ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުމުގެ މާނައަކީ ކޮބާ؟

2026-08-30

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުމުގެ މާނައަކީ ކޮބާ؟

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫވުމުގައި، ކީރިތި ޤުރްއާން އުނގެނޭ މީހުން ބެހެނީ ދެ ބަޔަކަށެވެ. އެއީ ...

 

1- ކީރިތި ޤުރްއާން ކިޔަން ދަސްކުރާ މީހުން.

2- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މީހުން.

 

ކީރިތި ޤުރްއާން ކިޔަން ދަސްކުރާ މީހުން

 

މިއީ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، މީހަކާ އެއްކޮށް ނުވަތަ މީހެއްގެ އަޑު ދަށުން، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދޭ މީހުންނެވެ. މިގޮތަށް ކީރިތި ޤުރްއާން ކިޔަން ދަސްކުރަން ފަސޭހަވާނީ ބައެއް މީހުންނަށެވެ. އަދި މިގޮތަށް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދޭ މީހުންނަށް، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ބިނާކުރަމުން ކިޔުމަކީ، ވަރަށް ދަތިކަމަކަށް ވާނެއެވެ. މާނައަކީ އެފަދަ މީހުންނަށް ޙަޤީޤީ މާނާގައި ކީރިތި ޤުރްއާން ބިނާކުރާކަށް އަދި ކިޔަވާކަށް ނޭނގޭނެއެވެ. އަދި އެފަދަ މީހުންނަށް އާޔަތްތަކާއި ސޫރަތްތައް ދަސްވެގެންދާނީ މަތިމަތިންނެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމުގެ ޤަޥާޢިދު ވިސްނައިގަތުމަށް ނުވަތަ ދަސްކުރުމަށް އުނދަގޫވެގެންދާނެއެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މީހުން

 

މިއީ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ބިނާކުރަމުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް، އިސްކަންދޭ މީހުންނެވެ. މިގޮތަށް ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ކިޔަވަން ދަސްކުރަން މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން ފަސޭހަ ވެގެންދާނެއެވެ. ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދޭ މީހުންނަށް، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ބިނާކުރަމުން، ކީރިތި ޤުރްއާން ކިޔަވަން އުނދަގޫވަނީ، ނުބައި ތަރުތީބަކުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްފައިވާތީއެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މީހުންނަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން ބިނާކުރަމުން ކިޔަވަން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް، ބިނާކުރަން ދަސްނުކޮށް، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔައިދީގެން، އެފަދަ ގިނަ މީހުންނަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭން އުނދަގޫ ވެދާނެއެވެ. އެހެންވީމަ ރަނގަޅު ގޮތަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ބިނާކުރަމުން ޤުރްއާން ކިޔަވަން ދަސްކުރުމެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫ ކުރުމުގެ މާނަ

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫ ކުރުމުގެ މާނައަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެއް ނެތި، މީހަކާ އެއްކޮށް ނުވަތަ މީހެއްގެ އަޑު ދަށުން، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދިނުމެވެ. ސަބަބަކީ އެގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ސަބަބުން، ދަރިވަރުންނަށް ކީރިތި ޤުރްއާން ކިޔަވަން ދަސްވެގެންދާނީ، ވަޤުތީ ދަސްކުރުމެއް ގޮތަށެވެ. އެކަމުގެ ސަބަބުން، ދަސްކުރާ ފިލާވަޅުތައް ވަރަށް އަވަހަށް ހަނދާން ނެތޭނެއެވެ. އަދި އެކަމުގެ ސަބަބުން، އެގޮތަށް ދަސްކުރާ ކުދިންނަށް، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކީރިތި ޤުރްއާން ބިނާކުރަން އުނދަގޫ ވާނެއެވެ. އަދި އެގޮތަށް އުނގަންނައިދިނުމުގެ ސަބަބުން، މީހަކާ އެއްކޮށް ނުވަތަ މީހެއްގެ އަޑު ދަށުން، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔައިގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން އުނދަގޫ ދަރިވަރުންނަށް، އިތުރަށް އުނދަގޫ ވެގެންދާނެއެވެ. މާނައަކީ ކިޔަވަން ދަސްކުރަން އުނދަގޫ މީހުންނަށް، އިތުރަށް އުނދަގޫ ވެގެންދާނެއެވެ. އެއީ ގަސްތުގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫ ކުރުމެވެ. އެގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުމަކީ، ރަނގަޅުގޮތެއް ނޫނެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުމޭ ބުނުމުން ނުބައިކޮށް މާނަކުރުން

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މީހުންނަށް، އުނދަގޫކުރުން ރަނގަޅު ނުވާނެކަމަށް ބުނުމުން، ބައެއް މީހުން މާނަކުރަނީ މުޅިން ނުބައިކޮށެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، މީހަކާ އެއްކޮށް ނުވަތަ މީހެއްގެ އަޑު ދަށުން، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދޭ ދަރިވަރުންނަށް، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކީރިތި ޤުރްއާން ބިނާކުރަން މަޖުބޫރުކުރުމަކީ ވެސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުމެވެ. މިއީ މުޅިން ނުބައި މާނައެކެވެ.

 

ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން ބިނާކުރަމުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން މަޖުބޫރުކުރުމަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުން ކަމަށް ނިންމާނީ، ކޮން އުޞޫލަކުން ހެއްޔެވެ؟ ޙަޤީޤަތުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފަރުވާތެރިވާކަމުގެ ޢަލާމާތެކެވެ. އަދި ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފަރުވާތެރިވުމަކީ އިޚްލާޞްތެރިކަމުގެ ޢަލާމާތެކެވެ. އެއީ އުނގެނޭ މީހުންނަށް، ޙަޤީޤީ މާނާގައި ފަސޭހަކޮށްދިނުމެވެ. މަގު ދެއްކުމެވެ.

 

ޚުލާޞާ

 

ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކީރިތި ޤުރްއާން ބިނާކުރަން މަޖުބޫރުވާ ގޮތަށް އުނގަންނައި ދިނުމަކީ، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ފަސޭހަކުރުމެވެ. އަދި ކީރިތި ޤުރްއާން ބިނާކުރަން ދަސްކުރުމެއް ނެތި، މީހަކާ އެއްކޮށް ނުވަތަ މީހެއްގެ އަޑު ދަށުން، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަންދިނުމަކީ، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުމެވެ. ސަބަބަކީ އެކަމުގެ ސަބަބުން، އެތައް ގޮތަކުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން އުނދަގޫ ވެގެންދާނެތީއެވެ. އެކަމުގެ ސަބަބުން، އާޔަތްތަކާއި ސޫރަތްތައް ކިޔަން އިސްކަންދޭ މީހުންނަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން ބިނާކުރަން އުނދަގޫވެއެވެ. އަދި އާޔަތްތަކާއި ސޫރަތްތައް ކިޔައިގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން، އުނދަގޫ މީހުންނަށް، އިތުރަށް އުނދަގޫ ވެގެންދާނެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކުރުމުގެ މާނައަކީ ކޮބާ؟ — bayaanalquran.com