ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބާއި އުނގެނޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތުގެ ގުޅުން
2026-09-06
ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބާއި އުނގެނޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތުގެ ގުޅުން
- އުނގެނޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތްތައް ސީދާގޮތުން ގުޅިފައިވަނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބާއެވެ.
- މިއީ ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އުނގެނި ދަސްކުރުމަށް، ބާރު އެޅުމަށް ނުވަތަ ހިތްވަރު ދިނުމަށް، ޚާއްޞަކުރާ މުބާރާތްތަކެކެވެ.
- ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް، ޚާއްޞަ ޤުރްއާން މުބާރާތްތަކުގެ ސަބަބުން، އެ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ.
ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބު
- ކީރިތި ޤުރްއާން ބިނާވެފައިވަނީ 114 ސޫރަތުގެ މައްޗަށެވެ.
- ކޮންމެ ސޫރަތެއް ބިނާވެފައިވަނީ، އާޔަތްތަކެއްގެ މައްޗަށެވެ.
- ކޮންމެ އާޔަތެއް ބިނާވެފައިވަނީ، ކަލިމަތަކެއްގެ މައްޗަށެވެ.
- ކޮންމެ ކަލިމައެއް ބިނާވެފައިވަނީ، އަކުރުތަކެއްގެ މައްޗަށެވެ.
- ވީމާ ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބަކީ، ކަނާތުން ވާތަށް، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އާޔަތުން އާޔަތަށް، އަދި ސޫރަތުން ސޫރަތަށް، ބިނާކުރެވޭ ގޮތަށް، ބިނާވެފައިވާ ތަރުތީބެކެވެ.
- ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭނީ، މިތަރުތީބުންނެވެ.
- ކީރިތި ޤުރްއާނުގެ ޠަބީޢަތަކީ އެއީއެވެ.
- އުނގެނޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތް ބިނާވެފައިވަނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ވަކިވަކި ހަރުފަތްތަކެއްގެ މައްޗަށެވެ.
- މި ހަރުފަތްތައް ތަރުތީބު ކުރެވިފައިވަނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބަށް ބަލައިގެންނެވެ.
- ޤުރްއާން މުބާރާތްތަކުގެ ޙަޤީޤީ ބޭނުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، ކީރިތި ޤުރްއާން އުނގެނޭ ދަރިވަރުންގެ ހިތުގައި، ޝައުޤުވެރިކަން އުފެއްދުމެވެ.
- ނަމަވެސް ކީރިތި ޤުރްއާން އުނގެނޭ ދަރިވަރުންގެ ހިތުގައި، އެ ޝައުޤުވެރިކަން އުފެއްދޭނީ ވަކި ޚާއްޞަގޮތަކަށް ޤުރްއާން މުބާރާތްތައް ތަރުތީބުކޮށްގެންނެވެ.
- ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް ކިޔުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ނަތީޖާއެވެ.
- ނަމަވެސް ކީރިތި ޤުރްއާން އުނގެނި ދަސްނުކުރާ ބައެއް މީހުންނަށް ވެސް، އަޑު އަހައިގެން ނުވަތަ މީހަކާ އެއްކޮށް ތަކުރާރުކޮށް ކިޔައިގެން، ސޫރަތްތަކާއި އާޔަތްތައް ކިޔަން ދަސްވެދާނެއެވެ.
- އެހެންވީމަ ޙަޤީޤަތުގައި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔެވުމަށް ޚާއްޞަ ޤުރްއާން މުބާރާތްތަކަކީ، އަޑު އަހައިގެން ނުވަތަ މީހަކާ އެއްކޮށް ތަކުރާރުކޮށް ކިޔައިގެން، ސޫރަތްތަކާއި އާޔަތްތައް ކިޔަން ދަސްކުރަން ފަސޭހަ މީހުންނަށާއި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ މަރުޙަލާ ނިންމާފައިވާ މީހުންނަށް، ޚާއްޞަވާ ގޮތަށް ބޭއްވޭ މުބާރާތްތަކެކެވެ.
- އެފަދަ މުބާރާތެއްގެ ސަބަބުން، ޙަޤީޤީ މާނާގައި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، އެކަށީގެންވާ ކުރިއެރުމެއް ހިތްވަރެއް ނުލިބޭނެއެވެ.
- އެކަމުގެ ސަބަބުން، ޙަޤީޤީ މާނާގައި ކީރިތި ޤުރްއާނުގެ ދާއިރާއަށް ކުރިއެރުމެއް ނުލިބޭނެއެވެ.
- އަދި ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔެވުމަށް ޚާއްޞަ ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ކީރިތި ޤުރްއަން އުނގެނި ދަސްކުރުމުގެ ޠަބީޢަތް އޮޅި، ދަރިވަރުން ނާއުންމީދުވެ، ކީރިތި ޤުރްއާނާ ދުރަށް ދިއުމަށް މަގުފަހިވާނެއެވެ.
އުނގެނޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތުގެ ޝަރުޠުތައް
- އުނގެނޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތެއް ކަމަށް ބުނެވޭނީ، ހަތަރު ޝަރުޠެއް ފުރިހަމަވާނަމައެވެ.
1- ކޮންމެ ދަރިވަރަކަށް ވެސް އެދަރިވަރެއްގެ ފެންވަރުން ވާދަކޮށް ވަނަވަނަ ޙާޞިލްކުރުމަށް ފުރުޞަތު ލިބުން.
2- އުނގެނި ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު ޚާއްޞަކޮށްގެން، ހަރުފަތްތަކެއް ކަނޑައެޅުން.
3- އުނގެނި ދަސްކުރަންޖެހޭ ގޮތާއި ތަރުތީބު ވަޒަން ކުރެވޭ ގޮތަށް ހަރުފަތްތަކެއް ކަނޑައެޅުން.
4- ގިނަ ދަރިވަރުންތަކަކަށް ވަނަ ޙާޞިލްކުރުމަށް، ފުރުޞަތު ލިބޭ ގޮތަށް، ވަކި ރޭންޖެއް ކަޑައަޅައިގެން މާކްސްތައް ދަރަޖަކުރުން.
ލިޔުނީ ޝުޢައިބު ޢަލީ / އުނގޭ މަރުޙަލާއަށް ޚާއްޞަ ޤުރްއާން މުބާރާތް
