ތަޖުވީދު ޢިލްމު އުނގެނި ދަސްކުރުމުގައި، ކުރު ސުވާލާއި ކުރު ޖަވާބުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތައް

2026-01-28

ތަޖުވީދު ޢިލްމު އުނގެނި ދަސްކުރުމުގައި، ކުރު ސުވާލާއި ކުރު ޖަވާބުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތައް

 

1- ހުރިހާ ޢުމުރަކާ ގުޅޭ ގޮތަށް، ތަޖުވީދު ޢިލްމުގެ ބޭސިކް މިންގަނޑެއް ކަނޑައަޅަން ފަސޭހަވުން.

2- ކިޔަވައިދިނުމުގެ ތެރެއިން، އަންނަ އިޞްލާޙުކުރުން ތަކުގައި، މާގިނަ މަޢުލޫމާތުތައް ދޭން ނުޖެހޭ ގޮތަށް، އުނގަންނައިދޭން ފަސޭހަވުން.

3- ދިގު ޖުމުލަތައް ދަސްކުރަން ނުޖެހި، އަމިއްލަ ޢިބާރާތުން ޖަވާބު ދިނުމަށް ފަސޭހަވުން.

4- ޖަވާބުގެ ތެރެއިން ސުވާލުނެރެން ފަސޭހަވުމާއެކު، ވަކި ތަރުތީބަކުން ދަރިވަރުންނަށް، ފިލާވަޅު ފަހުމުކޮށްދޭން ފަސޭހަވުން.

5- ހަނދާނުގައި ހަރުލައްވަން ފަސޭހަވުން.

6- ކުރު ސުވާލާއި ކުރު ޖަވާބުން، ތަޖުވީދުގެ ބޮޑެތި ފިލާވަޅުތަކަށް ދިއުމުން، ތަޖުވީދުގެ ބޮޑެތި ފިލާވަޅުތައް ދަސްކުރަން ފަސޭހަވުން.

7- ތަޖުވީދު ޢިލްމު ނޭނގޭ އެއްވެސް މީހަކު ނުހުންނަ މިންވަރަށް، އެ ޢިލްމު ފަތުރަން ފަސޭހަވުން.

ލިޔުނީ:- ޝުޢައިބު ޢަލީ

ތަޖުވީދު ޢިލްމު އުނގެނި ދަސްކުރުމުގައި، ކުރު ސުވާލާއި ކުރު ޖަވާބުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތައް — bayaanalquran.com