1- ދެމޭ ޙާލަތްތައް.
- މިއީ ހަމައެކަނި މައްދުގެ އަކުރުތައް އަންނަ ޙާލަތްތަކެވެ.
2- އިތުރަށް ދެމޭ ޙާލަތްތައް.
- މިއީ މައްދުގެ އަކުރުތަކުގެ ފަހަތަށް، أَلِفْ އާއި سُكُونْ އަންނަ ޙާލަތްތަކެވެ. އަދި ލީންގެ އަކުރުތަކުގެ ފަހަތަށް، سُكُونْ އަންނަ ޙާލަތްތަކެވެ.
3- އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތައް.
- މިއީ نُونْ , مِيمْ ގައި تَشْدِيدْ ޖެހިފައިވާ ޙާލަތްތަކާއި، ޣުންނައާއެކު إِدْغَامْ ކުރެވޭ ޙާލަތްތައް އަދި إِخْفَاء ކުރެވޭ ޙާލަތްތަކާއި إِقْلَابْ ކުރެވޭ ޙާލަތްތަކެވެ.
4- ސުކުން އަކުރުގެ ޙާލަތްތައް.
- މިއީ ކިޔުމުން ނުވަތަ ލިޔުމުން ސުކުން ކުރެވޭ ޙާލަތްތަކެވެ.
5- مُثَقَّلْ އާއި مُخَفَّفْ ގެ ޙާލަތްތައް.
- مُثَقَّلْ ގެ ޙާލަތްތަކަކީ، تَشْدِيدْ ކުރެވޭ ޙާލަތްތަކެވެ. އަދި مُخَفَّفْ ގެ ޙާލަތްތަކަކީ، تَشْدِيدْ ނުކުރެވޭ ޙާލަތްތަކެވެ.
6- ލިޔުމުން ޘާބިތުނުވާ އަކުރުތަކުގެ ޙާލަތްތައް.
- މިއީ تَنْوِينْ އާއި تَشْدِيدْ ގެ ޙާލަތްތަކެވެ. އަދި ލިޔުމުން ޘާބިތުނުވާ ނަމަވެސް ކިޔުމުން ޘާބިތުވާ އަކުރުތައް އަންނަ ޙާލަތްތަކެވެ.
7- ކިޔުމުގައި ޚާއްޞަ ބަދަލެއް ގެންނަން ޖެހޭ އެހެން ޙާލަތްތައް.
- މިއީ ގުޅުވައިގެން ކިޔުމުގައްޔާއި، ވަޤްފު ކުރުމުގައި، ކަލިމައިގެ ފަހު އަކުރަށާއި ފަހު އަކުރުގެ ފިއްޔަށް، ކިޔުމުގައި ޚާއްޞަ ބަދަލުތައް ގެނެވޭ ޙާލަތްތަކެވެ.
- އަދި ރިވާޔަތުގެ ނިސްބަތުން، ކިޔުމުގައި ޚާއްޞަ ބަދަލުތައް ގެނެވޭ ހާލަތްތަކެވެ.