ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ބިނާކުރުން
2026-09-08
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ބިނާކުރުން
- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އާޔަތްތަކާއި ސޫރަތްތައް
ކިޔަން ފެށުމުގެ ކުރިން، ބިނާކުރަން ދަސްކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.
- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ބިނާކުރުމަކީ،
ޓެކްނިކަލީ ގޮތުން، ކިޔުމުގެ ތަރުތީބާއި އަޞްލާ އެއްގޮތަށް، ބިނާކުރަމުން
ކިޔެވުމެވެ.
- ކިޔުމުގެ ތަރުތީބާއި އަޞްލާ އެއްގޮތަށް، ބިނާކުރަމުން
ކިޔުމަކީ، ކަނާތުން ވާތަށް، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް އަދި
އާޔަތުން އާޔަތަށް ސޫރަތުން ސޫރަތަށް، އަވަސް ތަކުރާރުވުމަކުން، ފެށުންތައް
ތަކުރާރުކުރެވޭ ގޮތަށް ކިޔުމެވެ.
- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ކިޔުމަކީ، ބިނާކޮށްގެން
ކިޔުމެވެ.
- މާނައަކީ ކިޔުމުގެ ތަރުތީބާއި އަޞްލާ އެއްގޮތަށް،
ބިނާކުރަމުން ކިޔުމެއް ނެތި، އަކުރާއި ކަލިމަ އަދި އާޔަތްތަކާއި ސޫރަތްތައް
އެއްކޮށް ކިޔުމެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ބިނާކުރުމާއި
ކިޔުން ބިނާވެފައިވަނީ، ހަތަރު ބައެއްގެ މައްޗަށެވެ.
1- އަކުރު ބިނާކުރުމާއި ކިޔުން.
- މިއީ ކިޔުމުންނާއި ލިޔުމުން އަކުރު ބިނާކުރަން ދަސްކޮށް
ފަރިތަކޮށް އާދަކުރުމަށްފަހު ކިޔުމެވެ.
- އެހެންވީމަ އަކުރު ދަސްކުރުމުގައި، ދެ މަރުޙަލާއެއް ލާޒިމުކުރެއެވެ.
ހ. އަކުރު ބިނާކުރަން ދަސްކުރުން:- މިއީ އަކުރުގެ އަޑު އުފައްދަން
ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.
ށ. އަކުރު ކިޔަން ދަސްކުރުން :- މިއީ އެކި ޙާލަތްތަކާ ގުޅޭ
ގޮތަށް އަކުރު ކިޔަން ދަސްކުރުމެވެ.
2- ކަލިމަ ބިނާކުރުމާއި ކިޔުން.
- މިއީ ކިޔުމުންނާއި ލިޔުމުން ކަލިމަ ބިނާކުރަން ދަސްކޮށް
ފަރިތަކޮށް އާދަކުރުމަށްފަހު ކިޔުމެވެ.
- އެހެންވީމަ ކަލިމަ ދަސްކުރުމުގައި، ދެ މަރުޙަލާއެއް ލާޒިމުކުރެއެވެ.
ހ. ކަލިމަ ބިނާކުރަން ދަސްކުރުން:- މިއީ ކަލިމައިގެ ފެށުން ތަކުރާރު ކުރެވޭ
ގޮތަށް، ފަހަރަކު އަކުރެއް އިތުރުކުރަމުން ކިޔުމެވެ.
ށ. ކަލިމަ ކިޔަން ދަސްކުރުން:- މިއީ ކަލިމައިގެ ފެށުން ތަކުރާރު
ނުކުރެވޭ ގޮތަށް، ކަލިމަ އެއްކޮށް ކިޔުމެވެ.
3- އާޔަތް ބިނާކުރުމާއި ކިޔުން.
- މިއީ ކިޔުމުންނާއި ލިޔުމުން އާޔަތް ބިނާކުރަން ދަސްކޮށް
ފަރިތަކޮށް އާދަކުރުމަށްފަހު ކިޔުމެވެ.
- އެހެންވީމަ އާޔަތް ދަސްކުރުމުގައި، ދެ މަރުޙަލާއެއް ލާޒިމުކުރެއެވެ.
ހ. އާޔަތް ބިނާކުރަން ދަސްކުރުން:- މިއީ އާޔަތުގެ ފެށުން ތަކުރާރު ކުރެވޭ
ގޮތަށް، ފަހަރަކު ކަލިމައެއް އިތުރުކުރަމުން ކިޔުމެވެ.
ށ. އާޔަތް ކިޔަން ދަސްކުރުން:- މިއީ އާޔަތުގެ ފެށުން ތަކުރާރު
ނުކުރެވޭ ގޮތަށް، އާޔަތް އެއްކޮށް ކިޔުމެވެ.
4- ސޫރަތް ބިނާކުރުމާއި ކިޔުން.
- މިއީ ކިޔުމުންނާއި ލިޔުމުން ސޫރަތް ބިނާކުރަން ދަސްކޮށް
ފަރިތަކޮށް އާދަކުރުމަށްފަހު ކިޔުމެވެ.
- އެހެންވީމަ ސޫރަތް ދަސްކުރުމުގައި، ދެ މަރުޙަލާއެއް ލާޒިމުކުރެއެވެ.
ހ. ސޫރަތް ބިނާކުރަން ދަސްކުރުން:- މިއީ ސޫރަތުގެ ފެށުން ތަކުރާރު ކުރެވޭ
ގޮތަށް، ފަހަރަކު އާޔަތެއް އިތުރުކުރަމުން ކިޔުމެވެ.
ށ. ސޫރަތް ކިޔަން ދަސްކުރުން:- މިއީ ސޫރަތުގެ ފެށުން ތަކުރާރު
ނުކުރެވޭ ގޮތަށް، ސޫރަތް އެއްކޮށް ކިޔުމެވެ.
- ކީރިތި ޤުރްއާން ކިޔެވުމުގެ މާނައަކީ، ބިނާކުރަން
ދަސްކޮށް ފަރިތަކޮށް އާދަކުރުމަށްފަހު އާޔަތްތަކާއި ސޫރަތްތައް ކިޔުމެވެ.
- އޭރުން ވާނުވާ އެނގޭ ގޮތަށް، ބަލައިގެން އަދި ނުބަލައި،
އިޚްތިޔާރުން ޤުރްއާން ކިޔަވަން އެނގޭނެއެވެ.
- ނަމަވެސް، ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެއް
ނެތި، އާޔަތްތަކާއި ސޫރަތްތައް ކިޔާނަމަ އެއީ ވާނުވާ ނޭނގި ހަމައެކަނި ކިޔުމެވެ.
- އެގޮތަށް އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް، ޙަޤީޤީ
މާނާގައި ކިޔެވުމުގެ ދަރަޖައެއް ނުދެވޭނެއެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ބިނާކުރަން
ދަސްކުރުމަށް، ޚާއްޞަ ކިޔުމުގެ ތަމްރީނުތައް
1 - تَوْضِيحْ
2 - حَرْفٌ بَعْدَ حَرْفٍ
3 - كَلِمَةٌ بَعْدَ كَلِمَةٍ
4 - آيـَـةٌ بَعْدَ آيَــةٍ
5 - سُورَةٌ بَعْدَ سُورَةٍ
6 - مُعَلِّمْ
ލިޔުނީ:- ޝުޢައިބު ޢަލީ / ފަސޭހަ މުޤައްރަރު
