ޤުރްއާން އުނގަންނައިދިނުން ތަފާތުކުރަން ޖެހެއެވެ.

2026-01-04

ޤުރްއާން އުނގަންނައިދިނުން ތަފާތުކުރަން ޖެހެއެވެ.

މުދައްރިސުންނާއި ދަރިވަރުން، އަދި ބެލެނިވެރިންނާއި ސަރުކާރުން ވެސް، މިކަން ބަދަލުކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.

ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހޭނީ އަޅުކަމެއްގެ ގޮތުގައި ކިޔަވާ ތަރުތީބަކުން ނޫނެވެ. އުނގެނޭ މަރުޙަލާއަކީ މުޅިން ތަފާތު މަރުޙަލާއެކެވެ. ގުރޭޑް 1 ން 12 އަށް ޚާއްޞަކުރަންވީ މިމަރުޙަލާއެވެ.  ތެދެކެވެ. މުދައްރިސުން ތަމްރީނުކުރާއިރު، ތަފާތު ތިއަރީތައް ކިޔަވައިދެއެވެ. ނަމަވެސް އެފަދަ ތިއަރީތައް، ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި، އެޕްލައި ނުކުރެއެވެ. ޤުރްއާން ވީމަ  ދެވެނީ، ވަރަށް އާދައިގެ ވަރަށް ދަށު ދަރަޖައެކެވެ. އުނގެނޭ މަރުޙަލާގައި، އެއްބަޔަކު ޚަތިމު ކުރަނީއެވެ. އަނެއް ބަޔަކު މުބާރާތަށް ފަރިތަކުރަނީއެވެ. އުނގެނުމަށް ޚާއްޞައެއް ނުވެއެވެ. ނުވަތަ އުނގެނުން ޚާއްޞައެއް ނުކުރެއެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ