ޢިލްމު އުނގެނި ދަސްކުރާ މީހާ، ރޯފިލުވައިދޭ އަލިފާނަކީ، ފޯރުކޮށްދެވޭ މަޢުލޫމާތުތަކެވެ.

2025-12-30

ފޮންޓް ސައިޒް

ޢިލްމު އުނގެނި ދަސްކުރާ މީހާ، ރޯފިލުވައިދޭ އަލިފާނަކީ، ފޯރުކޮށްދެވޭ މަޢުލޫމާތުތަކެވެ.

އުނގެނި ދަސްކުރުމުގައި، މަޢުލޫމާތުތައް އަޑު އަހަން ބޭނުން ނުވާ މީހާ، ދުވަހަކު ވެސް ރޯނުފިލާނެއެވެ. ކީރިތި ޤުރްއާނުގެ ދާއިރާއިން މިފެންނަނީ، އެފަދަ ކަންކަމެވެ. ޤުރްއާން މުދައްރިސުންނާއި، ޤުރްއާން އުނގެނި ދަސްކުރާ އެނޫން މީހުންވެސް، ރޯނުފިލާ އެންމެ ބޮޑު ސަބަބަކީ، ޤުރްއާނާ ގުޅޭ ކޯސްތަކުގައި، ހިމަނަންޖެހޭ މަޢުލޫމާތުތައް ނުހިމެނުމެވެ. އަދި އެފަދަ ކޯސްތައް ހަދާ ދަރިވަރުން، އެފަދަ މަޢުލޫމާތުތައް އަޑުއަހައި، އެއާމެދު ވިސްނަން ބޭނުން ނުވުމެވެ.

ބޮޑެތި މީހުންގެ ތެރެއިންވެސް، ކުޑައިރު ތިމާއަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްވެފައި ހުރީ، މުޅިން ނުބައިކޮށް ކަން އެނގޭ މީހުންވެސް، މަސައްކަތް ކުރަނީ، އަވަހަށް ޤުރްއާން ކިޔަވާށެވެ. އަވަހަށް ޚަތިމުކުރާށެވެ. ކޮންމެ ދުވަހަކުވެސް، ޖެހިގެން އޮންނަ ޤުރްއާން ފިލާވަޅު ދަސްކުރާށެވެ. ގުޅޭ މަޢުލޫމާތުތައް އަޑު އަހައި، އެއާމެދު ފުންކޮށް ވިސްނުމަކީ، އެފަދަ މީހުންނަށް ފަސޭހަ ކަމަކަށް ނުވެއެވެ.

ކުޑައިރު ތިމާއަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްވެފައި ހުރީ، މުޅިން ނުބައިކޮށް ކަން އެނގޭ އިރުވެސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފުރަތަމަ ތިން މަރުޙަލާގެ ބައިތައް، ދަސްކޮށް ފަރިތަކޮށް އާދަކުރުންވެސް، އެފަދަ މީހުންނަށް ވަނީ، ވަރަށް ދަށް ކަމަކަށެވެ.

އެ ފެންވަރުގެ މީހުން، ޢިލްމު ޙާޞިލްކުރުމުގައި، އިޚްލާޞްތެރިކަމޭ ނުކިޔާށެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ

ޢިލްމު އުނގެނި ދަސްކުރާ މީހާ، ރޯފިލުވައިދޭ އަލިފާނަކީ، ފޯރުކޮށްދެވޭ މަޢުލޫމާތުތަކެވެ. — bayaanalquran.com