަނީ، ދަރިވަރުންގެ ވިސްނުން ވަކި ގޮތަކަށް ތަރުތީބު ކުރެވޭ ގޮތަށް، މައިގަނޑު ތިން ޙަރަކާތެއް ޚާއްޞަ ކުރެވޭ ގޮތަށެވެ. އެއީ:-

 

1- ދުލާއި އަނގައިގެ ޙަރަކާތް

- މިއީ އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުން، ވާނުވާ އެނގޭ ގޮތަށް، އިޚްތިޔާރުން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން ޚާއްޞަކުރުމެވެ.

 

2- ލޮލުގެ ޙަރަކާތް

- މިއީ އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުން، ވާނުވާ އެނގޭ ގޮތަށް، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން ޚާއްޞަކުރުމެވެ.

 

3- އަތުގެ ޙަރަކާތް

- މިއީ އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުން، ވާނުވާ އެނގޭ ގޮތަށް، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން ޚާއްޞަކުރުމެވެ.

 

 

 

 

ކީރިތި ޤުރްއާން ކިޔައިދިނުން

 

ކީރިތި ޤުރްއާން ކިޔައިދިނުން ބިނާވެފައިވަނީ، ހަމައެކަނި އެންމެ ޙަރަކާތެއްގެ މައްޗަށެވެ. އެއީ ދުލާއި އަނގައިގެ ޙަރަކާތެވެ. އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ވާނުވާ އެނގޭ ގޮތަށް، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން ޚާއްޞަކުރުމެއް ނެތި، އަޑު ދަށުން ކީރިތި ޤުރްއާން ކިޔަންޖެހޭ ގޮތަށް، ޤުރްއާން ކިޔައިދިނުމަކީ، ހަމައެކަނި ކީރިތި ޤުރްއާން ކިޔައިދިނުމެވެ. އެއީ ކީރިތި ޤުރްއާން އުނގަންނައިދިނުމެއް ނޫނެވެ. އެގޮތަށް ކީރިތި ޤުރްއާން ކިޔަން ދަސްކުރުމަކީ، ވަޤުތީ ދަސްކުރުމެކެވެ. އެގޮތަށް ކީރިތި ޤުރްއާން ކިޔުމުގެ ސަބަބުން، ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުން، ކީރިތި ޤުރްއާނާ މުނާސަބުވާ ގޮތަށް، ކީރިތި ޤުރްއާނާ މުނާސަބު މިންވަރަށް، އަދި ކީރިތި ޤުރްއާނާ މުނާސަބު ތަރުތީބުން، ދަރިވަރުންގެ ވިސްނުން، ތަރައްޤީކޮށް ބިނާ ނުކުރެވޭނެއެވެ.

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކީރިތި ޤުރްއާނާ މުނާސަބުވާ ގޮތަކީ،  ދަސްކުރާ ކޮންމެ ފިލާވަޅެއްވެސް، ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ.

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކީރިތި ޤުރްއާނާ މުނާސަބު މިންވަރަކީ، ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުން، ވާނުވާ އެނގޭ މިންވަރަށް، ދަސްކުރާ ކޮންމެ ފިލާވަޅެއްވެސް، ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް، ކީރިތި ޤުރްއާން  އުނގެނި ދަސްކުރުމެވެ.

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކީރިތި ޤުރްއާނާ މުނާސަބު ތަރުތީބަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބެވެ.  ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބަކީ:-

  • އަކުރުން އަކުރަށް
  • ކަލިމައިން ކަލިމައަށް
  • ސޫރަތުން ސޫރަތަށް
  • އާޔަތުން އާޔަތަށް، މި ތަރުތީބެވެ.
  • މި ތަރުތީބުން ކިޔަވާނީ އަވަސް ތަކުރާރުވުމެއް އަންނަ ގޮތަށެވެ.

 

ހަމައެކަނި މީހަކާ އެއްކޮށް ކިޔުމާއި ނަމޫނާ ކިޔުން އަޑު އެހުމަށްފަހު ކިޔުން ފަދަ ކަންކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ޞިފަތައް އުނިވެގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމާއި ކިޔެވުމުގައި، އަދި އުނގަންނައި ދިނުމުގައި، ޚާއްޞަކުރެވޭ ޤުރްއާން ކިޔެވުމުގެ ވިސްނުމާއި ފިކުރު، ދަރިވަރުންނަށް ޙާޞިލް ނުވާނެއެވެ. އެކަމުގެ ސަބަބުން، ދަރިވަރުންނަށް ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމު ޙާޞިލްވުމަށް ހުރަސް އެޅިގެންދާނެއެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަމުގައި، ގިނަ މީހުން، ކީރިތި ޤުރްއާން ކިޔުން އިޚްތިޔާރު ކުރަނީ ކީއްވެ؟

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަމުގައި، ގިނަ މީހުން، ކީރިތި ޤުރްއާން ކިޔުން އިޚްތިޔާރު ކުރާ އެންމެ ބޮޑު ސަބަބަކީ، ކަން ފަސޭހަކުރުމެވެ. ސަބަބަކީ، ހަމައެކަނި ދުލާއި އަނގައިގެ ޙަރަކާތުން، ކިޔާ ކިޔުމެއް ނަކަލު ކުރުރެވޭ ގޮތަށް، ހަމައެކަނި ކިޔުމަކީ، ވަކި ގޮތަކަށް ވަކި ތަރުތީބަކުން ކިޔަވަން ދަސްކުރުމަށްވުރެ، ފަސޭހަ ކަމަކަށް ވާތީއެވެ.

 

އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމުގައި، މާބޮޑު މާގިނަ ޒިންމާތަކެއް ނަގާކަށް ނުޖެހޭނެއެވެ. އަދި އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަމުގައި، ހަމައެކަނި ކީރިތި ޤުރްއާން ކިޔާ މީހުންގެ ކިބާގައި، ޢިލްމީ ފެންވަރު ދަށް ވެގެންދާނެއެވެ. އެގޮތަށް ތަމްރީނުކުރާ ޤުރްއާން މުދައްރިސުންގެ ކިބާގައިވެސް، ޢަމަލީ ގޮތުންނާއި ޢިލްމީ ގޮތުން، އެކަށީގެންވާ ފެންވަރު ނުހުންނަ ސަބަބަކީ ވެސް އެއީއެވެ.  އެހެންވީމަ އެގޮތަށް ތަމްރީނުކުރާ ދަރިވަރުންގެ ކިބާގައި، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފެންވަރެއް ނުހުންނާނެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

ކީރިތި ޤުރްއާން އުނގަންނައި ދިނުމާއި ކީރިތި ޤުރްއާން ކިޔައިދިނުމުގެ ތަފާތުން މިންވަރެއް — bayaanalquran.com