ކީރިތި ޤުރްއާން ކިޔެވުމުގައި، ޢަރަބި ފަސޭހަކަމާއި ދިވެހި ފަސޭހަކަން

2026-10-18

ފޮންޓް ސައިޒް

- ޢަރަބި
ފަސޭހަކަމަކީ:- ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި، ޠަބީޢީ ގޮތުން ޢަރަބީންނަށް، އާދަވެފައިވާ
ފަސޭހަކަމެވެ.

- ޢަރަބީންގެ
ތެރޭގައިވެސް، އެ މިންވަރަށް ކީރިތި ޤުރްއާން ކިޔެވުމުގައި ފަސޭހަ ނުކުރެއެވެ.

- ދިވެހި
ފަސޭހަކަމަކީ:- ދިވެހި ބަހުން ވާހަކަ ދެއްކުމުގައި، ޠަބީޢީ ގޮތުން ދިވެހީންނަށް، އާދަވެފައިވާ
ފަސޭހަކަމެވެ.

- ކީރިތި
ޤުރްއާން ކިޔެވުމުގައި، ޠަބީޢީ ގޮތުން ދިވެހީންނަށް، އާދަވެފައިވާ މިންވަރަށް
ފަސޭހަކުރުމަކީ، ރަނގަޅު ގޮތެއް ނޫނެވެ.

-
ސަބަބަކީ، އެކަމުގެ ސަބަބުން ޤުރްއާން ކިޔެވުމުގައި، ހުއްދަ ނޫން އެތައް ކަމަކަށް
މަގުފަހި ވާތީއެވެ.

-
ދިވެހި ފަސޭހަކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމުގައި، އެމީހަކާ
އެކަށީގެންވާ ޞައްޙަ ސްޕީޑު އިޚްތިޔާރުކުރަން އުނދަގޫވާނެއެވެ.

-
އެކަމުގެ ސަބަބުން، ޤުރްއާން ކިޔެވުމުގައި ކިޔޭ ކުށްތައް ގިނަވުމާއެކު، އެފަދަ ކުށްތައް
އިޞްލާޙުކުރުމަށް އުނދަގޫވާނެއެވެ.

ޤުރްއާން ކިޔެވުމުގައި، ދިވެހި ފަސޭހަކަން ޚާއްޞަކުރުމުން،
ދިމާވާނެ މައިގަނޑު މައްސަލަތައް

1- ޢަރަބި އަކުރުތަކުގެ އަޑު އުފައްދަން އުނދަގޫވުން.

- ދިވެހި
ފަސޭހަކަން ޚާއްޞަކުރެވޭނަމަ، މަޚްރަޖާއި ޞިފަތައް ދަސްކުރިކަމުގައި ވިޔަސް، ޢަރަބި
ބައެއް އަކުރުތަކުގެ އަޑު އުފައްދަން ދަތިވާނެއެވެ.

-
ސަބަބަކީ ދިވެހި ފަސޭހަކަމުގެ ސަބަބުން، ބައެއް އަކުރުތަކުގެ އަޑު އުފެއްދުމަށް، އެކަށީގެންވާ
މިންވަރަށް، ވަޤުތު ނުލިބޭތީއެވެ.

2- ޢަރަބި ވަޒަންތައް އަދާކުރަން އުނދަގޫވުން.

- ދިވެހި
ފަސޭހަކަން ޚާއްޞަކުރެވޭނަމަ، ޢަރަބި ފިލިތައް ދަސްކުރިކަމުގައި ވިޔަސް، ޢަރަބި
ބައެއް ވަޒަންތައް ޢަރަބި ވަންތަގޮތަށް ފުރިހަމަކުރަން ދަތިވާނެއެވެ.

-
ސަބަބަކީ ދިވެހި ފަސޭހަކަމުގެ ސަބަބުން، ޢަރަބި ބައެއް ވަޒަންތައް އުފެއްދުމަށާއި ޢަރަބި
ވަޒަންތައް ފުރިހަމަ ކުރުމުގައި، ޢަރަބި ވައްޓަފާޅި ގެނައުމަށް އުނދަގޫވާނެތީއެވެ.

3- އަކުރުން އަކުރަށް، ކަލިމަތައް ބިނާކުރަން
އުނދަގޫވުން.

- ދިވެހި
ފަސޭހަކަން ޚާއްޞަކުރެވޭނަމަ، ކަލިމަތައް ބިނާކުރުމުގައި، އަކުރުތަކުގެ ތަރުތީބުގެ
ސަބަބުން، ކުރިމަތިވާ ދަތިކަންކަން ޙައްލުކުރަން އުނދަގޫވާނެއެވެ.

-
ސަބަބަކީ ދިވެހި ފަސޭހަކަމުގެ ސަބަބުން، އެއް އަކުރުގެ އަޑުން އަނެއް އަކުރުގެ
އަޑަށް ވާޞިލްވުމުގައި، އެކި ޙާލަތްތަކުގައި ތަފާތުކުރަންޖެހޭ ކަންކަމާއި މިންވަރު،
ރަނގަޅަށް ދަސްނުކުރެވޭނެތީއެވެ.

4- ކަލިމައިން ކަލިމައަށް، އާޔަތްތައް ބިނާކުރަން
އުނދަގޫވުން.

- ދިވެހި
ފަސޭހަކަން ޚާއްޞަކުރެވޭނަމަ، އާޔަތްތައް ބިނާކުރުމުގައި، ކަލިމަތަކުގެ ތަރުތީބުގެ
ސަބަބުން، ކުރިމަތިވާ ދަތިކަންކަން ޙައްލުކުރަން އުނދަގޫވާނެއެވެ.

-
ސަބަބަކީ ދިވެހި ފަސޭހަކަމުގެ ސަބަބުން، އެއް ކަލިމައިން އަނެއް ކަލިމައަށް
ވާޞިލްވުމުގައި، އެކި ޙާލަތްތަކުގައި ތަފާތުކުރަންޖެހޭ ކަންކަމާއި މިންވަރު،
ރަނގަޅަށް ދަސްނުކުރެވޭނެތީއެވެ.

5- އެއް ގޮތެއްގައި ސާބިތުވުމަށް އުނދަގޫވުން.

- ދިވެހި
ފަސޭހަކަން ޚާއްޞަކުރެވޭނަމަ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަސްކުރިޔަސް،
އެގޮތުގައި ސާބިތުވުމަށް އުނދަގޫވާނެއެވެ.

6- ޢަރަބި ވައްޓަފާޅި ޚާއްޞަކުރަން
އުނދަގޫވުން.

- ދިވެހި
ފަސޭހަކަން ޚާއްޞަކުރެވޭނަމަ، ކީރިތި ޤުރްއާން ކިޔެވޭނީ ދިވެހި ވައްޓަފާޅިއަށެވެ.

-
އެކަމުގެ ސަބަބުން، ޢަރަބި ވައްޓަފާޅިއަށް ޤުރްއާން ކިޔަވަން ދަތިވުމާއެކު،
ކިޔެވުމުގައި އެކުލެވެންޖެހޭ ރީތި ޞިފަތައް އުފައްދަން ދަތިވާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގައި، ދިވެހި
ފަސޭހަކަމާއި ޙަޤީޤީ ފަރިތަކަން

- ކީރިތި
ޤުރްއާން ކިޔެވުމުގައި، ދިވެހި ފަސޭހަކަމަކީ، ޙަޤީޤީ މާނާގައި ކީރިތި ޤުރްއާނަށް
ފަރިތަވުމެއް ނޫނެވެ.

-
ކީރިތި ޤުރްއާނަށް ފަރިތަވުމުގެ މާނައަކީ، އުނދަގޫ ކަމެއް ނެތި، ތަޖުވީދުގެ ޤަޥާޢިދުތަކާ
އެއްގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ފަސޭހަވުމެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ / ތަޖުވީދުގެ ފެށުން 

ކީރިތި ޤުރްއާން ކިޔެވުމުގައި، ޢަރަބި ފަސޭހަކަމާއި ދިވެހި ފަސޭހަކަން — bayaanalquran.com