އުނގެނޭ މަރުޙަލާ އާއި އެނޫން މަރުޙަލާތަކުގައި، ޤުރްއާން މުބާރާތް ބާއްވާ ގޮތް ތަފާތުކުރަންޖެހޭ ސަބަބުތައް

2026-09-06

ފޮންޓް ސައިޒް

އުނގެނޭ މަރުޙަލާ އާއި އެނޫން މަރުޙަލާތަކުގައި، ޤުރްއާން މުބާރާތް ބާއްވާ ގޮތް ތަފާތުކުރަންޖެހޭ ސަބަބުތައް

   1- އުނގެނޭ މަރުޙަލާއަށް ޚާއްޞަކޮށްގެން ޤުރްއާން މުބާރާތް ބޭއްވުން.

- މިފަދަ މުބާރާތްތަކުގައި ޢާންމުކޮށް އިސްކަންދޭނީ، އުނގަންނައިދެވޭ ބައިތައް ފަހުމުވެފައިވާ މިންވަރު ދެނެގަތުމަށެވެ. ނުވަތަ ޙާޞިލްވެފައިވާ މިންވަރު ދެނެގަތުމަށެވެ. އަދި އިތުރު ހިތްވަރަކާއެކު، އުނގެނުމަށް ހިތްވަރު ދިނުމަށެވެ. 
 2- އުނގެނުމަށްފަހު އަންނަ މަރުޙަލާތަކަށް ޚާއްޞަކޮށްގެން ޤުރްއާން މުބާރާތް ބޭއްވުން.

- މިފަދަ މުބާރާތްތަކުގައި ޢާންމުކޮށް އިސްކަންދޭނީ، ހަމައެކަނި ކިޔެވުން ވަޒަންކުރުމަށެވެ.   

މަތީގައިވާ ދެ މަރުޙަލާގައި، މުބާރާތް ބާއްވާ ގޮތް ތަފާތުކުރަންޖެހޭ ބައެއް ސަބަބުތައް

 

1- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، އުނގެނުމުގެ ތަރުތީބު އޮޅޭނެތީއެވެ.  2- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، އުނގެނުމުގެ ރޫޙު ނެތިގެންދާތީއެވެ. 
 3- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމައެކަނި މުޤައްރަރު ނުބަލައި ކިޔަން އިސްކަން ދިނުމުގެ ސަބަބުން، ބަލައިގެން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނެތީއެވެ. 
 4- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމައެކަނި މުޤައްރަރު ނުބަލައި ކިޔަން އިސްކަން ދިނުމުގެ ސަބަބުން، ކީރިތި ޤުރްއާން ނުބައިކޮށް ކިޔަވަން މަގުފަހިވުމާއެކު ނުބައިކޮށް ހިތު ދަސްވާނެތީއެވެ.

- މިޘާލަކަށް:- ބައެއް ފަހަރު ޤުރްއާން މުބާރާތްތަކުގައި، ނުބަލައި ކިޔަވަން ދަސްކުރާ ދަރިވަރުން، ބަލައިގެން ކިޔަވަން އިސްކަން ނުދިނުމުގެ ސަބަބުން، އިތުރަށް ޣުންނަކުރަންޖެހޭ ހުރިހާ ޙާލަތެއްގައި ދެ ތުންފަތް ޖެއްސުން ފަދަ ކަންކަން ދިމާވެއެވެ. މިއީ އުނގެނޭ މަރުޙަލާއަށް އިސްކަން ނުދީ، ހަމައެކަނި މުބާރާތަށް ތައްޔާރުވުމަށް، ބަލައިގެން ކިޔަވަން ދަސްކުރުމެއް ނެތި، ނުބަލައި ކިޔަވަން ދަސްކުރާތީ ދިމާވާ މައްސަލައެކެވެ.
 5- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، އުނގެނުމަށް ވުރެ ކިޔެވުމަށް އިސްކަން ދެވޭނެތީއެވެ. 
 6- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، ދަރިވަރުން އުނގެނުމަށް ކުރާ މަސައްކަތާއި ކުރިއެރުން ލިބެމުންދާ މިންވަރު ވަޒަން ނުކުރެވޭނެތީއެވެ. 
 7- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، އުނގެނުމުގައި ދަރިވަރުންގެ ހިތާއި ސިކުނޑި ބައިވެރިވާ މިންވަރު ވަޒަން ނުކުރެވޭނެތީއެވެ. 
 8- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، އުނގެނުމުގައި ދަރިވަރުންގެ ހިތާއި ސިކުނޑި ބައިވެރިކުރަން މަޖުބޫރުވާނެތީއެވެ. 
 9- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމައެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، ދަށް ކުދިންނަށް، ކުރިއަށް ދިއުމަށް، ހިތްވަރު ނުދެވުމުގެ ސަބަބުން، އެފަދަ ގިނަ ކުދިންތަކެއް ބާކީ ވެގެންދާނެތީއެވެ. 
 10- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، ތަޖުވީދުގެ ޤަޥާޢިދުތައް ތަފްޞީލާއެކު އުނގެނުމަށް އިސްކަން ނުދެވޭނެތީއެވެ. 
 11- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، ޤުދުރަތީގޮތުން މޮޅު ދަރިވަރުންގެ ކިޔެވުން ރަނގަޅުކުރެވި، އެނޫން ކުދިންނަށް ކުރިއެރުން ލިބުމަށް ހުރަސް އެޅޭނެއެވެ. 
 12- އުނގެނޭ މަރުޙަލާގައި ޤުރްއާން މުބާރާތް ބޭއްވުމުގައި، ހަމަ އެކަނި ކިޔެވުން ވަޒަން ކުރެވޭނަމަ، ޤުރްއާން ކިޔެވުމާ ގުޅޭ އެކި ކަންކަން، ގިނަ ދުވަސް ވަންދެން، ހަނދާނުގައި ހުންނަ މިންވަރަށް ދަސްނުކުރެވޭނެތީއެވެ. 
 - މިކަމުގެ އެންމެ ބޮޑު ހެއްކަކީ، ކޮންމެ ޤުރްއާން މުބާރާތަކަށް ތައްޔާރުވުމުގައި، ކިޔެވުމާ ގުޅޭ އެކި ކަންކަން ހަނދާން ނެތުމުގެ ސަބަބުން އަލުން ދަސްކުރަންޖެހުމެވެ.

- ވީމާ އުނގެނޭ މަރުޙަލާގައި، ޤުރްއާން މުބާރާތް ބާއްވާ ގޮތާ، އެނޫން ޙާލަތްތަކުގައި ޤުރްއާން މުބާރާތް ބާއްވާ ގޮތް، ތަފާތު ކުރުމަކީ ލާޒިމުކަމެކެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / އުނގެނޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތް

އުނގެނޭ މަރުޙަލާ އާއި އެނޫން މަރުޙަލާތަކުގައި، ޤުރްއާން މުބާރާތް ބާއްވާ ގޮތް ތަފާތުކުރަންޖެހޭ ސަބަބުތައް — bayaanalquran.com