ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ދެމޭ ސަބަބުގެ ޙާލަތްތަކާއި ދެމޭ ޙާލަތްތަކުގެ ތަފާތު

2026-08-22

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ދެމޭ ސަބަބުގެ ޙާލަތްތަކާއި ދެމޭ ޙާލަތްތަކުގެ ތަފާތު

 

- ދެމޭ ސަބަބުގެ ޙާލަތްތައް އަންނަ ކަލިމަތަކުގައި، ދެމޭ ޙާލަތްތައް އައުން މާނަކުރުމުގައި، ރިޢާޔަތް ކުރެވޭނީ ކަލިމަ ކިޔާ ގޮތަށެވެ.

 

ދެމޭ ސަބަބުގެ ޙާލަތްތައް

- ދެމޭ ސަބަބުގެ ޙާލަތްތަކަކީ، ހަމައެކަނި ދެމޭ ސަބަބުތައް އަންނަ ޙާލަތްތަކެވެ.

- ކީރިތި ޤުރްއާން ކިޔެވުމުގައި ދެމޭ ސަބަބުތަކަކީ :- مَدُّ أَلِفْ  ,  مَدُّ يَـا  ,  مَدُّ وَاوْ

- لِـيـنْ ގެ އަކުރުތަކަކީ ދެމޭ ސަބަބުތަކެއް ނޫނެވެ.

 

ދެމޭ ޙާލަތްތައް

 

- ދެމޭ ޙާލަތްތަކަކީ، އެކަލިމައެއް ކިޔާގޮތުން، ހަމައެކަނި ދެމޭ ޙާލަތްތައް އައުމެވެ.

- މާނައަކީ ހަމައެކަނި ދެ ޙަރަކާތަށް ދެމޭ ޙާލަތްތައް އައުމެވެ.

 

ދެމޭ ސަބަބުގެ ޙާލަތްތަކާއި ދެމޭ ޙާލަތްތަކުގެ ތަފާތު ދަސްކުރުމަށް ޚާއްޞަ ތަމްރީނުތައް

 

- ދެމޭ ސަބަބުގެ ޙާލަތްތަކާއި ދެމޭ ޙާލަތްތަކުގެ ތަފާތު ދަސްކުރުމުގައި، ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-

تَوْضِيح

حَرْفٌ بَعْدَ حَرْفٍ

تِلَاوَة

ބިނާކުރަމުން ކިޔުމަށް ޚާއްޞަ ތަމްރީން

ބިނާކުރަމުން ކިޔުމަށް ޚާއްޞަ ތަމްރީން

ބިނާކޮށްގެން ކިޔުމަށް ޚާއްޞަ ތަމްރީން

 

ފަރިތަކުރުން-1

بَــانَ

بِـيـنِ بُـونُ جَاخَ جِـيـخِ

جُـوخُ

- މި ކަލިމަތައް ބިނާކޮށްގެން ކިޔާނަމަ އަންނާނީ، ހަމައެކަނި ދެމޭ ޙާލަތެވެ.

- އަދި މި ކަލިމަތައް ބިނާކޮށްގެން ވަޤްފު ކުރުމުގައި ކިޔާގޮތަށް ކިޔާނަމަ އަންނާނީ، ހަމައެކަނި އިތުރަށް ދެމޭ ޙާލަތެވެ.

- ނަމަވެސް، މި ކަލިމަތައް ބިނާކުރަމުން ކިޔާނަމަ އަންނާނީ، ހަމައެކަނި ދެމޭ ޙާލަތެވެ.

- އަދި މި ކަލިމަތައް ބިނާކުރަމުން ވަޤްފު ކުރުމުގައި ކިޔާގޮތަށް ކިޔާނަމަ އަންނާނީ، ދެމޭ ޙާލަތާއި އިތުރަށް ދެމޭ ޙާލަތެވެ.

- ނަމަވެސް މިކަލިމަތަކުގައި، ދެމޭ ސަބަބު އަންނަ ކަމަށް، ހުރިހާ ޙާލަތެއްގައިވެސް ބުނެވޭނެއެވެ.

 

ފަރިތަކުރުން-2

بَــاءَ

تَــاءَ ثَـاءَ جَاءَ دَاءَ

رَاءَ

- މި ކަލިމަތައް ބިނާކޮށްގެން ކިޔާނަމަ އަންނާނީ، ހަމައެކަނި އިތުރަށް ދެމޭ ޙާލަތެވެ.

- އަދި މި ކަލިމަތައް ބިނާކޮށްގެން ވަޤްފު ކުރުމުގައި ކިޔާގޮތަށް ކިޔާނަމަ އަންނާނީ، ހަމައެކަނި އިތުރަށް ދެމޭ ޙާލަތެވެ.

- ނަމަވެސް، މި ކަލިމަތައް ބިނާކުރަމުން ކިޔާނަމަ އަންނާނީ، ދެމޭ ޙާލަތާއި އިތުރަށް ދެމޭ ޙާލަތެވެ.

- އަދި މި ކަލިމަތައް ބިނާކުރަމުން ވަޤްފު ކުރުމުގައި ކިޔާގޮތަށް ކިޔާނަމަ އަންނާނީ، ދެމޭ ޙާލަތާއި އިތުރަށް ދެމޭ ޙާލަތެވެ.

- ނަމަވެސް މިކަލިމަތަކުގައި، ދެމޭ ސަބަބާއި އިތުރަށް ދެމޭ ސަބަބު އަންނަ ކަމަށް، ހުރިހާ ޙާލަތެއްގައިވެސް ބުނެވޭނެއެވެ.

 

ފަރިތަކުރުން-3

بَــانَّ

بِــيـنِّ بُـونُّ جَاخَّ جِـيـخِّ

جُوخُّ

- މި ކަލިމަތައް ބިނާކޮށްގެން ކިޔާއިރު އަންނާނީ، ހަމައެކަނި އިތުރަށް ދެމޭ ހާލަތެވެ.

- ނަމަވެސް، މިކަލިމަތައް ބިނާކުރަމުން ކިޔާނަމަ އަންނާނީ، ދެމޭ ޙާލަތާއި އިތުރަށް ދެމޭ ޙާލަތެވެ.

- މިކަލިމަތަކުގައި، ދެމޭ ސަބަބާއި އިތުރަށް ދެމޭ ސަބަބު އަންނަ ކަމަށް، ހުރިހާ ޙާލަތެއްގައިވެސް ބުނެވޭނެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ތަޖުވީދުގެ ފެށުން

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ދެމޭ ސަބަބުގެ ޙާލަތްތަކާއި ދެމޭ ޙާލަތްތަކުގެ ތަފާތު — bayaanalquran.com