ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާއެކު ރަނގަޅުކުރަންޖެހޭ ކަންތައްތައް

2026-02-03

ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާއެކު ރަނގަޅުކުރަންޖެހޭ ކަންތައްތައް

 

1- މުދައްރިސުން އެކަމަށް ތައްޔާރުކުރުން.

-   ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހަދާއިރު، މުދައްރިސުން އެކަމަށް ތައްޔާރުކުރުމަށް، ކުރަންޖެހޭ މައިގަނޑު ކަންކަމަކީ:-

ހ. ކިޔަވައި ދިނުން އެއްގޮތް ކުރުމަށް، މުދައްރިސުންނަށް ޚާއްޞަކޮށްގެން ޕްރޮގްރާމުތަކެއް ހިންގުން.

ށ. މުދައްރިސުންނަކީ، ކީރިތި ޤުރްއާނާއި ތަޖުވީދު ޢިލްމަށް، ފަރިތަބަޔަކަށް ހެދުމަށް، ޚާއްޞަ ޕްރޮގްރާމުތަކެއް ހިންގުން.

ނ. މުދައްރިސުންނަކީ، ކީރިތި ޤުރްއާނާއި ތަޖުވީދު ޢިލްމު ފޯރުކޮށްދިނުމަށް، ފަރިތަބަޔަކަށް ހެދުމަށް، ޚާއްޞަ ޕްރޮގްރާމުތަކެއް ހިންގުން.

 

2- ދަރިވަރުން ތައްޔާރުކުރުން.

-  ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހަދާއިރު، ދަރިވަރުން އެކަމަށް ތައްޔާރުކުރުމަށް، ކުރަންޖެހޭ އެންމެ މުހިންމު ކަންކަމަކީ:-

ހ. ވަކި ތަރުތީބަކުން ވަކި ގޮތަކަށް، ކީރިތި ޤުރްއާން ކިޔަވައިދިނުމަށް، ދަރިވަރުން ތައްޔާރުކުރުން.

ށ. ތަކުރާރުކޮށް ގިނައިން ކިޔޭ ގޮތަށް، އުނގަންނައިދިނުމުގެ ތެރެއިން، ޚާއްޞަ ތަރުތީބަކަށް، ދަރިވަރުން އަހުލުވެރިކުރުން.

 

3- ކިޔަވައިދޭ މާޙައުލު ތައްޔާރުކުރުން.

-  ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހަދާއިރު، ސްކޫލް މާޙައުލު އެކަމަށް ތައްޔާރުކުރުމަށް، ކުރަންޖެހޭ އެންމެ މުހިންމު ކަންކަމަކީ:-

ހ. ޤުރްއާން ގަޑިތައް އިތުރުކުރުން.

ށ. ޤުރްއާން މުދައްރިސުން އިތުރުކުރުން.

ނ. ސްކޫލްތަކުގެ މާޙައުލު، ކީރިތި ޤުރްއާނަށްޓަކައި، ހަމަހިމޭން މާޙައުލަކަށް ހެދުން.

 

4- ފިލާވަޅުތައް ތައްޔާރުކުރުން.

-  ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހަދާއިރު، އެކަމަށް ޚާއްޞަކޮށްގެން، ފިލާވަޅުތައް ތައްޔާރުކުރުމަށް، ކުރަންޖެހޭ އެންމެ މުހިންމު ކަންކަމަކީ:-

ހ. އެކި ތަންތަނުން ހޯދާ ފިލާވަޅުތަކުން ނުވަތަ ކޯސްތަކުގައި ކިޔަވައިދޭ ފިލާވަޅުތަކުން ކިޔަވައިދިނުން ހުއްޓާލުން.

ށ. ފިލާވަޅުތައް ފޯރުކޮށްދިނުމަށް ޚާއްޞަ ތަރުތީބެއް ކަނޑައެޅުން.

ނ. ހަރުދަނާ ގޮތަކަށް، ހަރުދަނާ ތަރުތީބަކުން، ފިލާވަޅުތައް ދަރަޖަކުރުން.

ރ. ކޮންމެ ގްރޭޑެއްގައިވެސް، ތަޖުވީދުގެ މުހިންމު ހުރިހާ ފިލާވަޅުތަކެއް، ދަރަޖަ ތަފާތުކޮށްގެން ކިޔަވައިދެވޭ ގޮތަށް، ފިލާވަޅުތައް ދަރަޖަކުރުން.

 

5- ފިލާވަޅުތައް ދަސްކުރާނެ ގޮތާއި ތަރުތީބެއް ޚާއްޞަކުރުން.

-  ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހަދާއިރު، އެކަމަށް ޚާއްޞަކޮށްގެން، ފިލާވަޅުތައް ދަސްކުރާނެ ގޮތާއި ތަރުތީބެއް ޚާއްޞަކުރުމުގައި ކުރަންޖެހޭ އެންމެ މުހިންމު ކަންކަމަކީ:-

ހ. ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅު ދަސްކުރާނެ ގޮތާއި ތަރުތީބެއް ޚާއްޞަކުރުން.

ށ. ނުބަލައި ކިޔަވަން ދަސްކުރާ ފިލާވަޅު ދަސްކުރާނެ ގޮތާއި ތަރުތީބެއް ޚާއްޞަކުރުން.

ނ. ތަޖުވީދު ފިލާވަޅުތައް ދަސްކުރާނެ ގޮތާއި ތަރުތީބެއް ޚާއްޞަކުރުން.

 

- ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމުގެ ކުރިން، މި ކަންކަން އިޞްލާޙު ނުކުރާނަމަ، ވަރަށް ގިނަ ދަރިވަރުން ފާސްނުވުމަކީ، އެކަށިގެންވާ ކަމެކެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ